އަތުލައިގެންފައިވާ މިޔަރު އުރަހަތަކެއް: ވަގަށް މިޔަރު އުރަހަ ރާއްޖެއިން ބޭރަށް ގެންދަން އުޅުނު މީހަކު ޖޫރިމަނާ ކުރަން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
18 ޖުލައި 2024 - 17:05
ރާއްޖެއިން މިޔަރު އުރަހަތަކެއް ވަގަށް ބޭރުކުރަން އުޅުނު ސްރީ ލަންކާގެ މީހަކު 50،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަން ދިޔައިރު އޭނާގެ ލަގެޖް ތެރެއިން މިޔަރު އުރަހަތަކެއް ފެނުނު ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވުމުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައި އޮތީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000ރ. އާއި 240،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ވާއިރު، އެ މައްސަލާގައި އެންމެ މަސްލަހަތު ހުރި ގޮތަކީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން ކަމަށް ހުކުމުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެ މީހާގެ ދަރިއަކު ސްރީ ލަންކާގައި އެކްސިޑެންޓްވެ، ފަރުވާ ހޯދަމުންދާ ކަމުގެ ލިޔުންތަކެއް ހުށަހަޅާފައިވުމެވެ. އެހެންކަމުން އެ ކުއްޖާގެ ހައްގުގައި ވެސް އެންމެ ރަނގަޅު ގޮތަކީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އޭނާ 50،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ދައުލަތަށް އަންގާ ކަމަށެވެ.
މިޔަރު ހިފުމާއި އޭގެ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރުމާއި ރާއްޖެއިން ބޭރަށް ގެންދިއުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ރާއްޖޭގެ މިޔަރުގެ ހަމަލާތަކުގައި މީހުން މަރުވެ އަދި ބައެއް މީހުން ޒަހަމްވުމާއި މަސްވެރިންނަށް އެކި ދަތިތައް ކުރިމަތިވާތީ މިޔަރު ހިފުމާއި އޭގެ ވިޔަފާރި ހުއްދަކުރަން ގޮވާލަމުން ދިޔަޔަސް، މިހާތަނަށް ސަރުކާރުން އެކަމުގައި ގޮތެއް ނުނިންމަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެލޯ ޓުމޯރޯ ވަރަށް ސަލާމް ކަޓު
19 July 2024
ހިމާޔަތް ކޮށްފަ ބަހައްޓާ. ނިކަމެތި ރައްޔިތަކު ލާރި ފޮއްޗެއް ހޯދިޔަ ނުދޭތި
ފެމުނު މިޔަރު
19 July 2024
ތިފެންނަނީ މިޔަރު ގިނަވެގެންނޭ ކިޔާ މިޔަރު ބާނަން ހުއްދަނުދީގެން ހަޅޭލަވާ މީހުންގެ މަގުސަދު.
ސުބުކީ
19 July 2024
ބަލަ މިޔަރު ބާނައިގެން އޭގެ ރިޒުގުން ނަފާ ހޯދުން އެއީ މައްސަލައެއްތަ؟ ފުން މާކަނޑުން ވަކި ދުވަސްވަރެއްގަ ހަމައެކަނި ބޭނޭ ގޮތަށްވެސް ހެދިދާނެ ފުލީ އޯޕެން ކުރަން ބޭނުން ނުވަންޏާ.
ރީފްޝާރކް
19 July 2024
މިޔަރު ބާނަން ހުއްދަ ނުލިބިގެން ބަޔަކު ކެކި އަރަނީ މިހެންވެ ދޯ.
ޙަޒްނާ.
19 July 2024
ބަންދުގައި 1 އަހަރު ހަމަވާން ބާކީ 2 މަސް. އިންސާފު އުތުރި އަރަނީ
ބާރަށްކުރިޔަށް
18 July 2024
ދިވެއްސެއްވިއްޔާ އޯކޭނު. ޤާނޫނު ހިނގާނީއެވެރިންގެބމައްޗަށް
އެއްކަލަ ބޫ
18 July 2024
ހެލޯ ޓުމޯރޯ...