ޖިހާދު: އޭނާގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
25 ޖުލައި 2024 - 10:58
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގަ އެވެ.
ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުޅިދިއްގަރުފަޅު ތަރައްގީކުރަން ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު، ދިވެހި ސަރުކާރު ލަަފައާ ހިލާފަށް ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް އެއްބަސްވުމުގައި އޮއްވާ އެއްބަސްވުމުގައި ސޮއި ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ބެލުމަށް ފަހު އެވެ. އެއީ ތަހުގީގު މަރުހަލާގައި ގާނޫނީ ގޮތުން ގޯސްތަކެއް ހަދާފައިވާތީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެގޮތުން މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބެލީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލައި، ނިންމާފައި ވަނިކޮށް ކަމަށާއި އެކަމަކު އަލުން މައްސަލަ ބެލި ސަބަބެއް ބުނެދެވިފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ތަހުގީގު މަރުހަލާގައި ބަލާފައިވާއިރު، އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށާއި އަދި އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވި ނިންމުމުގައިވަނީ ތަހުގީގު ހިންގާފައިވަނީ އިންސާފުން ނޫން ކަމަށް ކަންތައްތަކެއް ފާހަގަ ކުރެވޭތީ، އެފަދަ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކުރާ ދައުވާއަށް ވެސް އަސަރު ކުރާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު އެ މަނިކުފާނުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ދައުލަތުން ދޫކުރި ރެހެންދި ފްލެޓްގެ އެޕާޓްމެންޓް އެ މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ 1.1 މިލިއަން ރުފިޔާ ހޯދަން ވެސް ޖިހާދުގެ މައްޗަށް ދައުލަތުން ކުރިން ދައުވާކުރި އެވެ.
އެ މައްސަލަ ވެސް މިދިޔަ ޖެނުއަރީ މަހު ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަނދުމާ
26 July 2024
ދެން ޕީޕީ އެމް ޕީ އެންސީ ވެރިކަމަށް އެރީމަ ދެން ޖިހާދު ދޫކޮށްލާނެ ދޮތަ؟ ވެރިކަން ކުރާ ޕާޓީގެ ބޮޑުން ނަށް ވަކި ޚާއްޞަ އިނާޔަތެއް އޮންނާނެ ދޯ. ސަރުކާރުން އެކުރައްވާ ކަމަކީ އިސްލާމީ ވަހުދަތު ހިމާޔަތް ކުރަނީނޫން؟؟ދޮގެއްތަމީ؟؟؟
ރޯޒަސް
26 July 2024
ކޯޓު ތަކުގެ ނިންމުމަކީވެސް ދައުރު ބަދަލުވީމައް ވައި ޖެހޭ ކޮޅަކަށް އެނބުރޭއެއްޗެއް. މިގައުމުގައި ވޯޓްލާއިރު ވޯޓު ކަރުދާހުގައި ގާޒީންގެ ނަންވެސް ޖަހާ ހިސާބުގައި މިއޮންނަނީ.
ފައްމި
26 July 2024
ފަޑިޔާރުން ދޯ މާތް ކަލާކޯ މި ގައުމު ފަސްމަތީ އޮނާތީ ވެސް ހާސް ހާސް ފަށުން ޝުކުރު
އެޑްމުންޑޯ
25 July 2024
ބަލަ ޖިހާދު މިހާރު ހުރި މަގާމުންވެސް ތިޔަ ދައުވާ ބޭރުވާނެކަން ނޭގޭ މީހަކު ނުހުންނާނެ އެއްނު ، ކޮންމެ ވެރިކަމެއްގައިވެސް ދައުލަތުން ބަލަދު އަރާފައި މަތީ މަގާމްތަށް ދޭންޖެހޭ ބަޔެއްވިއްޔާ މިއީ ،،
ޑރ ވާންޗޯ
25 July 2024
ފަނޑިޔާރުން ގައުމުންބޭރުކޮށްފަވެސް ޕާޓީގެ މީހެއްގެ ކޮޅަށް ގޯލުޖަހާކަށް ލާހިކެއްނޫން.
އަފްރާސިޔާބު
25 July 2024
މި ވެސް ކޯޓުން ހުކުމް އަންނަގޮތްތަ؟ ތަހުގީގުގޯސްވީ؟ އަހަރެން ނުބުނަންތިޔައީ ސިޔާސީ ދައުވާއެކޭ. ހުކުމް ތިއޮތީ ސިޔާސަވެފައި. އެއީ ޖިހާދު ކުރެއްވިއަސް ނުވަތަ ނުކުރެއްވިއަސް ނުވަތަ ނުނިކުތަސް ނުކުތަސް ސަރުކާރުންދޯ ޖިހާދު ހުންނަވަން އެތަން ދެއްވީ؟ ދެއްވީ ވަކިވެވަޑައިގަތީމާ އަތުލަންތޯ ނުވަތަ ނުއަތުލަންތޯ ނިންމާނީ ސަރުކާރުން. އަހަންނަށް އެގޭކަމަކީ ރައްޔިތުންގެ އެއްޗެއް މަގާމަކާ ގުޅިގެން ދެވުނު ދެވުމެއް މަގާމު ނެތުމުން ރައްޔިތުންނަށް ލިބެންވާނެ ކަމަށް.
ނާމްދި ކާނޫ
25 July 2024
ޖިހާދު މިއީ ގާނޫނުތަކަށް "އަތް ނުލެވޭ" ބޭފުޅެއްތޯ؟
ފަނޑިޔާރަށް
25 July 2024
މި ފައިލްދެން ހުޅުވޭނީ މަހުޝަރު ބިމުގައި ފަޑިޔާރު އިންނަވާނީ ފަނޑިޔާރުގެ ގޮޑިއަކުނޫން،
ތިލަދުންމަތި
25 July 2024
"ޕްރޮސް....." ފާޑުފާޑުގެ ދަށްފެންވަރުގެ ނަންނަމުގައި ކޮމެންޓްކުރި ފަރާތަށް ބުނެލަން، ލިޔެފައިވާ ލިސްޓްގައި ވާ ޔާމީނު އަށް ޝަރީޢަތް ހިންގީ މި ސަރުކާރަކުން ނޫނޭ! ޙުކުމްކުރީ ވެސް މައިގަނޑު ގޮތެއްގައި ފާސިޤުންގެ ހެކިބަހަށޭ! ފުރަތަމަ ޙުކުމްކުރި ފަނޑިޔާރު "ޑަބަލް ޖަންޕަކުން" ދިޔައީ ސ.ކޯޓުގެ ފަނޑިޔާރަކަށޭ! ދެވަނަ ފަނޑިޔާރު ޅަ ޢުމުގައި "ބެނިފިޓްތަކާއެކު" ރިޓަޔަރކޮށް ދިރިއުޅުން ބަދަލުކުރީ ރާއްޖޭން ބޭރަށޭ! ފުރަތަމަ ޙުކުމްވެސް ވީ ބާޠިލޭ! ދެވަނަ ޙުކުމް ވެސް، ޖިހާދުގޮތަށް ތަޙުގީގު މާރުޙަލާގައި ގޯސްތައް ހަދާފައި އޮތުމުން އެހެރީ މިވަންވެފައޭ! ވީމާ، ދެން ޔާމީނު އަށް ޝަރީއަތްކުރަންޏާ، ނިހާނު އަދި ޖިހާދަށް ވެސް ޖެހޭނީ ކުރާށޭ!
ސުހާނާ
26 July 2024
ޔާމީނުގެ މައްސަލައިގައި ގޯސް ހަދާފައި އޮތީ ތަޙުޤީޤު މަރުޙަލާގައެއް ނޫން. ގޯސް ހަދާފައިވަނީ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ކަމަށް ހައިކޯޓުން ނިންމީ. އެހެންވެގެން، އެ މައްސަލަ އަލުން ދަށުކޯޓުން ބަލަން އެންގުމަށް ހައިކޯޓުން ނިންމީ.
ފަރަންޖީ
26 July 2024
އެކަމަކުވެސް ވައްކަން ނުކުރާކަމަކަށް ނުވާނެދޯ؟
ހަންދީ
25 July 2024
އަސްލުވެސް ދޯ.