ކުޅިވަރު / ފީފާ

ޖަނާ ވިދާޅުވަނީ އެފްއޭއެމަށް އައްޔަންކުރަން އުޅޭކަމެއް އެނގިފައި ނެތް ކަމަށް

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް، އޭނާ އައްޔަންކުރަން އުޅޭކަން އެނގިފައި ނެތް ކަމަށް، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެ އެވެ.

ބޮއްސުންލާފައިވާ އެފްއޭއެމްގެ މައްސަލަތަކުން އަރައިގަނެ އަލުން އިންތިހާބެއް ބޭއްވުމަށް، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާ އިން ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީއަށް ޖަނާ އައްޔަންކުރަން ފީފާ އިން ނިންމާފައިވާ ކަމަށް އަޑުތައް ވަނީ އަރައިފަ އެވެ. އެކަމަށް ބާރު ލިބެނީ މިދިޔަ މަހުގެ މެދުތެރޭގައި ޖަނާ ގަތަރުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވާފައިވާތީވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމަށް ފީފާ އިން ޖަނާ އައްޔަންކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމާ ބެހޭގޮތުން "މިހާރު" އިން ސުވާލުކުރުމުން ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރު ވިޔަފާރިވެރިޔާ ޖަނާ ވިދާޅުވީ އޭނާ އަށް އެކަހަލަ އެއްވެސް ކަމެއް އެނގިފައި ނެތް ކަމަށެވެ.

"އަޅުގަނޑަށް (ތިކަހަލަ އެއްވެސް ކަމެއް) އެނގިފަކައެއް ނެތް،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފައިނޭޝިއަލް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޖަނާ ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް މެންބަރުން އައްޔަންކުރަން ފީފާ އާއި އޭއެފްސީގެ ރިވިއު ކޮމިޓީން ރާއްޖޭގެ ބައެއް މީހުންގެ ސީވީ ގެންގޮސްފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެފަދަ ކަމަކަށް އޭނާގެ ސިވީ ގެންގޮސްފައިވޭތޯ ސުވާލު ކުރުމުން ވެސް ޖަނާ ވިދާޅުވީ އެކަހަލަ ކަމެއް ވެސް އޭނާ އަށް އެނގިފައި ނެތް ކަމަށެވެ.

ޖޫން މަހު، އިންފަންޓީނޯއާ ބައްދަލުކުރި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ޖަނާ ވިދާޅުވެފައި ވަނީ އިންފަންޓީނޯގެ ޗެއާމަންކަމުގެ ދަށުން ފުޓްބޯޅައިގެ ދުނިޔެ އަށް ފޯރުކޮށްދެމުންދާ ހަރުދަނާ ލީޑާޝިޕް އުސޫލުތަކަށް މަރުހްބާ ވިދާޅުވާ ކަމަށެވެ. އަދި މުޖުތަމައުގެ ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުން ދެފަރާތުގެ ތަޖުރިބާ ހިއްސާކޮށް މަޝްވަރާ ކުރުވުނު ކަމަށް ޖަނާ ވިދާޅުވެފައިވެ އެވެ.

ޖަނާ އަކީ ސީދާ ގޮތުން ކުޅިވަރާ، ހާއްސަކޮށް ފުޓްބޯޅައާ ގުޅުމެއް އޮތް ބޭފުޅެއް ނޫނެވެ. ނަމަވެސް 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕުގައި، ގަތަރުގައި ތިބޭ އޭނާގެ ވިޔަފާރި ޕާޓްނަރުންނާ އެކު، ވަރަށް ގިނަ މެޗުތައް ބައްލަވައިލައްވަން ވަޑައިގެންނެވި އެވެ. އެ ވިޔަފާރި ޕާޓްނަރުންގެ ތެރޭގައި، ފީފާއާ ހާއްސަކޮށް އިންފަންޓީނޯއާ ގުޅުން ބޮޑު ބޭފުޅުން ހިމެނެ އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާއަކަށް ވާނީ އަސާސީ ގަވާއިދު އިސްލާކޮށް އާ އިންތިހާބެއް ބޭއްވުމެވެ. މީގެ އިތުރުން އެތަނުގެ އޮޑިޓެއް ކުރުވައި، ފައިސާގެ މުއާމަލާތްތަކާއި، ލިބިފައިވާ ފަންޑުތަކުގެ ބޭނުން ހިފާފައިވާ ގޮތް ވެސް ބަލާނެ ކަމަށް ލަފާކުރެވެ އެވެ. އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިވަގުތު ހުންނެވީ އެފަދަ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.

16 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީސްޓް111

30 July 2024

ނޭގޭނެ ނޭގޭނެ އެގުނައސް ނޭގޭނެ. ހުސް އަމިއްލަ އެދުމާއިގެން އުޅޭ .

The name is already taken The name is available. Register?

ބަލަ

30 July 2024

އަނެއް ހަކަންތައް. ބަލަ ޖަނާ ކަލޭތީ މިހާރުވެސް ބޮޑު ދަރަންޔެއް ސަރުކާރަށް މިލިޔަނުން އޭނާގެ ކުންފުނި ދަރާފައި ހުރިމީހެއް. އަނެއްކާ ކަލެއަކީ ފުޓުބޯޅަ ބަލަން ދަނޑަށް ދުވަހަކުވެސް ދިޔަ މީހެއްނޫން. ތިޔަ ޖަނާ ތިޔަތަނަށް ވަދެއްޖެއްނަމަ އަނެއް ބޮޑުގޯސް އެހެދެނީ. ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުމުގެ ބަދަލުގައި އަދިވެސް ދާނީ ދަށައް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 July 2024

މިހާރުގެ FAM އުވާލާފައި މުޅިރާއްޖެ ތަމްސީލުވާގޮތަށް National Football Federation އުފައްދާ ރާއްޖެ 3 ސަރަޙައްދަކަށް ވަކިކޮށް ފުޓްބޯޅައިގެބާރުތައް ޙިއްސާކުރެވޭގޮތަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި "ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން" ހެދުމަށް ޖާގަނުދޭނަމަ މާލެނޫން ކައުންސިލްތަކުން އެފުއޭއެމް އަށް އެއްބާރުދިނުން ހުއްޓާލަންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 July 2024

ކުޅިވަރުގެ 3 ޒޯނު ނުވަތަ ރީޖަންތައްހަދާއިރު ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާންޖެހޭ ސަބަބަކީ މިދެންނެވި ކޮންމެ ރީޖަނެއްގައިވެސް މިހާރުވެސް އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމުން ސާފް ގޭމްސް ބާއްވަންވެސް ފުރުސަތުހޯދުމަށާއި، AFC މުބާރާތްތަކާއި ރާއްޖެބައިވެރިވާ FIFA World Cup Qualification މެޗްތައްވެސް ރީޖަންތަކަށް ގެންދާން މިހާރުވެސް ފަސޭހަވާނެތީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 July 2024

މަތީގައިދެންނެވި ބަދަލާއިއެކު National Football Federation ގެ އިންތިޙާބީ މަޤާމްތަކަށް ވާދަކުރަން ފުރުސަތުދޭނީ ރީޖަނަލް އެސޯސިއޭޝަންތަކުގެ މެންބަރު ކުލަބްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް. # އަދި ނެޝަނަލް ފެޑަރޭޝަންގެ އިންތިޙާބީމަޤާމްތަކަށް ވޯޓްދެވޭނީ 3 ރީޖަންގެ ސީނިއަރ ޓީމްތަކުގެ ކެޕްޓަނާއި މެނޭޖަރ ގެ އިތުރުން ރީޖަނަލް އެސޯސިއޭޝަންތަކުގެ ރައީސާއި ނައިބްރައީސަށް އަދި Secretary General އަށް. ފުޓުބޯޅަ ޤައުމީވާނީ މިގޮތަށްއިންތިޙާބުކުރީމަ ނޫންތޯ؟!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 July 2024

ދިވެހި ފުޓްބޯޅައިގެ މާބޮޑު ތަޖުރިބާ ކާރަކަށް ނުވިކަމުގައިވިޔަސް ޖަނާއަކީ ޔޫރޮޕްގެ ޤައުމުތަކާއި، ސައުތުއެމަރިކާގެ ފުޓްބޯޅައިގެ މައުލޫމާތާއި އިޤިރޭސި އިޓަލީ ޖާމަން އަދި ސްޕޭން ފަދަ ލީޤްތަކުގެ އިންތިޒާމްތައް ދެނެގަނެވޭނެ ފެންވަރުހުރި މީހެއް. # އުއްމީދަކީ މަތީގައި ދެންނެވިފަދަ ގޮތަކަށް ދިވެހި ފުޓްބޯޅަ ލާމަރުކަޒުކޮށް ހޯމްއަވޭ އުސޫލަށް މުބާރާތްތައް ބޭއްވުމަށް (އެންމެ ކުޑަމިނުން ދިވެހި ލީޤާއި އެފްއޭކަޕް) FIFAއަދި AFC އާއިގުޅިގެން ޖަނާ މަސައްކަތް ކުރުން.

The name is already taken The name is available. Register?

މޯލްޑިވިޔަން ޕެޓްރޮއިޓް

29 July 2024

އެތަކެއް މިލިޔަނުން ދައުލަތަށްދަރާ، ދައުލަތުގެ ފީތަށް ނުދައްކާހުރިމީހަކު، މިގައުމުގެ އިއްޒަތެރި ރައީސްގެ ފައިނޭޝަލް އެޑްވަޒަރޯ. މަ ހައިރާންވެއްޖެ. މިޢީތޯ އެބުނާ ރާއްޖެއަކީ. ވަރަށްދެރަ މިގައުމުގެ ފަލްސަފާހުރިގޮތުން.

The name is already taken The name is available. Register?

ހިއުމަންޓްރެފިކިން

29 July 2024

ހިއުމަން ޓްރެފިކިންގެ ދައުވާ ކުރަންޖެހޭ މީހެެއް. ބޭރުމީހުންނަށް މުސާރަނުދޭތާގައި ދައުލަތަށްވެސް ލާރިނުދައްކާ.

The name is already taken The name is available. Register?

އިލި

29 July 2024

މަހިބަދޫ ދާއިރާގެ މެންބަރ ތޯރިގަކީ ޔާމީން ވެރިކަމުގާ އެންމެ 5 އަހަރުން މަހުޖަނަކައްވީ މީހެއް ޓޮމް ލާފިއްޔާ ބައްސާމައްވުރެން ކަރޮޕްޓުވާނެ ......އެހައްދުވަހު ފަރައްއެރީ ޓޮމްގެ 2 ސަފާރީން އެއްސަފާރީ

The name is already taken The name is available. Register?

ެައމމދ

29 July 2024

ކަލޯ ސަފާރީ އާ އެފްއޭއެމާ ކޮބާ ގުޅުމެއް.

The name is already taken The name is available. Register?

ޕަކާސް

29 July 2024

ޓޮމްބުނީ އެޑްވައިޒަރުކަން ނޫނީ އެފްއޭއެމް ތަނުން އެކައްޗެއް ނަގާށޯ. ޕަކާސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454