ޚަބަރު / ކަސްޓަމްސް

މި މަހު އެތެރެކުރި ސިނގިރޭޓުގެ އަދަދު 200 ޕަސެންޓް އިތުރުވެއްޖެ

މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަނީ: މި މަހުގެ ފުރަތަމަ ތިން ހަފްތާ ތެރޭ ސިނގިރޭޓް އެތެރެކުރި އަދަދު ކުއްލިއަކަށް އިތުރުވީ ޑިއުޓީ ބޮޑުކުރުމުގެ ބިލާ އެކު.

ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އުޅޭ ބިލާ އެކު، ސިނގިރޭޓު އެތެރެކުރި އަދަދު 200 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.

ސިނގިރޭޓާއި އެނަޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ މި މަހުގެ 12ގަ އެވެ. އެ ބިލު ބަލައިގަނެ މަޖިލީހުގައި ބަހުސްކުރުމަށް ފަހު ކޮމިޓީގައި ކަމާބެހޭ އިދާރާތަކުގެ މީހުންނާ މެމްބަރުން ސުވާލުކޮށް ވަރަށް ގިނަ މައުލޫމާތު ހޯދައިފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހު 45 މިލިއަން ސިނގިރޭޓް އަދި ޖެނުއަރީ މަހު 40 މިލިއަން ސިނގިރޭޓް އެތެރެކުރިއިރު، މި މަހު 21ގެ ނިޔަލަށް 124 މިލިއަން ސިނގިރޭޓް ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ.

"މިއީ 200 ޕަސެންޓްގެ އިތުރުވުމެއް،" ކުރީ ދެ މަހާއި ފެބްރުއަރީ މަހުގެ ތަފާތަށް އިޝާރާތްކުރައްވައި ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ކުރީ ފަހަރު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރަން އުޅުނު އިރު ވެސް ހަމަ މި ކަހަލަ ހާލަތެއް އައި."

ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 56 މިލިއަން ރުފިޔާ، މިދިޔަ ޖެނުއަރީ މަހު 50 މިލިއަން ރުފިޔާ ދައުލަތަށް ދެއްކި އިރު މި މަހުގެ ފުރަތަމަ ތިން ހަފްތާ ތެރޭގައި 155 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ސިނގިރޭޓުގެ ވިޔަފާރިއަށް އިނާޔަތެއް

އެނގިފައިވާ ގޮތުގައި ބިލުގެ މަސައްކަތް މަޖިލީހުގައި ހިނގައިގަތުމާ އެކު ދެތިން ދުވަހެއްގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓަށް އެއްފަހަރާ ޑިއުޓީ ދައްކައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އިން ނެރެފައިވެ އެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި އެތެރެކުރި މުދަލުގެ ގޮތުގައި ބަލަނީ ކުރިން އެތެރެކޮށް ބޮންޑެޑް ވެއާހައުސްގައި ހުއްޓާ ޑިއުޓީ ދައްކާފައި އެ ތަނުން ނެރޭ އެއްޗެއްސާއި އަލަށް އެތެރެކުރާ އެއްޗެހި ވެސް ހިމަނައިގެންނެވެ.

ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ ގެނައުމަށް ފަހު ޑިއުޓީ ނުދައްކައި ބޮންޑެޑް ވެއާހައުސްގައި ސިނގިރޭޓް ބެހެއްޓޭ ގޮތަށް އޮތުމަކީ ގޯހެކެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު ހަސަން މުހައްމަދު ވިދާޅުވީ ސިނގިރޭޓަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށް ވާތީ އެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"އެތެރެކުރާ އިރު ޑިއުޓީ ނުދައްކާ އިހަށް މި ހުންނަނީ. އަސްލު ޑިއުޓީ ދައްކަނީ ވިޔަފާރިވެރިން ބޭނުންވީމަ އެ މީހުންނަށް ފައިސާ މެނޭޖްކުރެވޭ ވަރަކަށް. އެ ގޮތަށް ވެއާހައުސްގައި ސިނގިރޭޓް ބަހައްޓައިގެން، ވިޔަފާރިވެރިޔާ އަށް ފައިސާ ލިބޭ މިންވަރަކުން ޑިއުޓީ ދައްކަމުން ވެއާހައުސް އިން ނެރެމުން ގެންދަނީ. މިއީ ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ބަލާ އިރު ސިނގިރޭޓްގެ ވިޔަފާރިއަށް ދެވޭ އިނާޔަތެއް،" އޭނާ ފާހަގަކުރެއްވި އެވެ.

"ދެކޮޅުން ވެސް ފައިދާ"

ހަސަން ވިދާޅުވިގޮތުގައި ޑިއުޓީ ބޮޑުކުރާ ބިލު، ބަހުސާ ހަމައަށް ދިޔަ ހިސާބުން ސިނގިރޭޓް އެތެރެކުރި އަދަދު ކުއްލިއަކަށް މައްޗަށް ދިޔައީ މިހާރު ނަގަމުން އަންނަ ކުޑަ ޑިއުޓީ ދައްކައި، އަންނަން އޮތް ބޮޑު ޑިއުޓީން ރެކިގަންނަން ވިޔަފާރިވެރިން ބޭނުންވީމަ އެވެ. އެއާ އެކު ވިޔަފާރިވެރިން "ދެކޮޅުން ވެސް ފައިދާ ނަގާނެ" ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެއީ ކުޑަ ޑިއުޓީގައި ބޮޑު ސްޓޮކެއް އެތެރެކޮށްފައި، ޑިއުޓީ ބޮޑުކުރީމާ ހަމަ އެ ސްޓޮކް އަގު ބޮޑުކޮށް ވިއްކުމެވެ.

"ސިނގިރޭޓްގެ ޝެލްފް ލައިފްއަކީ ގާތްގަނޑަކަށް ހަ މަސް ދުވަސް. އެހެންވީމަ މިހާރުގެ ރޭޓުގައި ބޮޑު ސްޓޮކެއް އެތެރެކޮށްފައި ބެހެއްޓޭނެ. ރާއްޖޭގެ (ސިނގިރޭޓުގެ) 75 ޕަސެންޓް މާކެޓް މި ކޮންޓްރޯލްކުރަނީ އެއް ބައެއް. އެ މީހުން ބޭނުމިއްޔާ އަގު ބޮޑު ނުކޮށް ބެހެއްޓޭނެ ހަ މަސް ވަންދެން. އެކަމަކު ރާއްޖޭގެ މާކެޓް މަސައްކަތްކުރާ ގޮތުން ބޮޑަށް ހީވަނީ ވަގުތުން އަގުބޮޑު ކުރާނެ ހެން،" ހަސަން ވިދާޅުވި އެވެ.

"(ޑިއުޓީ) އިތުރުވާ ރޭޓްގައި (ސިނގިރޭޓް) ގެންނަން ފަށާނެ ކަމަށް މި ބަލަނީ މި އަހަރުގެ ފަހުކޮޅު."

އެއްފަހަރާ ސިނގިރޭޓުގެ ބޮޑު ސްޓޮކެއް އެތެރެކުރުމާ ގުޅިގެން "ދައުލަތަށް ދެ ގެއްލުމެއް" ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ.

"އެއް ކަމަކީ އަގު ބޮޑުކޮށްގެން މީހުން މިއާ ދުރުކުރަން ކަނޑައަޅާފައިވާ އަމާޒު (ސިނގިރޭޓުގެ ވިޔަފާރިވެރިންނަށް) ނާކާމިޔާބުކޮށްލެވިދާނެ. އަނެއް ކަމަކީ ދައުލަތަށް އިތުރުކުރަން ބޭނުންވާ އާމްދަނީ ވަގުތުން އިތުރެއް ނުވާނެ،" އޭނާ ފާހަގަކުރެއްވި އެވެ.

ޑިއުޓީ ބޮޑުކުރާ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިގްތިސޯދީ ކޮމިޓީން ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާ ސުވާލުކުރަނީ

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ބިލަށް ބަދަލު ގެނެސް، އިގްތިސާދީ ކޮމެޓީން މިދިޔަ ބުދަދުވަހު ފާސްކުރީ ސިނގިރޭޓަކުން ރުފިޔާއެއް ބޮޑުވާ ގޮތަށެވެ. އެއީ ސިނގިރޭޓަކުން 75ލ. ޑިއުޓީ ބޮޑުކުރުމުގެ އިތުރުން ސިނގިރޭޓްގެ ކޮންމެ އިންވޮއިސް ވެލިއުއެއްގެ ގޮތުގައި 25 ޕަސެންޓް ނަގަން ނިންމައިގެންނެވެ.

ސިނގިރޭޓް ފޮއްޓެއް މާލޭގައި މިހާރު އެވްރެޖްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ވަކިން ސިނގިރޭޓެއް 2.50ރ. އަށް ވިއްކާ އިރު، މިގޮތަށް މަޖިލީހުން ފާސްކޮށްފި ނަމަ ސިނގިރޭޓެއްގެ އަގު 3.50ރ. އަށް އަރާނެ އެވެ.

"ކުރިން އިއުލާނެއް ނުކުރާނެ"

ދައުލަތަށް އާމްދަނީ އިތުރުކުރަން މި އަހަރުން ފެށިގެން ސިނގިރޭޓުން ޓެކްސް ބޮޑުކުރާނެކަން ސަރުކާރުން އޮތީ ކުރިން ވެސް އިއުލާންކޮށްފަ އެވެ. ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ އަހަރުގެ ނޮވެމްބަރު 8ގައި ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ބަޖެޓް ހުށަހެޅުއްވި އިރު އެކަން ހާމަކުރެއްވި އެވެ.

ހަސަން ފާހަގަކުރެއްވި ގޮތުގައި މިއީ ރަނގަޅު ސިޔާސަތެއް ނޫނެވެ. އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި، ދުންފަތާ ގުޅުން ހުރި މިފަދަ ފިޔަވަޅުތައް ދުރާލާ ހާމަ ނުކުރާނެ ކަމަށެވެ.

"ކުރިން 2012 އިން ފެށިގެން ޑިއުޓީ 200 ޕަސެންޓް އިތުރުކުރަން ދުރާލާ އިއުލާންކުރީމާ 2011ގައި ރެކޯޑް އަދަދަކަށް ދުންފަތް އެތެރެކުރި. އެހެން ގައުމުތަކުގައި މި ގޮތަށް ޓެކްސް އިތުރުކުރަނީ ކަމާބެހޭ ފަރާތްތަކުން ކުއްލިއަކަށް ގެންނަ ބަދަލަކުން. އެއީ އާއްމު ސިއްހަތަށް ވުރެ މުހިއްމު އެހެން ކަމެއް ނެތް ކަމަށް ބަލައިގެން،" އޭނާ ވިދާޅުވި އެވެ.

ސިނގިރޭޓާއި އެނަޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރާ ބިލު ފާސްކުރަން ފެނޭތޯ މި ހަފްތާގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

13 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 29%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތިރަށް

27 February 2017

ތިޔައުޅެނީ ކޮންމެހެން ސިއްހަތަށް ގެއްލުންވާތީއެއްނޫން. ރައްޔިތުން ފެލަންވެގެން.. އެހެންނާފަހެ،، މިއުޅޭ ރައްޔިތުންގެ މެންބަރުންނޭ މި ކިޔައިގެންއުޅޭ ބަައިގަނޑަށް ސިގެރޭޓުލިބޭވިއްޔާ ބޯނެވަރަކަށް ބޯން...

The name is already taken The name is available. Register?

އަލި ރަސްގެފާނު

27 February 2017

ސަރުކާރުން ބޭނުމެއް ނުވޭ ދުންފަތުން ލިބޭ ގެއްލުން ކުޑަކުރާކަށް. އެހެން ނޫންނަމަ އެތެރެކުރުން ހުއްޓުވާނެ. އަދި ބޮންޑުގައި ޑިއުޓީ ނުދައްކާ ސިނގިރެޓް ބެހެއްޓުމަކީ ސިނގިރޭޓަށް ދެވޭ އިނާޔަތެއްކަމަށް ބުނުން އެއީ ވަރަށްބޮޑު ތެދެއް، އޭގެން އެވިއްކާ ފަރާތަށް ވަރަށް ބޮޑު ފައިދާއެއްވޭ. މިއިނާޔަތް ސިނގިރޭޓަށްވުރެ ސިއްހަތަށް ފައިދާ ހުރި ތަކެއްޗަށް ދިނުން ވެސް މާ އައުލާކަން ބޮޑު. ހަގީގަަތުގައި ސިނގިރޭޓް ޑިއުޓީ ނުދައްކައި ބޮންޑުގައި ވަހައްޓާ ގޮތަށް ރާއްޖެ އެތެރެކުރުން މަނާކޮށް ޤަވައިދު އިސްލާހުކުރަންޖެހޭ. މިކަމުންވެސް ރާއްޖެ އެތެރެ ކުރެވޭ މިންވަރު މަދުވެގެން ދާނެ. ސަބަބަކީ މިހާރު ޑިއުޓީ ދައްކަނީ ހަމައެކަނި ވިއްކަން ބޭނުންވާ އެތިކޮޅަށްކަމަށް ވާތީ؛ އެކަމު މިއީ ރައްޔުން ހޮވާފައިވާ މަޖްލިސް މެންބަރުންނަށް ނޫނީ ކުކުރެވޭނެ ކަމެއް. ސުވާލަކީ މިފަދަ ގޮތަކަށް ކަންކަން އިސްލާހުކުރަން މަޖްލިސް މެންބަރުން ނޫޅެނީ ކީއްވެބާއެ؟ އޭގެ ޖަވާބުވެސް ފަރަށް ސާފު. ތިޔަ ބޭފުޅުން އަމިއްލައަށް ވިސްނާލިޔަސް ޖަވާބު ލިބޭނެ.

The name is already taken The name is available. Register?

އަހްމަދު

27 February 2017

އެއަކު މައްސަލައެއްނެތެއްނު. ރޫޓްސް ފިހާރަ ކައިރީގައި އެތަންހުޅުވުމުގެ މާކުރިން އެއޮންނަނީ ކިޔޫހަދާފާ. އަގުބޮޑުކަކަށްވެސްނުވޭ . އެއީސަރުކާރުން ކުރާކަމަކަށްނުވާތީ. މމިތަންތަން ނޫސްވެރިންނަކަށްވެސްނުފެނޭ. ޑޮލަރުކިޔޫ އޮންނާތީ ނޫސްވެރިން ހީވަނީ ފަޔަށްހިނި އަރާގެންއުޅޭހެން. ކާޑު އަގުބޮޑުވީމާވެސް ހީވީ އެހެންކަމެއްހެން. ބޮޑުއަގުގާއެވިއްކާސިގިރެޓް ކިތަންމެ އަގުބޮޑުވިއަސް މައްސަލައެއްނެތް އެނަޖީ ޑްރިންކާ ސިނގިރެޓް ގަންނަން ފައިސާހުރޭ . ކާޑުގަންނާކަށް ފައިސާއެއްނުހުރޭ. އަނގަޔާ އަތަކާދިމަލެއްނުވޭ.

The name is already taken The name is available. Register?

މެންޓަލިސްޓް

26 February 2017

ސިނގިރޭޓް ވިޔަފާރިއަކީ އެންމެ ފައިދާބޮޑުއެއް ވިޔަފާރި ،، މުޅިރާއްޖެއަށް ދުވާލަކު 200 ކޭސް ބޭރުވޭ ،، ސިގިރޭޓްފޮއްޓަކުން އެރެކޮށް ވިއްކާބަޔަކަށް އެންމެ ކުޑަވެގެން 9ރުފިޔާ އިންނާނެ ، އެއީކާޓޫނަކުން 90 އަދި ކޭސްއަކުން 4500 ފައިދާ ،، ވީމާ 200 ކޭސްއަކީ 900000 ސާފްފައިދާ ،،، މަހަކު 27 މިލިއަން ،، އަހަރަކު 324މިލިއަން ،،، ކެމަލް ބުރޭންޑާއި މީވިއަސް ދުވާލަކު 150 ކޭސް ވިއްކާަކަމަށް ކަސްޓަމްސް ހިސާބުތަށް ދައްކާ ،، ދެން އެހެބުރޭންޑްތަކުން އެއްކޮށް 50 ކޭސް ،،، އެހެންވީމައި ދެން ކިއުންތެރީން މީގެ ފައިދާ ބައްލަވައިލައްވާ ،،،، ވަރަށްވެދުން

The name is already taken The name is available. Register?

ޔަހުޔާ

27 February 2017

ސިނގިރޭޓަކީ ސިއްހަތަށް ގެއްލުންހުރި ވިޔަފާރިއަށް ބޮޑުފައިދާ ލިބޭ އެއްޗެއް.

The name is already taken The name is available. Register?

ޖަނަވަރީ

26 February 2017

ސިއްހަތާ ބެހޭ ތި އެޖެންސީ އަކަށް ނޭނގޭ ދޯ މާލެ އަށް އެތެރެކޮށްފ މި ހުންނަ ވެޖިޓަބަލް އޮއިލް ގެ ހަގީގަތް. ޕާނަށް އަޅާފަ ހުންނަނީ ކޯޗެއްތޯ އެއްވެސް މީހަކު ވިސްނާތަ؟

The name is already taken The name is available. Register?

ބުލް

27 February 2017

ކޯއްޗެއްތަ އަޅާފަ ހުންނަނީ. ނިކަން މޮޅިއްޔާ ބުނެބަލަ، ފޮނި ނުކަނޑާ

The name is already taken The name is available. Register?

ފާރިސް

26 February 2017

އިންސާނާގެ ކިބައިން އިންސާނީ މިޒާޖު ދިޔައީމަ، ދެން ޖެހޭނީ ބޭރުން އެއްޗެހި އަޅައިގެން ހަކަތަ އުފައްދަން. ސިގިރޭޓް ހުއްޓަން ބޭނުންނަމަ ކަނޑުމަސް ކެއުން ހުއްޓާލާ.

The name is already taken The name is available. Register?

އައްޑޫ ރަދުން

26 February 2017

155 މިލިއަން. އެތެރެކުރިވަރު ދުއިސައްތަ ޕަސަންޓް އިތުރު.ސިއްހަތައް 200 ސައްތަ ޕަސަންޓް ފައިދާ... މިވަރު ލިބުމުންވެސް ހަމަ ޓީބިލު....

The name is already taken The name is available. Register?

ހަސަންބެ.

26 February 2017

ތިޔަވަރަށް އެތެރެ ކޮށްގެން ގުދަންތަކުގައި ފޮރުވައިގެން އުޅޭކަން އެންމެންނަށް އެގޭ. އަހަރެމެން ކަންމަތީ ފިހާރަ ހިންގާމީހުންނަށް ރައިޔަތުން ބަވަނީ އަގުބޮޑުކޮށް ވިއްކީމާ. ކުރީގައި ބާޒާރު މަތިީ ހޯލްސޭލް ކުރާފިހާރަ އެއްގެ ދޮރުމަށްޗަށް އަރާ ގަނެގެން ދާންވީ . މިހާރު ބާޒާރުމަތިން ސިގެރެޓް ހޯދުމަކީ ހުދަންބަރެއް ހޯދުން ކަހަލަކަމެއް. ދެން ރާއްޖެއަށް މި އެތެރެ ކުރާ މީހުން ގެ ފިހާރަ ކާރީގައި ދިގުކިޔުގައި ދެގަޑި އިރު ކިޔުޖައްސައިގެން ވެސް މި ދެނީ މީހަކަ ކޮންމެވައްތަރަކުން ކާޓޫނެއް. . މިވަރުން ގަނެގެން ގޮސް ކުރީގެ އަގު ތަކަށް އަހަރެމެންނަށްވެސް ނުވިއްކޭނެ.

The name is already taken The name is available. Register?

ކެވެލި

26 February 2017

ކުރިންވެސް ސިގިރޭޓް އެތެރެކުރާފަރާތްތަކުން ކުއްލިއަކަށް ލިބުނު ފައިސާއިން ގަތީ ބިން މިފަހަރު ރިސޯޓް.

The name is already taken The name is available. Register?

މެންޓަލިސްޓްގެ ބަފާގެ ބޭބެގެ ކާފަގެ ޅިޔަނުގެ މާމަގެ ކޮއްކޮ

26 February 2017

ކޮބާހިވޭތަކަމެއްހެން.އެއްބަޔަކު ވިއްކަނީ. އަނެއްބަޔަކު މަހުޖަނުންނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454