"ބީ އަ ނައިނާ" ކެމްޕެއިނުގެ ސައިކަލު ލިބުނު އަހުމަދު މުހައްމަދަށް އިނާމު ހަވާލު ކުރަނީ.
30 ޖުލައި 2024 - 13:42
މޯލްޑިވްސް އިސްލާމިކް ބެންކުން ކުރިއަށް ގެންދިޔަ "ބީ އަ ނައިނާ" ކެމްޕެއިނުން ހޮވުނު ނަސީބުވެރިޔާއަށް އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ ހޮންޑާ އެއާބްލޭޑް 160 ސައިކަލް މިއަދު ހަވާލުކޮށްފި އެވެ.
މިއަހަރު ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކެމްޕެއިންގެ ނަސީބުވެރިއަކަށް ހޮވުނީ އަހުމަދު މުހައްމަދެވެ. "ބީ އަ ނައިނާ" އަކީ އެމްއައިބީގެ އެކައުންޓަށް މުސާރަ ޖަމާކުރާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ކެމްޕެއިނެކެވެ.
އެމްއައިބީގެ އެކައުންޓަށް ފައިސާ ޖަމާކުރާ ގިނަ ދިވެހިން ތިބި އިރު، އެމްއައިބީގެ އެކައުންޓަށް މުސާރަ ޖަމާކުރާ ދިވެހިންނަށް އެމްއައިބީން ހާއްސަ އަގުތަކެއްގައި އުޖާލާ ފައިނޭންސިން ފެސިލިޓީ ފޯރުކޮށްދެ އެވެ. އަދި ކޮންމެ މަހަކު ބޭންކުގެ ރުފިޔާ ކާޑުން 250 ޑޮލަރާ ހަމައަށް ޑޮލަރުގެ މުއާމަލާތް ވެސް ކުރެވޭނެ އެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ފަރާތަކަށް ވެސް އޮންލައިންކޮށް އެމްއައިބީގައި އެކައުންޓު ހުޅުވާ، މުސާރަ ޖަމާކުރެވޭނެ ކަން އެ ބެންކުން ފާހަގަކުރެ އެވެ. އެމްއައިބީން ބުނީ ސަރުކާރުގެ ހުރިހާ ވުޒާރާއަކާއި ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކަށް އެ ބެންކަށް މުސާރަ ޖަމާ ކުރެވޭނެ ކަމަށެވެ.
އެމްއައިބީގައި އެކައުންޓު ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ބޭންކަށް ނުގޮސް އޮންލައިންކޮށް އެކައުންޓް ހުޅުވޭނެ އެވެ. މިއީ ބޭންކަށް ނުގޮސް ފުރަތަމަ އެކައުންޓް ހުޅުވުމުގެ ހިދުމަތް ރާއްޖޭގައި ދެމުންދާ ހަމައެކަނި ބޭންކެވެ. މި ބޭންކުން ދޭ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބެން ހުރި އިރު، އެމްއައިބީއިން ދާދިފަހުން ވަނީ އޮންލައިންކޮށް ބިޒްނަސް އެކައުންޓު ހުޅުވުމުގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy