ޚަބަރު / ޖުޑީޝަރީ

ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުކުރަން ނާޒިމް ދެކޮޅު: ބޮޑު މުސާރަ ނަގައިގެން ކުރާ ކަމެއް ނުފެނޭ!

މަޖިލީހުގެ ނައިބު ރައީސް ނާޒިމް. އޭނާ ވިދާޅުވީ ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުކުރަން އޭނާ ދެކޮޅު --- ފޮޓޯ/މިހާރު

ފަނޑިޔާރުންގެ އިންޝުއަރެންސްގެ ޕްރިމިއަމް ބޮޑުކުރަން އެދުނުއިރު، ފަނޑިޔާރުން ބޮޑު މުސާރަ ނަގައިގެން ކުރާ މަސައްކަތުގެ ނަތީޖާއެއް ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލާގައި ބޭއްވި ކޮމެޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އިންޝުއަރެންސް ބޮޑު ކުރާ ނަމަ ޖުމްލަކޮށް، ޖުޑިޝަރީގެ ކަންކަން ހިނގާ ގޮތަށް ބަލަން ޖެހޭ ކަމަށެވެ. އަދި ކޯޓުތަކުގައި އެތައް ސަތޭކަ މައްސަލައެއް ނުނިމި ހުރި ކަމަށް ވިދާޅުވެ، ފަނޑިޔާރުންގެ މުސާރަ ދާދި ފަހުން ބޮޑު ކުރި ނަމަވެސް ނަތީޖާއެއް ނުފެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެއް ގާޒީ އަތުގައި އެބައޮތް 543 މައްސަލަ. އެންމެ މަދުން މައްސަލަ އޮތް ގާޒީ އަތުގައި ވެސް އެބައޮތް 112 މައްސަލަ. ގައިމު ކުރާ ކަމެއް ވެސް އޮންނަން ވާނެތާ 62،000ރ. މުސާރަ ނަގައިގެން ތިބެންޏާ،" އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ސިވިލް ކޯޓުގައި އަޑުއެހުމެއް ނުބާއްވާތާ ދެ އަހަރު ވެފައިވާ މައްސަލަތައް އެބަ ހުރި ކަމަށެވެ. އިންޝުއަރެންސް ޕްރިމިއަމްގެ ބޮޑުކުރަން އެދޭއިރު، ކޯޓުތަކުގެ ދާއިރާގެ ހިދުމަތްތައް ވެސް މިހާރަށް ވުރެ ރަނގަޅު ވާން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ނުފެނޭ ޖުޑިޝަރީގެ ހެލްތު އިންޝުއަރެންސްގެ ޕްރިމިއަމް ބޮޑުކޮށްދޭކަށް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރުން އަވަހަށް ރިޓަޔާވެގެން، އިނާޔަތްތަކާއި އިންޝުއަރެންސް ނަންގަވާ މައްސަލަ ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ. އަދި ސިއްހަތު ސަލާމަތުން ތިބި، މެދު އުމުރުގެ ފަނޑިޔާރުން ވެސް ރިޓަޔާމެންޓް ޕެކޭޖް ނަގައިގެން ގޭގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއް ގާޒީ އަތުގައި އެބައޮތް 543 މައްސަލަ. އެންމެ މަދުން މައްސަލަ އޮތް ގާޒީ އަތުގައި ވެސް އެބައޮތް 112 މައްސަލަ. ގައިމު ކުރާ ކަމެއް ވެސް އޮންނަން ވާނެތާ 62،000ރ. މުސާރަ ނަގައިގެން ތިބެންޏާ،"--- ނާޒިމް

ނާޒިމް ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ޖުޑިޝަރީ ރަނގަޅު ކުރާނެ ކަމަށް ބުންޏަސް، އެކަން ނުކުރެވޭ ކަމަށެވެ.

"މިކަން ކުރެވެން އޮތީ ޖޭއެސްސީ އިސްލާހު ކޮށްގެން ކަމުގައިވާ ނަމަ އެކަން ވެސް ކުރަންވީ. މި ކަންކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިންޝުއަރެންސް ޕްރިމިއަމްގެ 10 ޕަސެންޓް އަމިއްލަ ޖީބުން ދައްކަންޖެހޭ ގޮތަށް ހަމަޖައްސާފައި އޮތީ އެ މީހާ އަމިއްލަ އަށް ސިއްހަތަށް ބަލައިގެން އުޅުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަދި ފަނޑިޔާރުންގެ އިންޝުއަރެންސް ޕްރިމިއަމް ވެސް އޭރު ހެދީ އެގޮތަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ނިއުޒިލެންޑަށް ބެލި ކަމުގައި ވިޔަސް، އެ މީހާއަކީ ސިގިރޭޓް ބޯ މީހެއް ވެއްޖިއްޔާ އެ މީހާ ދައްކަން ޖެހޭ ޕްރިމިއަމް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިފަދަ ބަދަލުތައް ނުގެނެސް މިކަން ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އާސަންދައިގެ ވެސް ހަރަދުތައް ބޮޑުވަނީ މާބޮޑަށް ހުޅުވާލާފައި އޮންނާތީ ކަމަށެވެ.

"އުޅޭނެހާ ގޮތަކަށް މީހާގެ ދިރިއުޅުން ހޭދަކޮށްފައި އެ މީހާ ބަލިވީމާ، އެ ބިލް ސަރުކާރުން އަދާކުރާކަށް ނުޖެހޭނެ. އެނާޖީ ޑްރިންކްސް ބޮއިފައި، ސިނގިރޭޓް ބޮއެފައި، ނުރަނގަޅު ލައިފްސްޓައިލް އާދަތައް އުޅެފައި، ބަލިވީމާ ސަރުކާރުން ހަވާލުވަން ޖެހޭ ގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

ޖުޑިޝަރީގެ ފަރާތުން އެދުނީ ފަނޑިޔާރުންގެ އިންޝުއަރެންސް ޕްރިމިއަމްއަށް ފަނޑިޔާރުން އަމިއްލައަށް ދައްކަމުންދާ 10 ޕަސެންޓް ވެސް ދައުލަތުން ދައްކާ ގޮތަށް ހެދުމަށެވެ. ނަމަވެސް ކޮމިޓީގެ މެމްބަރުން ކުރިން ވަނީ، އެގޮތަށް އޭރު ބަދަލު ގެނައީ ފަނޑިޔާރުންގެ ފަރާތުން އެދިގެން ކަމަށް ވިދާޅުވެފަ އެވެ.

73 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 2%
icon inlove icon inlove 42%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމެންޓު

01 August 2024

ކޯޓުތަކުގެ ސަބަބުން އާއިލީ މައްސަލަތައް ހަމަ އަކަށް ނޭޅި ޑުރަގު ކަންތަކާ، ދޭދޭ ފަރުދުންގެ މައްސަލަތައް ހައްލުނުވޭ ވިޔަފާރި މައްސަލަތައް ވެސް ޢެހެން. އިންސާފު ހޯދަން ކޮންމެސް މީހެއް ކައިރި އާދޭސް ނުކޮއް މިތާ ކަމެއް ނުވޭ. ނާޒިމުގެ ވާހަކަ ރަގަޅު

The name is already taken The name is available. Register?

ކާތިބު

01 August 2024

ފަނޑިޔާރު ކަލޯއިންނާ ވަކީލު ކަލޯއިންނާ އާ އަބަދުވެސް ލާރި ލާރި. ސުލޯ ސުޕީޑުގައި ވާ ކަމެއް ހަރާން. ނިކަމެތި މީހާ އޮވެ ފުނޑި ދަނީ . މުސާރަ އާ ޕެކޭޗުތައއ ބޮޑު ކުރަން ނުކިޔާ މަސައްކަތް ކޮއްލާ ފަނޑިޔާރުން ފުރަތަމަ. ވަކި ވަރަކަށް މައްސަލަ ނުނިންމައްޔަ މުސާރައިން ކަނޑާ ބިލަ

The name is already taken The name is available. Register?

ސަދޫމް ޖަސްޓިސް

01 August 2024

ފަނޑިޔާރުން ލޯޔަރުން އެއި މިގައުމުގެ އެންމެ ކޮރާޕުޓް ބައިގަނޑު.

The name is already taken The name is available. Register?

ބްރަހްމާ

01 August 2024

މުއައްސަސާތަކުގެ އަގުވެއްޓުމަށް މަސައްކަތްކުރުމަކީ ސިޔާސީމީހުން އަބަދުވެސް ކުރާކަމެއް. އެކަމަކު އެމީހުން އެ މަސައްކަތްކުރަނީ އެމީހުންގެ ގައިގައި ލައިގަތީމަ ބަދަލު ހިފަން، މިވެސް ވަކި އިސްތިސްނާއެއް ނޫން. ބައްލަވާލައްވާ ކޮންމެ ބަޔަކަށްވެސް ލިބޭ ފުރުޞަތު ފަނޑިޔާރުގެ އިސްލާހުކުރަންވެސް، އެކަމަކު ކަރަޕްޓު މީހުން ލައިގެން އެއިރެއްގައި ސިޔާސީ ބާރު އޮންނަ ބައެއްގެ އެޖެންޑާ ފުރިހަމަކުރުމަށް މަސައްކަތްކުރަނީ. މީނަގެ މައްސަލައެއް ހިތްނޭދޭގޮތަކަށް ދިޔައީބާ؟

The name is already taken The name is available. Register?

ލޮރިއްޕެ

01 August 2024

ރާއްޖޭގެ ކޯޓު ތަކުގެ އަގާ އަބުރާ އިއްޒަތް ދެން ކަލޭ ނުކިޔަސް އަހަރުމެންނަށް އިގޭ. ސަރީއަތް ކުރާ ގޮތާ އުޅޭ ގޮތާ ލޮލަށް ފެނޭ. މީހަކު އެއްޗެއް ބުނާކަށް ނުޖެހޭ.

The name is already taken The name is available. Register?

89658

01 August 2024

ކޯޓުތައް ކީއްކުރަން އެއޮއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގަވެސް މައްސަލައެއް ނިންމަން އެބަނަގާ 2 އަހަރު. ރައްޔިތުމީހާ މެންބަރުންގެ ފައިގަ ދޫހާކައިގެން މައްސަލަ ޝެޑިއުލްކޮށްލަދެނީވެސް. ހަމަ ހުސް ކޮރަޕްޝަން. ކަންނެތް ފުޅައިން ވަޒީފާ ތަކުގަ ގިނައީވެސް. ދެން ފުއްޕާފަ ތިބޭ ފަނޑިޔާރުން ހުސް އުޅޭނީ.

The name is already taken The name is available. Register?

ސައިޚް

01 August 2024

ފަނޑިޔާރުންވެސް ބޭނުންވާނެ ފައިސާ، ގިނައިން،ބޯކޮއް، ކާކުބޭނުންނުވާނީ،

The name is already taken The name is available. Register?

އަސަރު68

01 August 2024

މިހާރު ތިޔަ ގޮވެނީ ގުދޯގުދޯ. ތިޔަވިދާޅުވާ ފަނޑިޔާރުންވެސް ބާރު ސްޕީޑްގާ ކަންކަން ކުރާ ނަމަ މައްސަލަތަކުގާ އަހަރު ދެއަހަރު ދިހަބާރަ އަހަރު ނަގާކަށް ނުޖެހޭ،ނެ. ހަމަ އެގޮތަށް މަޖްލީހުގެ މެންބަރުންނަކީވެސް ހަމަ އެއާ އެއްފަދަ ބައެއް. ބޮޑު މުސާރަ ނަގަނީ. އަހަރަކު ތިންފަހަރު 3 މަހުގެ ޗުއްޓީ ނަގަނީ. އަވަގުރާނަ ނޫނީ ގޮވާއަޑު ނީވެނީ. ތިތަނަށް ވަދެ ކިޔާ ކޮންމެ އެއްޗެއް މާފުވާ އުސޫލު އޮންނަނީ. މިހެންގޮސް މުސްލިމެއްކަން ހަނދާން ނެތޭވަރަށް ކަންކަން ދަނީ.

The name is already taken The name is available. Register?

އަލިހާޖީ

01 August 2024

ވަރަށް ރަނގަޅު ވާހަކަ އެއް. މިހާރު ވަރަށް ގިނަ ސަރުކާރަށް ހުކުމް ވިއްކަ ދީފަ، ސަރުކާރު ބަދަލުވެދާނެ ހެން ހީވާ އިރަށް ރިޓަޔާ އޭ ކިޔާ އިނާޔަށް ނަގައިގެން ގޭގަ އުޅޭ ފަނޑިޔާރުން. ފަނޑިޔާރުންނަށް ރިޓަޔާ ވެވޭނެ އެއްމެ ދަތް އުމުރެއް ކަނޑައަޅަން ޖެހޭ. އަދި މިހާރު ރިޓަޔާ ވެގެން ތިބި މީހުން އަލުން އެ ރިޓަޔާމެންޓު އުވާލާ މަސައްކަތަށް ނެރެ، އޭގެ ތެރެއިން ޗައްކަރު ޖަހައިގެން ދިޔަ މީހުންނަށް ފިޔަވަޅު އަޅަންވެސް ޖެހޭ.

The name is already taken The name is available. Register?

ލެވެލް އީސަ

01 August 2024

ރަނގަޅު ވާހަކައެއް. ހަމައެހެންމެ ރާއްޖޭގެ އެންމެންހެން (މަޖްލިސް މެމްބަރުން ފިޔަވައި) ގަބޫލް ކުރޭ ތިޔަ މަޖްލިސްވެސް އޮތީ ހަމަ ތިޔަހާލުގައި ކަން! ބޮޑުމުސާރަ ނަގައިގެން ކުރާކަމެއް ނުފެނޭ. ތިޔަ ވިދާޅުވާ ފަދަ ބަދަލުތައް ތިޔަ މަޖްލީހުގައި ގެންނަވަން ފެއްޓެވީމައި ގިނަ ބައެއްގެ ތާއީދު ލިބޭނެ.

The name is already taken The name is available. Register?

އަލިހާޖީ

02 August 2024

ގިނަ މީހުންގެ ތާއިދު ދުވަހަކު ވެސް ރަނގަޅު ކަމަކަށް ނުލިބޭނެ. އެހެން ނޫންނަމަ ތިބުނާ މަޖިލިހަށް މަޖިލިހަށް ހޮވިފަ ތިބޭނީވެސް ހުލްގު ހެޔޮ ރަނގަޅު މީހުން.

The name is already taken The name is available. Register?

އިހާމް

01 August 2024

ފަނޑިޔާރުންނަށް ދޭ އިންޝުއަރެންސަކީ ޤާނޫނުގެ ދަށުން އެބޭފުޅުންނަށް ކޮންމެހެން ދިނުން ލާޒިމް އެއްޗެއް. އެކަމަކު 10 ޕަސެންޓް ފަނޑިޔާރުންގެ އަތުން ދައްކަންޖެހުމަކީ ޤާނޫނާ ޚިލާފުކަމެއް. 10 ޕަސެންޓަކީ އަމިއްލަ ޞިއްޙަތަށް ބާރުއެޅުމަށް ކަނޑާ އެއްޗެއްނަމަ ކީއްވެތޯ މަޖިލިސް މެމްބަރުންގެ އިންޝުއަރެންސްއިން އެބައި ނުކަނޑަކީ. މިހުރިހާ އިނާޔަތެއް މަޖިލިސް މެމްބަރުންނަށް ލިބޭއިރު ހަމަ ލާރި ޙައްޤުވާ މިންވަރަށްތޯ އެބޭފުޅުން މަސައްކަތްކުރައްވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454