01 އޯގަސްޓް 2024 - 10:40
މި އަހަރުގެ ޖޫން މަހުގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 67 މިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.
މިއީ އޭގެ ކުރީ މަހަށް ވުރެ ހަތަރު މިލިއަން ޑޮލަރު ދަށް އަދަދެކެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން މިދިޔަ އޭފްރީލް މަހުގައި ރިޒާވް ހުރީ 114 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ޔޫޒަބަލް ރިޒާވްގައި 148 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު، މި އަހަރުގެ މެއި މަހުގެ ރިޒާވް ވަނީ 73 މިލިއަން ޑޮލަރު ދަށްވެފަ އެވެ. އެއީ 50 ޕަސެންޓުގެ ވެއްޓުމެކެވެ.
ޖޫން މަހު ޖުމްލަ ރިޒާވްގައި ހުރީ 509 މިލިއަން ޑޮލަރެވެ. މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. މި އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައިވަނީ ފެބްރުއަރީ މަހު އެވެ. އެ މަހުގެ ޖުމްލަ ރިޒާވް ވަނީ 588 މިލިއަން ޑޮލަރަށް އަރައިފަ އެވެ.
ޔޫޒަބަލް ރިޒާވްގައި މިވަގުތު ހުރީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގަ އެވެ.
ރިޒާވް އެހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މާލީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް، ސަރުކާރުން ވެސް ހަރަދު ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނިކޮށެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރީފް ރަފީޤް
01 August 2024
މާޒީގެ ލީޑަރުން އަހަރުން ދިވެހީން ކުރިމައްޗަށް އަރާ ކޮންމެ މީހަކު އަހާ ކޮންމެ ސުވާލަކަށް ޖަވާބު ދާރީ ވާން އެބަ ޖެހޭ. މިދުވަސް ދެކޭނެކަން މާ ކުރިން އިނގިއްޖެ އިންޑިއާ ތަންތަނުން ހޭބަލި ވެގެން ލޯނު ތައް ނަގާ ކަމެއް ނުކޮށް އެ ހުސްކޮށްލިއިރު. އަދި މި ބުނަނީ ދައްކަން ނުޖެހޭ ލޯނޭ. ހޭބަލި ނުވާނެތަ އަޅެ މީހަކު. އަހަރުން މީ ކުޑަ ކުދިން ކަމަށްތަ ހީކުރަނީ
އަކްރަމް މޫސާ
01 August 2024
ކުރީގެ ވެރިކަމުގައި ދަރަނި އުފުލަމުން ދިޔައީ އެކަން މެނޭޖް ކުރުމުގެ ހަގީގީ ޕްލޭނެއް ނެތި. އެންމެ ފަހުން މި ސަރުކާރުން މި ގޯސް ރަނގަޅުކޮށް ކަންކަން ހަމައަކަށް އެޅުވުމަށް ފިޔަވަޅުތައް އަޅަމުންދާތަން ފެނުމަކީ ބަލައިގަންނަން ޖެހޭނެ. ސުވާލަކީ މިހާ ދަރަނި ކޮށްފަ އެމީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާތީ
ޒައިން ސައީދް
01 August 2024
އިގްތިސާދު ހަމަ މަގަށް އަޅުވަން މިސަރުކާރުން ވަރަށް މަސައްކަތް ކުރާތަން ފެނޭ. ލާރި ޗާޕު ނުކޮށް ހިފަހައްޓާލާތީވެސް އަޖައިބުވޭ
ޙބބދޖޖެޖސ
01 August 2024
ބަންކަރިން އަވަހަށް ފަށާ. މިވަގުތު ވިސްނަންވީ އާމްދަނީ ލިބޭ އެހެން ދޮރިތައް ހުޅުވުމާމެދު
އާމިރު ސައީދު
01 August 2024
އިގްތިސާދު ހަމަ ޔަގީނުންވެސް މިހާރު ރަނގަޅުވާ މަންޒަރު އެބަ ފެނޭ. މި އަހަރު ދަތިވިޔަސް މީގެ ފައިދާ ކުރާނެ ދެން އޮތް 4 އަހަރު
އަމްޝާދު އަޒީޒް
01 August 2024
މިދިޔަ ހުރިހާ ސަރުކާރަކަށްވުރެ މި ސަރުކާރުގެ އިގްތިސާދީ ސިޔާސތުތައް ރަނގޅު. އެކަމަށް އެއްމެ ބޮޑަށް ހެކި ދެނީ ފައިސާ ޗާޕްކުރުން ފުރަތަމަ ދުވަހު ހުއްޓާލި ހުއްޓާލުން. ރިޒާވް މިހެން ދަށްވުމަކީ އައު ކަމެއް ނޫން
އަމްސޫދާ
01 August 2024
ރިޒާވް ރަނގަޅުވާނެ އަނެއްކާވެސް. މި ފެށެނީ ޓޫރިސްޓުން އަންނަ ސީޒަން. ހާސްނުވޭ
މާޒިން ހަމީދު
01 August 2024
މިކަން ކަން ދެން ރަގަޅު ކުރަން ސަރުކާރުން ވެސް މަސައްކަތް ތަކެއް ކުރާނެތާ. އަސްލު އިބޫ ސަރުކާރުން ގޯސް ނުހެދިނަމަ އިގްތިސާދު މިހާލަތަށް ނުދާނެ ކަންނޭގެ. އަހަރެން މި ސަރުކާރަށް އިތުބާރު ކުރަން މިކަން ހައްލު ކުރައްވާނެ ކަމަށް ގަބޫލު ކުރަން
ޒިޔާދު އިބްރާހިމް
01 August 2024
އެމްޑީޕީއިން މިކަމަށް ފުރިހަމަ ޒިންމާ ނަގަން ވާނެ. ސަބަބަކީ މިމީހުންނާ ހެދި އިގްތިސާދު މިހާ ދަށަށް ދިޔައީ. ނަމަވެސް މިހާރު މަޑުމަޑުން ރަނގަޅު ކުރަމުން ރަނގަޅު ފިޔަވަޅު އަޅައިގެން ސަރުކާރުން މިދަނީ
އަދުނާން
01 August 2024
މި ސަރުކާރުން ރިޒާވް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ. އެކަމަށް ދިވެހި ރައްޔިތުން ޝައްކެއް ނުކުރާނެ