ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރިސޯޓަށް ފުރަނީ. ސަރުކާރުގެ އަމާޒަކީ މިއަހަރު 1.9 މިލިއަން ޓޫރިސްޓުން ގެނައުން -- ފޮޓޯ: މިހާރު
02 އޯގަސްޓް 2024 - 18:14
މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 14 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ މަހު ރާއްޖެއަށް އައީ 160،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 140،000 ޓޫރިސްޓުންނެވެ. އެހެންވެ އެއީ 20،000 ޓޫރިސްޓުންގެ ފަރަގެކެވެ.
ޖުލައި މަހު ޓޫރިސްޓުން އިތުރުވީ، އޭގެ ކުރީ ދެ މަހު ޓޫރިސްޓުން އައި މިންވަރު ވަރަށް ބޮޑަށް ދަށްވުމަށް ފަހު އެވެ.
މިއަހަރުގެ ފުރަތަމަ ހަތް މަހު ރާއްޖެއަށް ވަނީ 1.1 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައީ އެއް މިލިއަން ޓޫރިސްޓުންނެވެ. އެހެންވެ، މި އަހަރު އައި ޓޫރިސްޓުން ވަނީ 9.6 ޕަސެންޓަށް އިތުރު ވެފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެކަމަކު އެ އަދަދު ހާސިލު ކުރަން ކުރިއަށް އޮތް ކޮންމެ މަހަކު 180،000 ޓޫރިސްޓުން ރާއްޖެއަށް އަންނަން ޖެހޭނެ އެވެ.
ޓޫރިސްޓުން އެންމެ ގިނައިން ރާއްޖެއަށް އަންނަނީ ޗައިނާ އިންނެވެ. އެގައުމުން ވަނީ 157،000 ޓޫރިސްޓުން އައިސްފަ އެވެ. ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާއިން ވަނީ 125،000 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ވަނީ 104،000 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
03 August 2024
ތޓޫރިސްޓުން އިތުރުވިއަސް އުފަލެއްނެތޭ ، ހުސްއަތާ އަންނަ ޓޫރިސްޓުން ހެން ހީވަނީ ، ދަރަމުންދަރަމުންގޮސް ހުލިވަނީ ، ޑޮލަރު ރޭޓް 8.30 ގައި ،
ބޭޗާރާ
03 August 2024
ސައީދު ބުނާހެން ދެތިންމަހުން ޑޮލަރުކަންތައް ހަމަޔަކަށް އެޅޭނެ. މައްސަލައެެއްނެތެއްނު؟
ފަގީރުވަނީ
03 August 2024
އަންނަވަރު ވަނީ އިތުރު. އެކަމަކު ބަނޑަށް ޖެހެނީ. އަނެއްކާ ހިލޭސާބަހަށް ޓޫރިސްޓުން ގެންނަނީތަ
އެމްސް
02 August 2024
އަންނަ ޓްއަރިސްޓުން އިތުރުވާވަރަކަށް ޑޮލަރުރޭޓްވެސް ދަނީ މައްޗަށެވެ! ރިސޯޓް އާމްދަނީގެ %50 ޑޮލަރު ބޭންކަށް މާރުނުކުރާ ރިސޯޓްތައް، މުޅި އާމްދަނީގެ %25 އިން ޖުރިމަނާކޮށްގެން ނަމަވެސް ބްލެކްމާކެޓަށް ރިސޯޓްތަކުން ކުރާ ސަޕްލައި ހުއްޓުވަން ވެއްޖެއެވެ!
ތެދެއ
03 August 2024
މަގުމަތިން ދިވެހި ފައިސާ ގަނެގެން ހިންގާ ރިޒޯޓް ހުރެގެން ނުވާނެ.
ރިޔާޒްް
02 August 2024
ގައުމު އިގްތިސާދަށް ހެޔޮ ބަދަލު މިދަނީ އަންނަމުން. އެއަރޕޯޓް ހުޅުވޭ ހިސާބުން އަދި މިޔަށްވުރެވެސް ރަނގަޅުވެގެންދާނެ. އިންޝާﷲ ކުރިޔަށް އޮތީ އުފާ ފާގަތި ދުވަސްތަކެއް.
އެޑްމުންޑޯ
03 August 2024
ގައުމުގެ އިގްތިސާދަށް އަންނަ ހެޔޮ ބަދަލު ދެނެގަނެވޭނެ ގޮތަކީ ، ރައްޔިތުންގެ ޖީބަށް ލުއިވުން ، ޖީބަށް ބަރުވާނަމަ މާނައަކީ އިގްތިސާދު ރަގަޅެއްނޫނޭ ، ރައީސް މައުމޫނުގެ ވަރިކަމަށްފަހު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ދައުރުވާ ފައިސާ ގިނަވެގެންދިޔައީ ، ރުޅިއަޔަސް ރައީސް ޔާމީނުގެ ފަސް އަހަރުގައި .
މާނިއުު
02 August 2024
ރާއްޖޭގެ އިގްތިސޯދު އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއްދާނީ އިތުރުވަމުން. މިހާލަތުން އަރައިގަންނަން މާކަ ގިނަ ދުވަހެއްނެތް
ކުރި
02 August 2024
ޓޫރިސްޓުން އަންނަނީ ދިވެހި ފައިސާ ހިފާގެންތަ؟ ހަމަ އަހާލީ ޑޮލަރު އަގު ދުވަހެއް ދުވަހަކަށް މަތި ވަމުން ދާތީ
އެމްސް
02 August 2024
ކުރީ ސަރުކާރުން ރުފިޔާ ޗާޕްކުރިލެއް ގިނަކަމުން ވާގޮތެއްް ކަމަށް ގާޒީއަކު ބުނެއެވެ!
އަސްލު...
02 August 2024
އަންނަލެއް ގިނަވާވަރަކަށް ރައްޔަތުންބިކަވަނީ އަނެއްކާ މިސަރުކާރުއައިފަހުން ޓެކުސް ފުރީ ކުރީތޯ. ކަރަންޓު މައްސަލަ ވެސް ހައްކޮށްދެވޭނީ ދެއަހަރުފަހުންނޯ، ކިއަވާކުދިންނަށް ޓީޓީ އަށް ދެމުންއައި 1000ޔޫއެސްޑީ މިހާރު 415 އަށް ބަދަލުކޮށްފި، މިސަރުކާރުއައިފަހުން ގެސްޓުން ގެންނަނީ ދިވެހިރުފިޔާތަ؟ އަޖައިބުއެބަވޭ....
އެމްސް
02 August 2024
ބިދޭސީން މަދުކުރީމަ ޑޮލަރާއި ބޯހިޔާވަހިކަމަށްވެސް ޙައްލެއް އައިއްސާނެއެވެ!
ރަދީފު ބިން ރަފައިދާ
02 August 2024
ޖުލައިމަހު ޓުއަރިސްޓުން އިތުރޭ ބުނާއިރު އަދި ވެސް މިނިސްޓަރު އެދަނީ މުންޑާ ޗައްޕަލްކޮލުގާ އަންނަ ފަތުރުވެރިންނަށް މިކޮޅަށް އައުމަށް އެދި އާދޭސްދަންނަވަމުން. ޓުއަރިޒަމަކީވެސް ހައްދެއްގެތެރޭގާ ހިފާއްޓަންޖެހޭ އެއްޗެއް. އަދި ކޮލިޓީ ހިފޭއްޓުމަކީ އެހާމެ މުހިއްމު ކަމެއް.
އެމްސް
02 August 2024
މިނިސްޓްރީއަކީ އެންމެކުޑަމިނުން ކަންކަން ރެގިއުލޭޓް ކުރެވޭވަރު ތަނެއްވެސް ނޫނެވެ!
ކިޔަވަމާ
02 August 2024
މީ % ހޯދާގޮތަކީ! ފަރަގު 20،000 ޑިވައިޑް މިދިޔަ އަހަރު ޓުއަރިސްޓުން އައި އަދަދު 140،000. އިންޓު 100. ޖަވާބު 14.2. ރައުޑްއޮފް ކޮއްލީމަ 14%.
އަނހާ!
02 August 2024
ޚަބަރުގެ ހެޑްލައިން ކިޔާލިންތަ؟
ފިލާވަޅު
03 August 2024
ކިޔަވާވަމާ ނުބުނޭ % ނުބައެކޭ. ދެން ކޮން އަނހާއެއްތަ؟