ކުޅުދުއްފުށީގެ މަގެއް.-- ފޮޓޯ: މިހާރު
02 އޯގަސްޓް 2024 - 21:12
ކުޅުދުއްފުށީގައި ބިދޭސީއެއްގެ އަތުން ވޮލެޓު ފޭރިގަތް އަންހެނަކު ހައްޔަރުކޮށްފި އެވެ.
ބިދޭސީއަކު މަގުމަތީގައި ހުރި ދިވެހި އަންހެނެއްގެ ޓީޝާޓުގައި ދޫނުކޮށް ހިފަހައްޓައިގެން އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން މީހާ ސައިކަލަށް އަރައިގެން ދާން އުޅުމުން ވެސް ބިދޭސީ ފިރިހެނަކު ވަނީ އޭނާ ދޫނުކޮށް ހިފަހައްޓާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ ރަށުގައި ބަންގަލަދޭޝް މީހެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގެންފައިވާ މައްސަލައެއް މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަންހެން މީހާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
03 August 2024
އެމްޑިޕީ އުފެއްދި އަނެއް ދިވެހި ރާއްޖެ
ޓްވިޓާ
04 August 2024
މިއީ ޝޮކޭ މެންގެ ކަންތަކޭ.
މަދަނީ
03 August 2024
ފައްކަލޭ ދޯ ހިފާލާފަހުރި ތަނާ ގޮތް ބަކުން މުކައްބައިގެ ވާފަށް އަތައްއޮޅާލައިގެން މުއްލާ ބާއި ހުންނެވީ
ޑީންބެއްޔާ
04 August 2024
ބޭކާރު އަނގަނުތަޅާ. އެމީހައަށް ކޮން ޔަޤީންކަމެއް އޮތީ އަންހެންމީހާ ދިއުމަށް ފަހު ވޮލެޓު ލިބޭނެކަަން. ގިނަ ދިވެހިން ވެސް އިތުބާރެއް ނުކުރޭ ފުލުހުންނަން. ދެން ބިދޭސާންނަން ކޮން ޔަގީން ކަމެއް އޮންނާނީ. ބުރަމަސައްކަތުން ހޯދާ ލާރިގަނޑު އޭނަގެ އަނބިދަރިންނަށް ނުފޮނުވޭނަމަ ކަލޭތަ އެފައިސާ ދެނީ.؟؟ ލަދުކޮބާ؟ ދޫކުރަނެކަމެއް ނެތް އެކެހަަލަ ވަގުންނެއް. ހިފެހެއްޓުނުގޮތަކަށް ހިފަހައްޓާފަ ފޭރުނު އެތިވެސް ނަގަންޖޭހޭނެ.
ހާލުފޮޅި ފޮޅި
03 August 2024
ކުޅުދުއްފުށީ އަންހެނުންގެ ހާލު.. ދެމަފިރިން ދޭރެއަށް ވަދެ އާއިލާ ރޫޅުން އެއީ އަދި އެމީހުން ކުރާ އެންމެ މޮޅު ކަންތައް.. އެކަމުގައި އަރާ ތިބި ބައެއް ކުޅުދުއްފުށީ އަންހެނުންނަކީ...
ސިންބޭ
03 August 2024
ސަރުކާރުން އޮތީ ނިންމާފަ އަންހރނުންނާއި ފިރިހެނުން ހަމަހަމަ ކަމަށް. އެހެންވީމާ މައްސަލަނެތީ
އެހެންކަންތައް
03 August 2024
ވައްކަންކުރުން އެއީ މައްސަލައެއް. އެކަމަކު އަންހެނަކާއިމެދު އެގޮތަށް އަމަލުކުރުން އޯކޭވީތަ؟ އަމުދުން ދިވެއްސަކަށް ދިވެހި ފަސްގަނޑުގައި ބިދޭސީއަކު އެގޮތަށް އަމަލުކުރުން އޯކޭތަ؟ އޭނާއަށް ހެއްކާއިއެކު ކަމާއިބެހޭ އިދާރާތަކައް ރިޕޯޓުކުރެވެން އޮންނާނެތާ!
ހުދު ކާފޫރު
04 August 2024
އަޅެ! އެ އަންހެންމީހާ ގޭގައި ނިދަން އޮއްވާތަ އެ މީހަކު ގޮސް އޭނަ ހިފެހެއްޓީ؟ ތަންފުކެއް ލަދުހަޔާތް ކުޑަވީމަތާ އަންހެނެއް ފިރިހެނެއްގެއަތުން ފޭރެން އުޅޭނީ. ނަސީބެއްނު ނުވީއްލިކަން. މުދަލާއި އަމިއްލަ މީހާގެ ދިފާއުގައި އެވަރު ކުރެވެންޖެހޭނެ.
ޑޮންބެއްޔާ
04 August 2024
ބޭކާރު އަނގަނުތަޅާ. އެމީހައަށް ކޮން ޔަޤީންކަމެއް އޮތީ އަންހެންމީހާ ދިއުމަށް ފަހު ވޮލެޓު ލިބޭނެކަަން. ގިނަ ދިވެހިން ވެސް އިތުބާރެއް ނުކުރޭ ފުލުހުންނަން. ދެން ބިދޭސާންނަން ކޮން ޔަގީން ކަމެއް އޮންނާނީ. ބުރަމަސައްކަތުން ހޯދާ ލާރިގަނޑު އޭނަގެ އަނބިދަރިންނަށް ނުފޮނުވޭނަމަ ކަލޭތަ އެފައިސާ ދެނީ.؟؟ ލަދުކޮބާ؟ ދޫކުރަނެކަމެއް ނެތް އެކެހަަލަ ވަގުންނެއް. ހިފެހެއްޓުނުގޮތަކަށް ހިފަހައްޓާފަ ފޭރުނު އެތިވެސް ނަގަންޖޭހޭނެ.
ބޮލިރަވާތުއްތުބޭ
03 August 2024
ދިވެހި އަންހެނުން ފިރިހެނުންނާއި އަރާހަމަކުރަމުން އެބައާދޭ. ވަކިން ހާއްސަކޮށް މިބާވަތުގެ ކަންތައްތަކުގައި ވަރަށް ރަގަޅަށް ބާރަށް ކުރިއަށް އެބައާދޭ. އެއީވަކި ކުޅުދުއްފުށްޓަކު އެކަންޏެއްނޫން. މުޅި ރާއްޖޭގައި ބޯކޮށް މާލެއާއި ހުޅުމާލޭ މިޒާތުގެމީހު ހަރުކޮނެގެން އެބައުޅޭ.
ޖޮލީ
03 August 2024
ކުޅުދުއްފުށީ އަންހެނުންނަކީ ވަރަށް ފާޑެއްގެ ބައެއް.
ބޭބެެ
03 August 2024
ޓިކުޓޮކު ގަޓު ހުރި އަންހެން ވެރިން ފަރާތުން ދަސްކޮށްގެން ކަމަށް ބެލެވެނީ
މާލި ޕެރޭޑް
02 August 2024
ކުޅިދޫފުށި އަންހެނުންނަށް ހުަތުރު
ފޭރޭ
03 August 2024
ދެން އަންނަ އީދެއްގައި މާލި ޕެރޭޑްގައި ކުޅުދުއްފުށި ފޭރޭ އަންހެނެއް ދައްކާލަން ވާނެ ދޯ.
ގައި
02 August 2024
އަދިކިރިޔާ އަންހެނުންނާއި ފިރިހެނުން ތިޔަ އެއްވަރުވާން ފެށީ!