04 އޯގަސްޓް 2024 - 08:33
ރާއްޖޭގައި ކަރަންޓު ބިލްގެ ޓެރިފް ރޭޓްތައް މިހާރު ކަނޑައަޅާފައިވާ ގޮތުން ރައްޔިތުންނާއި ސަރުކާރުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ކަރަންޓު ބިލަކަށް ލުޔެއް ނުލިބޭނެ އެވެ. މިހާރު ހުރި ޓެރިފް ރޭޓުން ޑޮމެސްޓިކް ހައުސް ހޯލްޑް ރޭޓަށް ފެތެނީ މަހަކު 600 ޔުނިޓު ބޭނުންކުރާ ގޭބިސީތަކަށް އެކަންޏެވެ. އެ އަށް ވުރެ ގިނައިން ބޭނުންކުރާ ކޮންމެ ޔުނިޓަކީ ކޮމާޝަލް ނުވަތަ އިންޑަސްޓްރިއަލް ކެޓެގަރީ އަށް ފެތޭ ޔުނިޓެކެވެ. ހަ ސަތޭކަ ޔުނިޓަށް ވުރެ އިތުރުވާ ކޮންމެ ޔުނިޓަކަށް 4.25 (ހަތަރު ރުފިޔާ ފަންސަވީސް ލާރީގެ) ރޭޓުން ޗާޖު ކުރެވެ އެވެ.
ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ފެންވަރަށް ބަދަލު އަންނަމުން ދާ ސްޕީޑުގައި ހިދުމަތް ދޭ ފަރާތްތަކާއި ރެގިއުލޭޓަރީ އޮތޯރިޓީތަކުން ވިސްނާލާ ނަމަ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބުނީސް ކަން ކަށަވަރެވެ.
ޑޮމެސްޓިކް ކެޓަގަރީގައި 600 ޔުނިޓް ބޭނުން ކުރަން މަޖުބޫރު ވެގެން ތިބެންވީ ހެއްޔެވެ؟ ތިން ކޮޓަރީގެ ގެއެއް ނަމަ އެ ގޭގައި އާންމުކޮށް ބޭނުންކުރާ ތަކެއްޗާ އެކީ 18،000 ބީޓީޔޫގެ އެންމެ އެއާކޮންޑިޝަނެއް ބޭނުންކޮށްފި ނަމަވެސް މަހެއްގެ މައްޗަށް 600 ޔުނިޓަށް ވުރެ އިތުރު ނުވާނެ ގޮތެއް ނޯވެ އެވެ. އެންމެ އާދައިގެ ގެއެއްގައި ވެސް ދޮންނަ މެޝިން، އައިސް އަލަމާރި، އިސްތިރި، ކަރަންޓުން ފެން ކައްކާ ކުރާ، ބަދިގެ ހޫޑް ފަދަ 1،000 ވޮޓަށް ވުރެ މަތިން ކަރަންޓު ބޭނުންވާ ތަކެތި ބޭނުން ނުކުރާ ގެއެއް މަދުވާނެ އެވެ، މިއީ އެ ގެއެއްގައި ބޭނުންކުރާ ބޮކި އަދި ފަންކާ ފަދަ ތަކެތީގެ އިތުރުން ކަރަންޓާ ނުލައި ބޭނުން ނުހިފޭނެ ތަކެއްޗެވެ.
ވުމާ އެކު، ޑޮމެސްޓިކް އިލެކްޓްރިސިޓީ ޓެރިފް ނަގާ ބޭންޑުތަކަށް ބަދަލު ގެނެސްގެން ނޫނީ ރައްޔިތުންނަށް ކަރަންޓު ބިލުން ލުއިވާނެ އެއްގޮތެއް ވެސް ނުވިސްނެ އެވެ. އާންމު ރައްޔިތުންގެ ކަރަންޓު ބިލަށް ލުއި ލިބޭނެ ގޮތް ހިސާބުން ހަދަން އެނގިވަޑައިގަންނަވާނެ ބޭފުޅުން ސްޓެލްކޯ އާއި ހަކަތައާ ބެހޭ ވުޒާރާ އާއި އެ ވުޒާރާގެ ދަށުން ހިންގާ އެހެން އިދާރާތަކުގައި ތިއްބަވާނެކަން ވެސް ޔަގީނެވެ. މިފަދަ ހިސާބުތަކަކީ ސްޓެލްކޯ އަށް ގެއްލުން ނުވާ ގޮތަށް ވެސް ހަމަޖެއްސޭނެ ހިސާބުތަކެވެ.
ހަކަތަ އުފައްދާ ކުންފުންޏަށް ގެއްލުން ނުވާ ގޮތަށް އަދި ރައްޔިތުންގެ ޖީބަށް ކަރަންޓު ބިލުން ލުއި ލިބޭނެ ގޮތްތައް މިތަނުގައި ހާމަކޮށްލަން ބޭނުމެވެ.
• ޑޮމެސްޓިކް ކެޓެގަރީގައި ހިމެނޭ ގޭބިސީތަކުގެ އިލެކްޓްރިކް ޓެރިފް ރޭޓާއި ބޭންޑުތަކަށް ބަދަލު ގެނައުން:
އާންމު ގޭބިސީތަކުގެ ކަރަންޓް ބިލަށް ލުއިވާނެ އެއްގޮތަކީ މިހާރު ހުރި ޑޮމެސްޓިކް ރޭޓްތަކުގެ ބޭންޑްރޭންޖް 0 ޔުނިޓުން ފެށިގެން 1،200 ޔުނިޓާ ހަމައަަށް މަތިކުރުމެވެ. އަދި ޕްރައިސް ރޭންޖް ކެޓެގަރީތަކުގެ ކޮންމެ ބޭންޑެއް މިހާރު ހުރި 100 ޔުނިޓަށް ހުރި ބޭންޑް 200 ޔުނިޓުން ތަފާތު ކުރަމުން ގެންދިއުމެވެ. މި ގޮތަށް ބޭންޑުތައް ބަދަލުކުރާއިރު، އެ ބޭންޑުތަކަށް މިހާރު ކަޑައަޅާފައިވާ އަގުތަކަށް ބަދަލު ގެންނާކަށް ނުޖެހެ އެވެ.
• ސިނާއީ ކެޓެގަރީގައި ހިމެނޭ ތަންތަނުގެ ޓެރިފް ރޭޓާއި ބޭންޑުތަކަށް ބަދަލު ގެނައުން:
ކޮމާޝަލް ބޭންޑުތަކުގެ ޓެރިފް ފެށޭ ރޭޓަކީ 3.5 ރުފިޔާ ކަމުގައި ހަމަޖެއްސުމާ އެކު 500 ޔުނިޓުން ފެށިގެން 6.25 ރުފިޔާގެ ރޭޓަށް ބަދަލު ގެނައުން ފަދަ ކަންކަމުން އާންމު ރައްޔިތުން އުފުލަން ޖެހުނު ތަކްލީފުން ބައެއް ސިނާއީ މަސައްކަތުގެ ތެރެއިން ހިއްސާ ކުރުމުން ރައްޔިތުންނަށް ކަރަންޓުބިލްގެ ތަކުލީފް ކުޑަވެގެން ދާނެ އެވެ. އަދި ސިނާއީ މަސައްކަތުގެ ވެރިފަރާތަށް ވެސް ގޭބިސީތަކަށް ލިބިގެންދާ ލުއިގެ ތެރެއިން އާދައިގެ ރައްޔިތެކޭ އެއްފަދައިން ލުއި ލިބިގެން ދާނެ އެވެ.
ހަމަ ހަގީގަތުގައި ވެސް ހެޔޮ އެދިގެން އާންމު ރައްޔިތުންގެ ޖީބަށް ލުއިވާ ގޮތް ހަދަން ބޭނުންވާ ނަމަ މި ފަދަ ގޮތަށް ޢަމަލުކޮށްގެން ނޫނީ މިކަމަށް އެކަށީގެންވާ ހައްލެއް ނާންނާނެ އެވެ.
މުހައްމަދު ޔޫސުފް ހުސައިނަކީ އިމާރާތް ފަރުމާ ކުރުމާއި އިމާރާތް ކުރުމުގެ ދާއިރާ އިން އަދި ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހޯއްދަވައިފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގައި އިމާރާތްކުރުމާ ބެހޭ ބައިގެ އިސްބޭފުޅެއްގެ ގޮތުގައި 15 އަހަރު މަސައްކަތް ކުރެއްވި އެވެ. އޭގެ ތެރެއިން ހަތް އަހަރު ހޭދަކުރެއްވީ އެ މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށެވެ.
މީގެ ކުރިން މިއަދު ނޫހުގައި ގެދޮރުވެހި ކަމާއި އިޖުތިމާއީ މައްސަލަތަކާ ގުޅުން ހުރި ކަންކަމުގައި ބައެއް ލިޔުންތައް ލިޔުއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
05 August 2024
މީ ވަރަށް ރަގަޅު ލިއުމެއް، މިހާރު ދިމާވާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ މިލިއުމުގައި ފާހަގަކޮއްފައި އެބަހުރި، އެއީ ރައްޔިތުން ކުރިއަރާގެން ދިޔައިރު މިފަދަ ޚިދްމަތްތަށް މާފަހަތުގައި ހުރުން ، ރައްޔިތުންނާއި އެއްވަރަށް ކުރިނޭރުން ، މީގެ 40 ހަކަށް އހަރު ކުރިން އޭރު މަހަށް ދިޔަ ކުދި ދޯނިފަހަރުތަކަށް ހެދިތަނެއް ކޫއްޑޫއަކީ، މިޒަމާނުގެ ބޮޑެތި ބިޔަދޯނިފަހަރު އުފެދިގެން އައި އިރު އަދިވެސް ކޫއްޑޫ އޮތީ 40 އަހަރު ކުރީގައި ، މަސްނުކުރިގެން ދިމާވާ ކަމަކީ އެއީ
ހާސަރު
04 August 2024
މީގެ ހަމަސްކުރިންވެސް ހުރީހަމަ މި ބޭންޑްވިތް ދެން މިހާރު މިވެގެން އުޅޭގޮތެކޭ ނޭގިގެން މިއުޅެނީ!؟ ޢޭރުވެސް އޭސީވެސް ބޭނުންކުރޭ. ކޮންމެސް ގޯހެއް އެބައުޅޭ.
ދެންބުނޭ މަށަކީ ސްޓެލްކޯ ބޮޓެކޭ
05 August 2024
ހާސަރަކަށް ނުވިސްނުނު 30 ޑިގްރީގެ ތަނެއް 25 ޑިގްރީއަށް ތިރިކުރުމާއި، 40 ޑިގްރީގެ ތަނެއް 25 އަށް ތިރިކުރުމުގައި އޭސީގެ ލޯޑަށް އަންނާނެ ބަދަލެއް. އޭސީ ރިމޯޓުގައި އެއް އަދަދެއް ހުއްޓަސް، ފިނިކުރަން ކުރަންޖެހޭ މަސައްކަތް ހާސްގުނަ ތަފާތުވާނެ އާންމު ފިނިހޫނުމިން ހުންނަ ވަރުން
މާލެ ފިނިކުރުން
04 August 2024
މާލޭގެ ހުރިހާ މަގެއްގައި ގަސް އިންދައި، މާލޭގެ ފިނިހޫނު މިން ދައްވާނެ ގޮތްތައް ހެދުމުންވެސް ކަރަންޓަށް ހިނގާ ޚަރަދުގެ ބޮޑުބަޔެއް ސަލާމަތް ކުރެވޭނެ. އަދި ބިލްޑިންގ ކޯޑަށް ގެނެވޭ އިސްލާހު ތަކެއްގެ ތެރެއިން، އުސް އިމާރާތްތައް ބިނާކުރުމުގައި، އިމާރާތުގައި ވައި ދައުރުކުރާ ގޮތްތައް ހެދުމުން، އެއަރކޮން ފަދަ، ކަރަންޓް ގިނައިން ބޭނުންކުރާ ސާމާނު ޖައްސާލެއް މަދުވާނެ ކަމަށް ފެނޭ.
ކައުންސެލަރު..
04 August 2024
މީގައި ވިސްނާލަން ޖެހޭކަމަކީ އަދި ރައްޔިތުންގެ ޝަކުވާ އަކީ ޖެހިޖެހިގެން އަނއި ދެމަހެއްގައި ބިލުގެ ތަފާތު ބޮޑުވުން. އާދޭސްކޮށްފަ މިބުނީ........ ކޮންމެމަހެއްގެވެސް ރީޑިން ނަގާދުވަހު ތިޔަބޭފުޅާވެސް ރީޑިން ނޯޓް ކޮށްލައްވާ އަދި ކުރީމަހުގެ ރީޑިން އިން މިމަހުގެ ރީޑިން ކަނޑާލީމާ އަންނާނެ ހިނގި ޔުނިޓުގެ އަދަދު. ދެން ކަނޑައަޅާފައި ހުރި ބޭންޑްތަކަށް ޔުނިޓްތައް ބަހާލީމާ އަންނަ އަދަދު ދިމާ ވާނެ. ޔަގީން!! ނުވެއްޖިއްޔާ ބިލުހިފައިގެން ސީދާ ކޯޓަށްދޭ. ގޯހެއްނުވާނެ
ހހޖޖ
04 August 2024
ރީޑިން ނަގާ ދުވަހެއް ނެގި އިރެއް އެގިގެނެއްނު ތިހެން ހެދޭނީ. މި ފްލެޓް ފްލެޓްގަ ނޭގޭ ރީޑިން ނަގާ އިރެއް
މެލޭސިޔާ ހުސޭނު
04 August 2024
މިއަހަރެން މިކިޔާ ވާހަކައަކީ. ބޭންޑް ތަކާ ރޭޓްތައް ބަދަލުވާންޖެހެއޭ. އެއާނުލާ ނޫލެވޭ އެއްޗެއް އޭސީ އަކީ. އަސްލު 500 ޔުނިޓުން މަތިވީމަ މިހާރު ބިލްކުރެވެނީ ގޭބިސީ ރޭޓަކުންނޫން. މިހާރުގެ ދިރިއުޅުން ހުންނަގޮތުން 500 ޔުނިޓަށް ވުރެ މައްޗަށް ނާރާ އުޅެވޭނެ ގޮތެއްނެތް. ބޭންޑް ތަކާ ރޭޓްތައް ބަދަލު ކުރޭ.
ކޮންމެގަޑި
04 August 2024
ކޮންމެ ގަޑިއިރަކު 1000 ވޮޓު ބޭނުން ކުރެވޭވަރަށް އޭސީ އަދި ފަންކާ އަދި ބޮކި ދިއްލިފައި ހުންނަނަމަ ރެއަކާއި ދުވާލަކަށް 24 ޔުނިޓު އަރާނެ . އެއީ 720 ޔުނިޓު މަހަކަށް. ކަރަންޓު ސާމާނުގެ ފަހަތުގައި ލިޔެފައި ހުންނާނެ ކިތައް ވޮޓުގެ އެއްޗެއްކަން އެއީ. ކޮންމެ މީހަކަށް އަމިއްލަޔަށް ވެސް މި އޮޑިޓު ހެދޭނެ.
ދަސްކުރަން
04 August 2024
1000 ވޮޓު އެއްގަޑިއިރަށް ބޭނުން ކުރުން އެއީ 1 ޔުނިޓު. ސްޓެލްކޯއިން މިއަށް ބަދަލު ގެނައީތޯ؟
ހާސަރު
04 August 2024
މިއީ ޖަވާބުލިބެންޖެހޭ ސުވާލެއް. އަދި ގޭގައިހުންނަ މީޓަރުން ޔުނިޓްމިނާގޮތް ހަރުކުރުމަށްފަހު ބޭނުންއިރަކު ސްޓެލްކޯއަށް އެޖެސްޓްކުރެވޭތޯ ވެސް ބަލަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
04 August 2024
އައްޑޫސިޓީގައި ހުރި ޖަނެރޭޓަތ މަރާމާތު ނުކުރެވި އަދި ބާކިހުރި ބައެއް އިންޖީނުތަކުގެ ފިލްޓަރ ވެސް ބަދަލުކޮށްލާނެވަރު FENAKA ކުންފުނީގައި ނެތިގެން ރޭގަނޑު ގިނަވަގުތު އައްޑޫ ރައްޔިތުންތިބެނީ ކަނު އަނދިރީގައި. # މާލޭމީހުން މިހާރު މަޖުބޫރުކުރަމުންދާގޮތަށް "ގެއްލުމުގައި" ސްޓެލްކޯ ހިންގާންވެއްޖެނަމަ އަދި އިތުރަށް ދައުލަތުން ސަބްސިޑައިޒް ކުރާންޖެހިއްޖެނަމަ ކ.މާލެ ސަރަޙައްދުގެ ކަރަންޓް ހިދުމަތްވެސް މިހާލަތަށް ވެއްޓިދާނެކަމުގެ ބިރު އެބައޮތްކަން އިގެންޖެހޭ.
އަދުރު މެޓިކްސް.
04 August 2024
އަނެއްކާ އަނެއްމޮޅު ހިސާބު އެޖެހީ. އައްޑޫ ކަރަންޓް ކެޑެނީ ފިލްޓަރެއް ނުލިބިގެނެއްނޫން. ރައްޔިތުން ކަރަންޓް ބޭނުންކުރާވަރަށް ކަރަންޓް އުފައްދާ ނުދެވިގެން. އަފީފު ދައްކާ ހުރިހާ ވާޜަކަ ރަނގަޅެއް ނުވެދާނެ.
އޮނަރަބްލް އަފީފު ދީދީ
04 August 2024
އެކަށީގެންވާ "ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ފޯރުވަމުންގެންދާ" ސްޓެލްކޯގެ އިދާރީހިންގުމުގެ ޙަރަދަށް މިހާރުވެސް މަހެއްގެމައްޗަށް އެތައްމިލިޔަން ރުފިޔާ ޙަރަދުވާނެ. # ކ.އަތޮޅު މާލެސަރަޙައްދުން އިބްރާހިމް އެރަށުމީހުނަށް ބަހާލި ބިންތަކުގައި ފިހާރަތަކާއި ގުދަންތައްހެދުމުން އަދި މިހާރުވެސް ހުޅުމާލޭގައި އިމާރާތްކޮށް ދިރިއުޅެން ތައްޔާރުވެފައިވާ ފުލެޓްތަކަށް މީހުން ވަނުމުން މި ޙަރަދު 2 ގުނަވެ ކުންފުނިން އިންވެސްޓްކުރާންޖެހެ ފައިސާ އެތައްގުނައަކަށް އަރާނެ.
އޮނަރަބްލް އަފީފު ދީދީ
04 August 2024
ތެދެއް ސްޓެލްކޯގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ފައިސާ ނުވަތަ ޖެނަރޭޓަރ ފަދަތަކެތިހޯދަނީ ދައުލަތުގެ ސޮވަރިންގ ގެރަންޓީ އެކުންފުންޏަށްދީގެން ދައުލަތް މެދުވެރިވެގެން. އެހެންނަމަވެސް އެފައިސާ އަކީ ސީދާ ސްޓެލްކޯގެ އާމްދަނީގެ ތެރެއިން ދައްކާންޖެހޭ އެއްޗެއް. # ކ.އަތޮޅު މާލެ ސަރަޙައްދަށް ކުރާންޖެހޭނެ އިންވެސްޓްމަންޓްތަކަށް ބަލާއިރު މިހާރު ކަރަންޓްގެހިދުމަތަށް ނަގާއަގު ތިރިކޮށްފިނަމަ ދެންޖެހޭނީ ދަރަނުވެފައިވާ ދައުލަތުގްޙަޒާނާއިން ކުންފުންޏަށް ހޭދަކުރަން.