ޓޫރިސްޓުންތަކެއް މާލޭގެ މަގުމަތީގައި. ޓޫރިސްޓުންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރާފައި. -- ފޮޓޯ | މިހާރު
05 އޯގަސްޓް 2024 - 12:08
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ.
މި މަހުގެ ފުރަތަމަ ތިން ދުވަހު ރާއްޖެއަށް 19،000 ޓޫރިސްޓުން އަ އެވެ. އެއީ 21 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން އަ އެވެ. އެހެންވެ، މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 10 ޕަސެންޓަށް އިތުރުވެފަ އެވެ.
ޓޫރިސްޓުން އެންމެ ގިނައިން ރާއްޖެ އަންނަނީ ޗައިނާ އިންނެވެ. އެ ގައުމުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ 164،000 އެވެ.
ދެ ވަނައަށް ރަޝިއާ އިން އައިއިރު، އެއީ 128،000 ޓޫރިސްޓުންނެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން ވަނީ 106،000 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy