08 އޯގަސްޓް 2024 - 13:28
ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް އާސަންދައިން މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 823 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ކުންފުނިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރު އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާސަންދަ ސްކީމުގެ ދަށުން 823 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ހަރަދު ވެފައި ވަނީ 738 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ 11.5 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، މި އަހަރުގެ ދެ ވަނަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދި މީހުންގެ އަދަދު ވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރެވެ.
އާސަންދަ މެދުވެރިިކޮށް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހިދުމަތް ހޯދީ 260،725 މީހުންނެވެ. އެކަމަކު، މި އަހަރުގެ އޭޕްރީލް އިން މޭ މަހުގެ ނިޔަލަށް 265،059 މީހުން އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ހިދުމަތް ހޯދި އެވެ.
މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 1،232 ފަހަރަށް ބަލި މީހުން އިމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށާއި 2،807 ބަލި މީހުން އެ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
09 August 2024
ތިޔަ އާސަންދައަކީ އިންޑިޕެންޑެންޓް އޮޑިޓިންފާމްއަކުން ރެގިއުލަރކޮށް އޮޑިޓްކުރެވޭ އެއްޗަކަށްވީދުވަހަކުން ތިޚަރަދު 50% އަށް ކުޑަވާނެ އެއީ ގެރެންޓީކަމެއް. މިހާރު އާސަންދައިގެ ފުރިހަމަ މައުލޫމާތަކީ ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުން ބެލޭއެއްޗެއްނޫން. އެއީ ކޮރަޕްސަން އިންތިހާއަށްބޮޑުވާ ސަބަބަކީ.
ހަލީމަތު
09 August 2024
ދައުލަތުގެ ފައިސާއިން ވައްކަންނުކުރާ ސަރުކާރެއް އައިދުވަހަކުން އާސަންދަ ދޭކަށް ދައްޗެއްނުވާނެ. މިހާރު މިވާގޮތަކީ ދަމައިގަނެވެންއޮންނަ ކޮންމެ ދިމާލަކުން ދަމައިގަންނަނީ.
އަލީރާޖާ
09 August 2024
މިއީ ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ކޮރަޕްޝަން
ށަވިޔަނިނޫނު
08 August 2024
ނަންވާނީ ކުރީ ސަރުކާރު ކުރީސަރުކާރު އާސަންދަލިބޭ މިސަރުކާރު ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނައް ޓްރީޓްމަންޓް ނަގާ ހޮސްޕިޓަލްވެސް ބަދަލުކުރަން އަންގާކަމައް ވަނީ ކިހިނެއްމިވަނީ
ބަހުރަންޖީބީ
08 August 2024
މާތް ކަލާނގެޔާ ވަކީލު! ދިވެހީންނަކީ ހައުދަހައިވާ ބަލިކަށި، ބަލިގިނަ ބަޔަކޭދޯ! އަދި ފެނޭ ކަމެއް އިތުރުކޮށްލަން އާސަންދަ ލިބޭ. ވިލާތުގެ ހޮސްޕިޓާތަކާ އެމެރިކާއަށްވެސް ދެވޭގޮތަށް ހަދަންވީ ތިޔައިން! ދަރާ ވިކިއްޖޭ ޤައުމު!
ކޮރަލް
08 August 2024
އަދިވެސް ސުޕާރީ އާ ދުނފަތް މަނާނުވެ ، ކޮންޓްރޯލް ނުވެ އެވެ. ވޭޕް ގެ ސަބަބުން ޖެހޭ ބަލި ގިނަ އެވެ. ދުވާލު ދެއިރަށް ބާގާ، ސަބްމެރީން ، ޕިއްޒާ އެވެ. މަހަކު ހަކުރު ބަސްތާ އެއް އެބަ ހުސް ކުރެ އެވެ. އާއްމު ތަންތަނުގަ ސިނގިރޭޓް ބުއިން ހައްދުން ނައްޓާފަ އެވެ. އާސަންދައިގެ ހަރަދު ކުޑަ ކުރެވޭނީ ބޮޑެތި ބަލި ތައް ޖެހޭ ސަބަބުތައް ދެނެގަނެ ގެންނެވެ. ދުންފަތުގެ އިސްތިއުމާލް ކުރާ މަޖްލިސް އެތައް ބަޔަކު ވެސް ހިތުގެ ބައްޔަށް ފަރުވާ ހޯދައިފި އެވެ.
ބެލް
09 August 2024
އަހަރެން ޕިއްޒާ ކަނީ ހިތް ފުރާލަން، ބަނޑު ފުރާކަށް ނޫން. ހިތް ހަމަ ޖައްސާލާނެ ގޮތެއް ކިޔާދީބަލަ.
ވިސްޑަމް
08 August 2024
އެނގިގެން ދަނީ ދިވެހީންގެ ގިނަ ބަޔަކު ބަލިމަޑުކަމުގައި އުޅެމުންދާކަން. އާސަންދަޔަށްވުރެ ބޮޑަށް ދުޅަހެޔޮ ސިއްހަތުގެ މުހިއްމުކަން ބަޔާންކޮށްދީ ބޮޑެތި ބަލަިތަކުން ރައްކާތެރިވާނޭ މަގު ދެއްކުން މުހިއްމު. ހާދަހާދެރައޭ. އަޅަމެން ހެޔޮސިއްހަތުގައި ލަހައްޓަވާށިއެވެ. އާމީން.
ޖުއްބާ
08 August 2024
ތި އާސަންދަ ދިވެހިރޢްޖެ ސަންދޯކަން ލާތަން ބަލަންތިބޭ. ކޮރަޕްޝަނާ ފަސާދަ ހައްދުއް ނެއްޓިފަ.
ވާފިޤު
08 August 2024
މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކަންކަން މި ދަނީ ފަހި ކޮށްދެމުން
ޒަޔާނު
08 August 2024
ބަޔަކު ކިޔާއަޑުއެހިން އާސަންދަ މިހާރު ނުލިބެއޭ. އެވެސް މިވީ ތޯތޯ ވާހަކައަކަށްތާ ދޯ