ޚަބަރު / ފުލުހުން

ޖަލަށް ޑްރަގާއި ފޯނު ވައްދާ ނެޓްވޯކުގެ 13 އޮފިސަރެއްގެ މައްސަލަ ޕީޖީއަށް

މާފުށީ ޖަލަށް މަނާ ތަކެތި ވައްދާ ކަމަށް ތުހުމަތުވާ އޮފިސަރުންގެ ތެރެއިން ފުލުހުން މިއަދު ވަނަވަރު އާއްމުކުރި މީހުން. -- ފޮޓޯ | ޕޮލިސް

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމަށް ތުހުމަތުވި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން 13 މީހެއްގެ މަައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި އޮފިސަރުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 28ގަ އެވެ. ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ބެލިއިރު، މި އޮފިސަރުންގެ މައްޗަށް ތުހުމަތުވާ ހެކިތައް ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނަށް ފަހު ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކުށް ކުރުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި އެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާކޮށްދޭން ޕީޖީ އޮފީހަށް ފޮނުވައި ފުލުހުން ވަނީ އެ އޮފިސަރުންގެ ވަނަވަރު ވެސް އާއްމުކޮށްފަ އެވެ.

ދައުވާކުރަން ފޮނުވި 13 އޮފިސަރުން

- މާޒިން ހަމީދު، 22 (ހަވޭލި، ފ. ނިލަންދޫ)

- ޖިނާހް އަބްދުއްރަހީމް، 29 (އައިވަރީ ހައުސް، ރ. އުނގޫފާރު)

- މުހައްމަދު ފަތޫހް ފަތުހުﷲ، 24 (ކުއްޅަވަށްގެ، ގއ. ވިލިނގިލި)

- އަލީ ހިޝާމް، 33 (ބީޗްހައުސް، ކ. މާފުށި)

- މުހައްމަދު ނަބްހާން، 30 (ގ. އިވްނިންސްޓާ)

- މުހައްމަދު ނަބީލް އިބްރާހީމް، 21 (މ. މޭދާ)

- އަލީ ނާޒިމް، 36 (ތަރާނާ، ހދ. ނޭކުރެންދޫ)

- ޒަޔާން އަހުމަދު، 23 (މާވިނަ، ކ. މާފުށި)

- ޔާމީން ހުސެއިން 23 (ހިޖާޒް، ރ. މީދޫ)

- އަހުމަދު ޝަމާލް، 24 (ފަހާގެ، ށ. ފޯކައިދޫ)

- މުހައްމަދު ރިމާޒް، 29 (ދަނބުމާގެ، ށ. ފޯކައިދޫ)

- އަލީ އަޝްފާގު، 32 (ކާމިނީގެ، ނ. ލަންދޫ)

- އަހުމަދު އަނޫފް، 27 (ކާމިނީގެ، ނ. ލަންދޫ)

މާފުށީ ޖަލަށް ތަކެތި ވައްދާ ކަމުގެ ތުހުމަތުގައި އޮފިސަރުންތަކެއް ހައްޔަރުކޮށް، ދައުވާ ކުުރަން ފޮނުވި އިރު ބޮޑެތި ސްކޭމްތައްކޮށް ފައިސާ ފޭރިގަންނަ މައްސަލަތަކުގައި ވެސް މާފުށީ ޖަލުގެ ގައިދީންނާ އެކު ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންގެ ބައިވެރިވުން އޮތް ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

23 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 13%
icon inlove icon inlove 39%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީރުބޮލް

11 August 2024

މީގަ މިތިބީ އަދި ހަމަ ޅަ ޒުވާނުން ގިނައިން. ބަލަން އެބަޖެހޭ މި މީހުން މި ވަޒީފާއަށް މި ދަނީ ގޭންގުތަކުގަ ހަރާކާތްރެތި ވެފަތޯ ވެސް.

The name is already taken The name is available. Register?

ވޯލް

11 August 2024

ގައުމުގައި ކޮރަޕްޝަނާ ވައްކަމާ ޓެކުން އޮތް މިންވަރު. މުޖުތަމައުމަށް ކުށްވެރިން ރިހެބްކޮށް ނެރެން އޮތް ޖަލުތަކުގައި އެ މަސައްކަތް ކުރަންތިބި ޒުވާނުންގެ ހާލަތު. ދެން މި ގައުމުގައި ކުށްމަދުކުރަން ކުރަން އޮތް މަސައްކަތް އަންދާޒީކޮށްލާ.

The name is already taken The name is available. Register?

ޢާޢީޝް

11 August 2024

ޕީޖީއިން ނިންމާނީ ދަޢުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުމެއް ހަދަން

The name is already taken The name is available. Register?

ހެޔޮޕީ

11 August 2024

ދުވާފަރު މީހުނާއެކީ އެއްބަސްވުން ހަދާފަ ދޫކޮއްލިއްޔާ ހަމަހަމަ އުސޫލަށް ވާނީ މި މީހުންނަށްވެސް އެ ފުރުސަތު ދިނުން. މީ ވަރަށް ހެޔޮ ޕީޖީއެއް ހުންނަ ގައުމެއް. ހެޔޮކަމުން މި ސަރުކާރުން އެމީހާ ބަދަލުކުރަން ނުކެރިގެން އުޅެނީ

The name is already taken The name is available. Register?

ގެދާނޯމޮސް

10 August 2024

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ގިނަވޯޓް ލިބޭނޭ ގޮފިތަށް މިސަރުކާރުން ފަހިކޮށް ދެނީ އެވެ. ސަބަބަކީ މިއާއިލާތަކުން މިމީހުންގެ ކުށްގަބޫލުނުކޮށް ސިޔާސީވެރިންގެ ފައިބުޑުން ސަލާމަތަށް އެދި ދުވާނެތީވެއެވެ.

The name is already taken The name is available. Register?

ގތގތގތ

11 August 2024

ގޮފިތަށް،.. ށ ސުކުން?؟؟ މިވަރު ނޭނގެ؟

The name is already taken The name is available. Register?

ބުރަދަރ ފްރޮމް އަނަދަރ ފާދަރ

10 August 2024

ނ.ލަންދޫ އެއް ގެއެއްގައި އުޅޭ ތަފާތު ދެ އާއިލާއަކަށް ނިސްބަތްވާ ދެ މީހުންތަ އެއީ. މިހެން އަހާލަންޖެހުނީ ފަހު ނަން އެއްގޮތް ނޫންވީމަ އިނގޭ

The name is already taken The name is available. Register?

1181

10 August 2024

ސިފައިންނާއި ފުލުހުންގެ މަސައްކަތަށްވުރެވެސް އެތައް ގުނައެއް ރިސްކު ބޮޮޑު މަސައްްކަތެއް ކުރާބައެއް ކަރެކްޝަންގެ ޖަލު އޮފިސަރުންނަކީ. ސިފައިންނާ ފުލުުހުންނަށް ހިލޭ ބޭސްފަރުވާއާއެކު މުސާރަބޮޑުކޮށްދިން އިރު ކަރެކްޝަން އޮފިސަރުން މަތިން ހަނދާން ނައްތާލުމަކީ ހެދި ވަރަށް ބޮޑު ގޯހެއް. ކަރެކްޝަނުގައިމަސައްކަތް ކުރާ މުވައްޒަފުން ފަސޭހައިންވިކުމަށް މަގުފަހިކުރުވާ އެންމެ ބޮޑު ސަބަބަކީ އަދާކުުރަންޖެހޭ ވަޒީފާގެ ރިސްކާ އަޅާބަލާއިރު ލިބޭ މުސާރަ ވަރަށް ކުޑަވުން.

The name is already taken The name is available. Register?

އެދުރާ

10 August 2024

މުސާރަ ކުޑަބައެއް ނޫން އެއީ.. ދެން ބޭސްފަރުވާއެއީ އެހެންކަމެއް.،.

The name is already taken The name is available. Register?

އަފްރާސިޔާބު

10 August 2024

މިހެންވީމާ ގައުމުގެ މުސްތަގުބަލުގައި އޮތީ ބާހެދިފައިވާ ކަން މިފެނުނީ. ގައުމުގެ ކުރިމަގު ގުންޑާއިންނާއި ގާނޫނު އެއީ އެއްވެސް އެއްޗެއް ކަމަށް ނުދެކޭ މީހުން މިގައުމުގައި ގިނަވަމުންދާކަން ތި މީހުންގެ އުމުރަށް ބެލުމުން އެބައެނގޭ.

The name is already taken The name is available. Register?

ބަހަނާ

10 August 2024

މުސާރަ ކުޑަވެފަ އިނާޔްތް ނުލިބޭތީ ދެން ކޮންމެ ކުށެއްވެސް ކުރަންވީ. ގައިމު މިގައުމުގަ ހިންގި އެންމެ ބޮޑު ވައްކަމުގަ އުޅުނީ މުސާރަ ކުޑަ ބައެއް ނޫން.

The name is already taken The name is available. Register?

1828

11 August 2024

ރިސްކް ހަމަވަރަށް ބޮޑު. އެކަމާއި ދެބަަސްވާނެ މީހަކު ނުހުންނާނެ ކަންނޭނގެ. މުސާރައަށް ރުހި ޤަބޫލުވެގެން ވަޒީފާއަށް ވަދެ ހުވާކޮށްފައި، ހަރާމް ގޮތުގައި ޖަލަށް ވައްދުން މަނާތަކެތި ވައްދައިގެން އިތުރު ފައިސާ ހޯދުން އެއްވެސް ވަރަކަށް ބަލައެއް ނުގަނެވޭ. މުސާރަ ކުޑަކަމަަށްވަނީ ޖަލު ވަޒީފާއިން ކެނޑިގެން ފުލުހުން ނުވަތަ ސިފައިންގެއަށް ވަދެވޭތޯ ގަދަ އަޅާ މަސައްކަތް ކުރަންވީ. ހަރާމް ގޮތުގައި ފައިސާ ހޯދައިގެން މުއްސަނދި ވާންވީކީއްނޫން.

The name is already taken The name is available. Register?

ޖައިޝަންކަރު

11 August 2024

ރަނގަޅު ވާހަކައެއް. އިހައްދުވަހު ކަރެކްޝަން އޮފިސަރުން ހޯދަން އިއުލާނިކުރި އިރުވެސް މުސާރައަކަށް ޖަހާފަައި ވަނީ އެންމެ 12 ހާސް ރުފިޔާ. އެއީ ކޮންޗެއް؟؟؟ ވާހަކަ ދައްކަންޖެހޭނީ ހަގީގަތަށް!!! ސަލާމަތީ އެހެން ޚިދުމަތްތަކާ އަޅާބަލާއިރު ކަރެކްޝަން މުވައްޒަފުންގެ މުސާރަ އަސްލުވެސް ވަރަށް ކުޑަ.

The name is already taken The name is available. Register?

އިއަރޝޮޓް

11 August 2024

މުސާރައާއި، ބޭސްފަރުވާ އެއީ އެހެންކަމެއް މުޅިން. އެހެންނޭ ކިޔާފަ ކުށްތަކަށް އަރައިގަންނަން ނުޖެހޭ. އެ ޔުނިފޯމު ލައިގެން އެތިބީ ބޮޑު ހުވައެއް ކޮއްގެން ބަޔަކަށް ހިތުމަތެއް ދޭން ތެދުވެރިވެ ތިބެ. ބޭނުން ގޮތަކަށް އުޅޭކަށެއް ނޫން ދޯ. އަމިއްލަ ނަފްސަށް ތެދުވެރިވާން ވާނެ އަބަދުވެސް.

The name is already taken The name is available. Register?

އެއްބަސް

10 August 2024

ދުވާފަރު ކައުންސިލް ކުދިންނާއެކީ ހެދިކަހަލަ އެއްބސްވުމެއް ހަދާފަ ދޫކޮއްލާނީކީ ނޫން..މިވަރު ކަންކަން ކުރެވޭބާ ވެރިންނަށް ނޭގި

The name is already taken The name is available. Register?

1828

11 August 2024

ހަމަ އޭރުވެސް ހުރި ޕީޖީ ޝަމީމް މިހާރުވެސް ހުރީ.

The name is already taken The name is available. Register?

އެމްސް

10 August 2024

ތިޔަކަންވެސް ދެން ތިސާބިތުނުވީއެވެ! މާސިންގާ ކަރަޕްޝަންތައް ސާބިތުނުވާ ބީދައިންނެވެ!

The name is already taken The name is available. Register?

ފާނޫޒް

10 August 2024

އަދުގެ ބައެއް ޒުވާނުންގެ ހާލަތު ހުރިގޮތް، އީޒީ ކޮން ރިޗްކޮން އުޅެލަން ބޭނުންވަނި ހަލާލެއް ހަރާމެއް ބެލުމެއް ނޯވެ

The name is already taken The name is available. Register?

ނިމުނީ

10 August 2024

ދެން އެއްބަސްވުމެއް ހަދާފައި މައްސަލަ ނިންމައިނުލާނެ ކަމަށް އުންމީދުކުރަން. ޝަރީޢަތްވެސް ބޮޑުނަގުލަށްގޮސް ނިމިގެން ނުދާނެ ކަމަށް ހީކުރަން. ޗެއިން އޮފް ކަސްޓަޑީ ނުބައިނުވެފައި ހެކި ހޯދިގޮތް ޤާނޫނާ ޚިލާފުވެފައި ނުވާނެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

1828

11 August 2024

ޕޮލިހުންނަށް ބައިއަޅައިފިއްޔަ މައްސަލަ ސާބިތެއްނުވާނެ. އޭރުން ހެކިހޯދާފައި އޮންނާނީ ޤާނޫނާ ޚިލާފަށް. ދެން ހުކުމްގައި އޮންނާނެ "ދެން ފަހެ، ޤާނޫނާއި ޚިލާފަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހެކި ހޯދާފައިވާކަން ޝަރިއަތަށް ސާބިތުވާތީވެ، މި މައްސަލަ ސާބިތު ނުވާކަމަށް ނިންމާ ހުކުމްކޮށްފީމެވެ." އެވަރުންވެސް ޤާނޫނާ ޚިލާފަށް ހެކި ހޯދަން އެންގި ފުލުހުންގެ ކަމިޝަން އޮފިސަރާއި، ޤާނޫނާއި ޚިލާފަށް ހެކި ހޯދި ފުލުހުންގެ މައްސަލަ ބެލުމެއް ނޯވޭ ފުލުހުންގެ ތެރޭގައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454