އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާނުކުރި ދެ މީހުން
11 އޯގަސްޓް 2024 - 21:31
ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މައްސަލައިގައި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން މިރޭ އާންމުކުރި ވީޑިއޯގައި އެކްސިޑެންޓެއްވުމުން މަޑުނުކޮށް، އެ ސަރަހައްދުން ދެ މީހަކު ދާތީ ފެނެ އެވެ. ފެންނަނީ ވެއްޓިފައި އޮތް ސައިކަލެއް ކައިރިން އެ ދެ މީހުން ހިނގާފައި ހައިވޭގައި ދަނިކޮށެވެ. ވަކި ހިސާބަކުން އެތަނުން އެކަކު ދުއްވައިވެސް ގަނެ އެވެ.
މިއީ ކޮން އިރަކު ހިނގި އެކްސިޑެންޓެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ވީޑިއޯ: އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
— Maldives Police (@PoliceMv) August 11, 2024
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.
އިތުރު ތަފްސީލް: https://t.co/Vqrq3oxfC7 pic.twitter.com/Vct1z1ZyLY
ފުލުހުން އާންމުކުރި ވީޑިއޯ
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގުކުރާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ބައެއް ކަމަށެވެ.
އެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެކަން ފުލުހުންނަށް އެންގުމަށް ވަނީ އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީސީކެމެރާ
12 August 2024
ދަންނަ ވަޔަކުލައްވާ ތި ކެމެރާތައް ހަރުކަންވެއްޖެނު. މުޅިގައުމުގަ ކެމެރާ ހަތަރު ލައްކަ މީހުންހަމަނުވާެ. އެކަމަކު ބޮޑު ކުށެއް ކޮއްފުއްޔާ ކެމެރާ ބޭނުންކޮށްކެން އެބަޔަކު އެގޭގޮތެއްނުވޭ. ބަލާލަބަ ތިހައިވޭގަ ލޯވަޅެއް އިންތޯ އެއީ ބިންފަޅާފަ އަޑިއަށް ގޮސް ގެއްލުނޫތޯބަލަން
ހާމަ333
11 August 2024
ތި ބަަހައްޓާ ކެމެރާއަކަށް މޫނު ސާފުވާވަރެެއް ހަމަ ނުވަނީތަ?
އެމްސް
11 August 2024
ހުރިހާ ޓްރެފިކްފުލުހުންނަކީ އޭސީގަ ސީސީޓީވީ . . . ތިބޭ ބަޔަކަށް ވެގެން ޓްރެފިކް ކަންކަމެއް ނުބެލެހެއްޓޭނެއެވެ! އެންމެ ފުރަތަމަ ކަމަކީ ހުރިހާ ޓްރެފިކް ފުލުހުންނީ ޓްްރެފިކް ޤަވާޢިދަށް ފަރިތަ/އެޤަވާޢިދުތަކަށް ޢަމަލުކުރާ ބަޔަކަށް ވުމެވެ! ތަޙުޤީގްޓީމްތައް މަދުކޮށްފަ ފާރަވެރިން، ފުލުހުން ތެރޭގަވެސް ގިނަވާންޖެހެއެވެ!