ލައިފްސްޓައިލް / ރިޕޯޓް

ޓެނިސް އެކަންޏެއް ނޫން، ނަބާ ދައްކައި ދިނީ ކިޔެވުމުން ވެސް ވިދާލެވޭނެކަން

ގައުމީ ޓެނިސް ޗެމްޕިއަން ނަބާ އޭނާގެ މަންމަ ޑރ. ނަޒްމާ ހަމީދު އާއި ބައްޕަ ޑރ. އަހްމަދު ނިޝާންއާއެކު: ނަބާ ވަނީ އޯލެވެލްގައި ހެދި ހަތް މާއްދާއިން އޭ ސްޓާ ހޯދާފައި.--

ނަބާ ނިޝާންއޭ ބުނުމުން އެ ދަރިވަރު ނޭނގޭ މީހަކު ކުޅިވަރުގެ ދާއިރާގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޓެނިހުގެ ތާރީހުގައި މުޅިން އާ ސޮފުހާއެއް ލިޔެ މުޅި ރާއްޖެ އަށް ނަބާގެ ނަން ވިދާލީ އުމުރުން އެންމެ 11 އަހަރުގަ އެވެ. މިހާރު އުމުރުން 14 އަހަރުގެ ނަބާގެ ނަން މި ފަހަރު ވިދާލީ ކުޅިވަރަކުން ނޫނެވެ. ކިޔެވުމުންނެވެ.

ނަބާ ވަނީ މި އަހަރުގެ އޯ ލެވެލް އިމްތިހާނުގައި އޭނާ ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން އެތައް ބަޔަކު ހިނިތުން ކުރުވައިފަ އެވެ. ގްރޭޑް 7 އިން ފެށިގެން އޮންލައިންކޮށް ކިޔަވައި، ސައިންސްޓްރީމް ނަގައި ހެދި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދުމަކީ ވަރަށް ބޮޑު ޝަރަފެކެވެ.

ނަބާ އަށް ރައްދުކޮށް ބައެއް މީހުން މަލާމާތުގެ ގޮތުން ބުނަމުން ދިޔައީ ސްކޫލަށް ދިއުން ހުއްޓާލައި "ޓެނިސް ކޯޓުގައި ދިރިއުޅުނީމާ" ކޮންމެ ކުއްޖަކަށް ވެސް ޗެމްޕިއަންކަން ލިބޭނެ ކަަމަށެވެ. އެކަމަކު ނަބާ ތަފާތެވެ. އެ މަލާމާތްތަކަށް ނަބާ ރައްދު ދިނީ އޯ ލެވެލްގެ ދުވަސްވަރު ކޯޓުގައި ގަދައަށް ކުޅެގެން ހޯދި ގައުމީ ޓެނިސް ޗެމްޕިއަންކަމާ އެކު އެވެ. އެއްވެސް ކަމަކަށް ފަރުވާ ކުޑަނުކުރުމުގެ ނަތީޖާއަކީ އައިޖީސީއެސްއީ އިން ވެސް އާދަޔާ ހިލާފު މޮޅު ނަތީޖާއެއް ހޯދުމެވެ.

"ވަރަށް ގިނަ މީހުން ނަބާ ކައިރީ ބުނޭ ކުޅިވަރަށް މޮޅުވަނީ އަބަދު ޓެނިސް ކޯޓުގައި އުޅޭތީއޭ. ވަރަށް ދެރަވޭ އެހެން ބުނާތީ. ކިޔަވާ އެއްވެސް ކަމެއް ނުކުރާތީއޭ ކުޅިވަރަށް މޮޅުވަނީ،" މެޑިކަލް ދެ ޑޮކްޓަރުން ކަމަށްވާ، ޑރ. އަހުމަދު ނިޝާން އާއި ޑރ. ނަޒްމާ ހަމީދުގެ ދަރިފުޅު ނަބާ ކިޔައިދިނެވެ.

"އެކަމަކު ކޮންމެ ދުވަހަކު ވެސް ކިޔަވަން، މަސައްކަތް ކޮށްގެން ލިބުނު ކާމިޔާބީއެއް މިއީ."

ނަބާ ކުޅުނު މެޗެއްގައި ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަބާ އޮންލައިންކޮށް ކިޔަވަނީ ހޯމް ސްކޫލިން ކޮލެޖެއް ކަމަށްވާ "ވޮލްޒީ ހޯލް އޮކްސްފޯޑް" އިން ކަމަށް ވާތީ ދިވެހި އިސްލާމްގައި މި ފަހަރު ބައިވެރިއެއް ނުވެ އެވެ. އެކަމަކު އޭނާ ހުރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ދިވެއްސާއި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރުން ހޯދައި އެ ދެ މާއްދާގެ އިމްތިހާނުގައި އަދި އިށީންނާނެ އެވެ. ރަނގަޅު ކާމިޔާބެއް ހޯދުން ނޫން އަޒުމެއް ނަބާގެ ނެތެވެ.

ބިލަބޮންގް ސްކޫލުގައި އުޅުނުއިރު ބައިވެރިވި ގުރުއާން މުބާރާތަކުން ވަނަ ލިބުމުން، ލިބުނު ޓްރޮފީ އެ ސްކޫލުގެ ޓީޗަރަކު ނަބާއަށް ހަވާލުކޮށްދެނީ.--

އޯލެވެލް ދުވަސްކޮޅު ގައުމީ ޓެނިސް މުބާރާތް: ކިޔެވުމާއި ކުޅިވަރު އެއްކޮށް

ޓެނިސް ކުޅެން ފެށުމުގެ ކުރިން ނަބާ ކިޔަވަމުން އައީ ސްކޫލަށް ގޮސްގެންނެވެ. އެންމެ ފުރަތަމަ ބިލަބޮންގް ސްކޫލްގަ އެވެ. އެ އަށް ފަހު މަޖީދިއްޔާ ސްކޫލެވެ. އޭރު ވެސް ކްލާހުގައި އެންމެ މޮޅު އެއް ދަރިވަރުގެ ގޮތުގައި ފާހަގަ ކުރެވުނު ނަބާ އަށް އައިޖީސީއެސްއީ އިން އެ ކާމިޔާބީ ހޯދުމުގައި އެންމެ އުނދަގޫވީ ކިޔެވުމަށާއި ކުޅިވަރަށް އެއްވަރަކަށް ވަގުތު ހުސްކުރަން ޖެހުމުންނެވެ.

އޯލެވެލް އިމްތިހާނު މޭ/ޖޫންގައި އޮތްއިރު، މި އަހަރުހެ ޖެނުއަރީ މަހުން ފެށިގެން މޭ މަހާ ހަމައަށް މުބާރާތުގައި ނަބާ ކުޅުނެވެ.

އެ ޓޯނަމެންޓުތައް ކުޅެމުން ކިޔަވަން އުނދަގޫވި. މެޗުތައް ވެސް ބައެއް ފަހަރަށް ނިމެނީ ވަރަށް ލަހުން. އެކަމަކު ގެއަށް އައިސް ކިޔަވަން ޖެހޭނެ މެޗަކުން ދަށްވެފައި އައިސް ވެސް، ދެރަވެފައި ހުއްޓަސް ހަމަ ކިޔަވަން ޖެހޭނީ. އެހެން ކިޔަވައިގެން މި ނަތީޖާ ލިބުނީ،"--- ނަބާ

ނަބާ އައިޖީސީއެސްއީ ޓެސްޓު ހެދުމަށް ވަންނަނީ.--

އައިޖީސީއެސްއީ އިން ރަނގަޅު ނަތީޖާއެއް ހޯދުމަށް ނަބާ ކިޔަވަން ފެށިތާ އެތައް މަހެއް ވެއްޖެ އެވެ. އޮންލައިންކޮށް ކިޔެވި ނަމަވެސް ކޮންމެ ދުވަހަކު ދޭ ފިލާވަޅު ދަސްކުރުމަކީ އެ ނަތީޖާގެ ސިއްރެވެ. ނަބާ ބުނީ އެ ގޮތަށް ފިލާވަޅު ދަސްކުރުމުން ޓެސްޓަށް ތައްޔާރުވާން ވަރަށް ފަސޭހަވި ކަމަށެވެ. ކުރިން އޭނާ އަށް ކިޔަވަން އެންމެ އުނދަގުލީ ކެމިސްޓްރީ މާއްދާ އެވެ. ނަމަވެސް އެ މާއްދާ އަށް ވަރަށް ބޮޑަށް ޕްރެކްޓިސްކޮށް، އިމްތިހާނުގައި އެންމެ ފަސޭހަ މާއްދާއަކަށް ވީ ކެމިސްޓްރީ އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު ނަބާ އަށް ދިން ނަސޭހަތަކީ ވެސް ރަނގަޅަށް ކިޔެވުން ކަމަށް ފާހަގަކޮށް، ނަބާ ބުނީ ކުޅިވަރުގެ ދާއިރާގައި އުޅޭ އެހެން ކުދިން ވެސް ކިޔެވުގައި ކާމިޔާބީތައް ހޯދާ ކަމަށެވެ.

"ފްރާންސްގައި [ޓެނިސް ޓްރެއިންނިންގައި ހަ މަސް އުޅުނުއިރު] އެ ތަނުގެ ލައިޓް ނިއްވާލާނެ 9 ޖަހާއިރު. އެކަމަކު މަންމަ އާއި ބައްޕަ ކައިރީ ބުނެގެން ކޮންމެ ދުވަހަކު އީމެއިލްއެއް ލިޔުއްވައިގެން 10-11 ޖަހަންދެން އިންނަން ކިޔަވަން، އަނެއްކާ އަނެއް ދުވަހު ހައެއް ޖަހާއިރު ތެދުވަނީ،" ކުޅިވަރާ އެކު ކިޔެވުމަށް ވެސް އިސްކަންދީގެން ލިބުނު ނަތީޖާ ކިޔައިދެމުން ނަބާ ބުންޏެވެ.

ގައުމީ ޓެނިސް ޗެމްޕިއަން ނަބާ.--

"ހުރިހާ ކަމެއް ކުރަނީ ޓެނިހަށް އޮންނަ ލޯބީގައި!

ރަނގަޅު ނަތީޖާ އެއް ލިބޭނެ ކަމަށް މަންމަ އާއި ބައްޕަގެ އިތުރުން އާއިލާ އެހެން މެމްބަރުން ހަނދާން ކޮށްދެމުން ދިޔަޔަސް އެކަން ނަބާއަކަށް ގަބޫލެއް ނުކުރެވެ އެވެ. ކިޔަވަން މަސައްކަތް ކުރެވުނުކަން އަމިއްލަ އަށް ގަބޫލު ކުރެވުނަސް ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބުންވީ ނަބާ އަށް ވެސް ސަޕްރައިޒަކަށެވެ.

ނަބާގެ މަންމަ ޑރ. ނަޒްމާ ވިދާޅުވީ އައިޖީސީއެސްއީ އިން ނަބާއަށް އޭ ފާހެއް ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ. ނަމަވެސް އޭ ސްޓާ ހޯދާނެ ކަމަށް މަންމަގެ ހިތަށް ކުޑަކޮށް ވެސް ނާރަ އެވެ. ކޮންމެ ނަތީޖާއެއް ދަރިފުޅަށް ލިބުނަސް އެކަން ގަބޫލު ކުރާނެކަން ނަބާއަށް ވިސްނައިދިނީ ވެސް އެ ދަރިފުޅުގެ މުސްތަގުބަލު އެ އިން ނުނިންމޭނެތީ އެވެ.

ނަބާ އޭނާގެ މަންމަ އާއި ބައްޕައާއެކު.--

މަންމަ އާއި ބައްޕަ ނަބާއަށް ވިސްނައިދިނީ ދަރިފުޅު ކިޔެވުމަށް ކުރި ހިތްވަރު އެހެން ކުއްޖަކަށް ނުކުރެވޭނެ ކަމެވެ.

"އަޅުގަނޑު ނިދާއިރު ނަބާ އިންނަނީ ކިޔަވަން. އަޅުގަނޑު ހޭލާއިރު ވެސް ނަބާ އިންނާނީ ކިޔަވަން. އަމިއްލަ އަށް ހަމަ ކިޔަވާނީ، ވަރަށް މަސައްކަތް ކުރި. ކޮންމެ ނަތީޖާއެއް ލިބުނަސް ގަބޫލުކުރާނަން. ނަބާ އެ ކުރި މަސައްކަތް ވަރަށް އެޕްރިޝިއޭޓް ކުރަން،" ނަޒްމާ ވިދާޅުވި އެވެ.

"އޯލެވެލް ތެރޭގައި އެ ކުޅުނު ޓޯނަމެންޓުގައި ދަށްވި ދުވަހު ހަމަ އައި ގޮތަށް ފެންވަރާލައިގެން ކިޔަވަން ފެށީ. އަސްލު އެނގޭ ވަރަށް ދެރަވެފައިކަން، ރޯލަން ބޭނުންވެފައިކަން. އެކަމަކު ނަބާ އަށް އެނގޭ އެވަގުތު މުހިންމީ އެކަމާ ދެރަވުން ނޫންކަން. ކިޔެވުންކަން."

ނަބާ ސްކޫލުން ވަކިކުރުންވީ މަންމަ އާއި ބައްޕަ އަށް ވެސް އުނދަގޫ ކަމަށެވެ. ނަބާ ބޭނުންވި ގޮތަށް އޮންލައިންކޮށް ކިޔެވުން ބަދަލުކޮށް ކުރިއަށް ގެންދަން ފެށީ ވެސް ޓެނިސް އިން ކުރިއަށް ދާން ބޭނުންވާތީ އެވެ.

"ސްކޫލުން ވަކިވާން ބޭނުންވެގެން ނަބާ ބުނި ދުވަހު ވެސް، ޝީ ޕްރޮމިސްޑް އަސް ކިޔެވުމަށް ބުރޫ އެރިޔަކަ ނުދޭނަމޭ. ކިޔެވުމުގެ ޓެންޝަން ނެތި ދެ އަހަރު ކުޅެން ބޭނުންވާތީ ދެ އަހަރު ކުރިން އޯލެވެލް ހެދީވެސް. އަސްލު ޓެނިސް ކުޅުމަށްޓަކައި ނަބާ ކުރާ މަސައްކަތް މިއީ. އެކަން ނަތީޖާއިން ދައްކަދީފި،" ނަޒްމާ ވިދާޅުވި އެވެ.

ގައުމީ ޓެނިސް ޗެމްޕިއަން ނަބާ: އާއިލާއާއެކު އޯލެވެލްގައި ލިބުނު ކާމިޔާބީ ފާހަގަކުރަނީ.--

ލިބުނު ނާތީޖާއާ މެދު ހިތްހަމަ ޖެހިފައި ހުއްޓަސް ނަބާއެކޭ އެއްގޮތަށް ނަބާގެ މަންމަ ވެސް ދެރަވީ މީހުންގެ ފަރާތުން އަޑުއިވި، ލިބެމުން ދިޔަ ބަސްތަކުންނެވެ.

"ބައެއް މީހުން ބުނޭ ނަބާ ޓެނިސްގައި މޮޅުވަނީ ނުކިޔަވާތީއޭ. ބައެއް ކޮމެންޓުތަކުގައި ވެސް ހުރޭ އެހެން، ސްކޫލަށް ނުދާތީއޭ މޮޅުވަނީ. މަންމަ ވީމާ، ވަރަށް ދެރަވޭ އެކަލަހަ ބަސްތަކުން. މައިންބަފައިން ދަރިންނަށް ކިޔަވައިދޭނެ. އެ ދުވަހު ހިތަށް އެރި ނަބާ އަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ނަމައޭ. އޭރުން ސޯޝަލް މީޑިއާ އަށް ވެސް ލާނަމޭ،" އިއްޔެ ދޫކުރަންފެށި މި އަހަރުގެ އޯލެވެލް ނަތީޖާ ނެގުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ސަބަބު ނަޒްމާ ވިދާޅުވި އެވެ.

ނަބާގެ ވިސްނުން ހުރީ ކުރިއަށް އޮތް ދެ އަހަރު އޭލެވެލަށް ކިޔެވުމަށެވެ. އެ އަށް ފަހު ޖެހިގެން އަންނަ ދެ އަހަރު ޓެނިސް އަށް އެއްކޮށް ހުރިހާ ވަގުތެއް ހުސްކުރުމަށެވެ. ދައްކަން ބޭނުމީ ޓެނިސް ނުވަތަ ކުޅިވަރު ކުޅުމަކީ ކިޔެވުމުގައި ދަށްވާން ޖެހޭނެ ކަމެއް ނޫން ކަމެވެ. މޮޅު ނަތީޖާއެއް ހޯދުމަކީ ކުރެވިދާނެ ކަމެއް ކަން އަންގައި ދޭން އަދިވެސް ނަބާ ބޭނުމެވެ.

22 ކޮމެންޓް, 113 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 1%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންދި

17 August 2024

ނަބާގެ ތި ކާމިޔާބުގެ އަސްލަކީ މަންމަ އާއި ބައްޕަ. އުއްމީދު ކުރަނީ އޭ ލެވެލް ގައިވެސް ތި ކާމިޔާބީ ހޯދާނެ ކަމަށް.

The name is already taken The name is available. Register?

ޖަނބުރޯލް

16 August 2024

އަހަރެންވެސް ދަރިފުޅަށް ހޯމްސްކޫލް ކުރަނީ. ސްކޫލަށް ފޮނުވީމަ ގްރޭޑް 1 ގެ ރައްޓެހިކުދިން މިހާރު ކިޔައިދޭ އަހަރުމެންނަށް 15 އަހަރުގެ އެނގުނު ކަންތައް

The name is already taken The name is available. Register?

އިހްސާސް

16 August 2024

މާތް ﷲ އަށް ޙަމްދުހުރި. ނަބާއަށް މަރުހަބާ.

The name is already taken The name is available. Register?

ހޯމް ސްކޫލް

16 August 2024

ރާއްޖޭގައި ހޯމް ސްކޫލިންގް ހުއްދަވީ ކޮން އިރަކު؟ އަދި ނޭނގޭ ޙަބަރެއް ވީމަ އަހާލަނީ މިއީ

The name is already taken The name is available. Register?

ނޯސްކޫލް

16 August 2024

އެއީ ހުއްދަ ނަގަން ޖެހޭ ކަމެއް ނަުނޭ.

The name is already taken The name is available. Register?

ސްވީޓްސް

15 August 2024

ވަރަށް ލޯބި ކުއްޖެއް. މަރްހަބާ!!

The name is already taken The name is available. Register?

ماشاءالله تبارك الله

15 August 2024

ނަބާގެ ކާމިޔާބަށް ހޫނުކޮށް މަރްޙަބާ ކިޔަމެވެ! މިއީ މިއަދުގެ އެންމެ ހިތްގައިމު ޚަބަރެވެ. ޝައްކެތް ވެސް ނެތް ގޮތުގައި ތި ކާމިޔާބީގައި ނަބާގެ ލޮބުވެތި މަންމަ އާއި ބައްޕަގެ ސަޕޯރޓް އިންތިޙާއަށް އެބަ އޮތްކަން ފޮޓޯތަކުން ވެސް ހެކި ދެއެވެ. ދަރިފުޅުގެ އިޙުސާސް ތަކަށް އިޙުތިރާމްކޮށް އެއްބާރުލުން ދޭ މައިންބަފައިން ލިބުމަކީ ﷲގެ ޙަޟްރަތުން ދެއްވާފައިވާ ބޮޑު ނިޢުމަތެކެވެ. ﷲ ގެ ޙަޟްރަތުން ނަބާއަށް އިތުރު ކުރިއެރުން މިންވަރު ކުރައްވާށި! އާމީން

The name is already taken The name is available. Register?

ހަސަނު

15 August 2024

ވަރަށް ސަޅި.. ވަރަށް މަރުހަބާ... ކުލިވަރާ އެކު ކިޔެވުން ކުރިއެރުވޭނީ... ކުޅިވަރާ ކިޔެވުމާ މިދެ ކަންތައްވެސް ހަމަ އެހާ މުހިންމު..

The name is already taken The name is available. Register?

ހާތިމް

15 August 2024

ނަބާގެ ތި ފުރިހަމަ ކާމިޔާބަށް މަރުޙަބާ ކިޔަމެވެ. ޢެދެނީ އަބަދުވެސް ކުރިއެރުމެވެ. އެހެނަސް ހިތަށް އެރި އެއްޗެއް ހިއްސާ ކޮށްލާނަމެވެ. އާދައިގެ ރައްޔިތަކު އެމީހުންގެ ދަރިން ސުކޫލަށް ކިޔަވަން ނުފޮނުވާ ހޯމް ސުކޫލިންގ ދިނީމަ، ދައުލަތުގެ ބެލުމުގެ ދަށަށް އެކުދިން ނަގާ، މައިންބަފައިން ހައްޔަރުކޮށްފައި އެބަހުއްޓެވެ. މާ ބޮޑަށް ހަރުކަށި ފިކުރަށްވާތީއެވެ.

The name is already taken The name is available. Register?

ތާއީ

16 August 2024

ތިޔަ ކިޔަނީ އަދި ހޯމް ސްކޫލިނގް ގެ ވާހަކައެއް ނޫން. އެހެން މަގްސަދެއްގައި ބްރެއިން ވޯޝްކުރުމުގެ ވާހަކަ.

The name is already taken The name is available. Register?

ފުންއަސަރު

15 August 2024

ނަބާގެ ކާމިޔާބީގެ ލިޔުން ކިޔާލުމުން އުފަލުން ރޮވެއްޖެ. ނަބާމޮޅީކީ ހަމައެކަނި ޓެނިސްކުޅުން ނޫންކަން ނަބާ ދައްކައިދީފި. ހަގީގަތުގާވެސް ބޭނުންވަނީ ނުގުޑާފަދަ އަޒުމަކާ ޖޯޝުން ފުރިފާވާ ހިތްވަރެއް. އެހިތްވަރުގާ ކުރިޔަށްދާ ކުއްޖަކަށް ފަސްއެނބުރި ބަލާލާނޭ ވަގުތެއްވެސް ނުވާނެ. އަހަރެންއެދެނީ ނަބާ އެދައްކައިދިން ރީތި މިސާލުން މިސާލުނަގާ ދެންތިބި ކުދީންވެސް އެފަދަފަންވަރަކާއެކު އިތުރަށް މަސައްކަތް ފެށުން. ފޮނިކާމިޔާބީ ލިބޭނީކީ ހަމައެކަނި ފޮތްބޮނޑިއަކުންނޫން

The name is already taken The name is available. Register?

އަލިފުން

15 August 2024

އޮންލައިންކޮށްވެސް ކިޔެވޭދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454