މާލޭގެ މަގެއްގައި ފެންބޮޑުވެފައި: މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ޔެލޯ އެލާޓް ނެރެފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
15 އޯގަސްޓް 2024 - 09:49
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.
ވައިގަދަވާނެ ކަމަށް ލަފާކޮށް، މެޓު އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު މެންދުރު 1:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގައި ނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.
މެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވިލާގަނޑުގައި އެންމެ ގަދައަށް ވައި ޖެހުނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 49 މޭލަށް ވައިގަދަވިއިރު، ހުޅުލެ އާއި ހދ. ހަނިމާދޫއަށް 47 މޭލަށް ވައި ބާރުވި އެވެ.
މި މަހާއި އަންނަ މަހުގެ ވެސް ރާއްޖޭގެ އެންމެ އުތުރާއި މެދު ރާއްޖެ ތެރޭގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ވެސް ވަނީ ގަދަވެފަ އެވެ. މި ވިއްސާރާގައި ފެންބޮޑުވެ، މާލެ އާއި ބައެއް ރަށްރަށުގެ ގެތަކަށް ވެސް ފެން ވަދެ، ގެއްލުން ލިބުނެވެ. މާލެއިން ފަސް އާއިލާއެއް ވަގުތީ ހިޔާއަށް ވެސް ބަދަލުކުރަން ޖެހުނެވެ.
އެހެންވެ، ވިއްސާރާގައި ގެއްލުން ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ޓާސްކްފޯހެއް ވެސް އުފައްދަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިއަލިޓީއަކީ
15 August 2024
މެޓްއޮފީހުގެ ފޯކާރސްޓައް ގިނަފަހަރު ދިމާނުވުމުގެ ސަބަބުން މޫހުންވެސް މުއައްސަސާތައްވެސް މެޓުން ބުނާވާހަކަ ސީރިއަސްކޮއް ނުނަގަނީ. އެހެންނޫންނަމަ އެޑިއުކޭޝަނުން މިދިޔަ އަންގާރަ ދުވަސް ބަންދުކުރީސް. ގިނަ މުއައްސަސާތައް ފަދައިން މެޓުންވެސް ވަނީ އިތުބާރު ހޯދަން މަސައްކަތް ކުރަން ޖެހިފަ
ޒުމްލާ އަފީފް
15 August 2024
އަސްލު ބަންދުކުރަން ޖެހޭ ދުވަހު ސަރުކާރު ހުޅުވާފަ! މެޓް އޮފީސްގަވެސް ސިޔާސީ ބޮޓުން!
އުޑު
15 August 2024
އެހެންވީމަ މި ދޯ އަސްލު ސަރުކާރު ބަންދުކުރަންވީ ދުވަހަކީ؟
ލޮލްް
15 August 2024
ދެރަނުވޭ! މާދަމާ ސަރުކާރު ބަންދު.