ކުޅިވަރު / އެފްއޭއެމް

ޒުހުރޫ ޗެއާމަނަކަށް ހަމަޖައްސައި އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ފީފާއިން ހަވާލުކޮށްފި

19 އޯގަސްޓް 2024 - 23:34

14 comments

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސައި، އެ ކޮމިޓީއާ އެފްއޭއެމްގެ ހިންގުން ފީފާއިން ހަވާލުކޮށްފި އެވެ.

އެ ކޮމިޓީއާ އެފްއޭގެ ހިންގުން ހަވާލުކުރިކަން، އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް ފީފައިން ވަނީ އަންގައިފަ އެވެ.

އެކަން، ޖައިޝަން ވަނީ، މީޑިއާ އަށް ވެސް އަންގައިފަ އެވެ.

ފީފާ އާއި އޭއެފްސީ މަންދޫބުން ޕެނަލަކުން އިންޓަވިއު ކުރުމަށް ފަހު ކޮމިޓީގެ މެންބަރުކަމަށް ފަސް ބޭފުޅަކު ވަނީ ހަމަޖައްސައިފަ އެވެ.

އެ ކޮމިޓީގެ މެންބަރުންގެ ތެރޭގައި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން

ޗެއާމަން: އަހްމަދު ޒުހޫރު

މެންބަރު : ފަރީހާ ޝަރީފް

މެންބަރު: އަހްމަދު މުއިއްޒު

މެންބަރު: އިސްމާއީލް ސިމަން

މެންބަރު: އަހްމަދު އަލީ

އެ ކޮމިޓީގެ އަންހެން މެންބަރެއްގެ ގޮތުގައި އިންނަވާ ފަރީހާ ޝަރީފަކީ، އެކައުންޓިން އާއި ފައިނޭންސް ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމިޓީގެ ޗެއާމަނަކަށް، ފީފާއިން ހަމަޖެއްސި ޒުހޫރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓަރުކަން ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތަކަށް ކުރައްވައިފަ އެވެ. އެ މުއްދަތުގައި އެފްއޭއެމް އިސްލާހު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އޭނާ އެޅުއްވި އެވެ. އެފްއޭއެމުން އޭރު ކަންތައް ކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ފަރާތުން ޒުހޫރު އޭރު ފީފާ އަށް ސިޓީއެއް ވެސް ފޮނުއްވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި 31 ގެ ނިޔަލަށެވެ.

އެ ކޮމިޓީގެ ޒިންމާއަކަށް ވާނީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަން ހަމަޔަކަށް އަޅުވައި އަސާސީ ގަވާއިދު އިސްލާކޮށް އާ އިންތިހާބެއް ބޭއްވުމެވެ.

މީގެ އިތުރުން އެތަނުގެ އޮޑިޓެއް ކުރުވައި، ފައިސާގެ މުއާމަލާތްތަކާއި، ލިބިފައިވާ ފަންޑުތަކުގެ ބޭނުން ހިފާފައިވާ ގޮތް ވެސް ބަލާނެ ކަމަށް ބެލެވެ އެވެ. އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިވަގުތު ހުންނެވީ އެފަދަ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.

14 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑޭ

20 August 2024

މިއީ އުފާވެރި ހަބަރެއް. އުންމީދުކުރަން އަލުން ފުޓުބޯޅައިގެ ފޯރި ރާއްޖޭގައި ހިފާނެކަމަށް، އަދި ނިއު ވެސް އެއްވަނަ ޑިވިޝަނުގައި ކުޅެވޭނެގޮތްވެސް ހަދާނެކަމަށް. ނިއު 2 ވަނަ ޑިޝަނަށްލީ ރެލިގޭޓްވެގެން ދިޔަދިއުމަކަށް ނުވާތީ، އެޓީމު 1ވަނަޑިވިޝަނުގައި ކުޅެވޭގޮތްހަދައިފިނަމަ ފުޓުބޯޅައިގެ ފޯރި ހިފާނެކަމުގައި ފެނޭ. އަޅުގަނޑު ހެން އެތައްބައެއްގެ އެދުމެއް މިދެންނެވީ، އަދި މިއީ މިވަގުތު ފުޓުބޯޅައިގެ ފޯރި އެންމެ އަވަހަށް ގެނެވޭނެގޮތް ކަމުގައި ފެނޭ - ޝުކުރިއްޔާ

The name is already taken The name is available. Register?

ބައްސާމު އަދިވެސް ބޭނުންވަނީ އެފް.އޭ.އެމް އަށް!

20 August 2024

ވަރަށް ބޮޑު ބަދަލެއް އަންނާނެ މިފަހަރު ! ކޮމިޓީގައި ތިބިމީހުންއަށް މަހަކު 4000 ޑޮލަރު! އަނެއްކާ އަނެއް ބަޔަކު މުސަނދިވާނެ މިފަހަރު، ސްޕޯޓްސް މިނިސްޓްރީ ދަށުން ތިތަން ހިންގަންވީ ! ޝުކުރިއްޔާ ބައްސާމް ކޮށްދެއްވި މަސައްކަތަށް ، ބަޔަކަށް ބައްސާމް ގޯސްވިޔަސް ތީ ޤާއުމުގެ ފަހުރުވެރި ދަރިއެއް!

The name is already taken The name is available. Register?

އމހަދާން

21 August 2024

އާދެ ބައްސާމަކީ އުމަރުގެ ފާނު. ހާދަ ހެޔޮފުޅު މަނިއްޕުޅެކޭ އެއީ.

The name is already taken The name is available. Register?

ބަލަ

20 August 2024

މިއީ އުފާވެރި ހަބަރެއް. އުންމީދުކުރަން އަލުން ފުޓުބޯޅައިގެ ފޯރި ރާއްޖޭގައި ހިފާނެކަމަށް، އަދި ނިއު ވެސް އެއްވަނަ ޑިވިޝަނުގައި ކުޅެވޭނެގޮތްވެސް ހަދާނެކަމަށް. ނިއު 2 ވަނަ ޑިޝަނަށްލީ ރެލިގޭޓްވެގެން ދިޔަދިއުމަކަށް ނުވާތީ، އެޓީމު 1ވަނަޑިވިޝަނުގައި ކުޅެވޭގޮތްހަދައިފިނަމަ ފުޓުބޯޅައިގެ ފޯރި ހިފާނެކަމުގައި ފެނޭ. އަޅުގަނޑު ހެން އެތައްބައެއްގެ އެދުމެއް މިދެންނެވީ، އަދި މިއީ މިވަގުތު ފުޓުބޯޅައިގެ ފޯރި އެންމެ އަވަހަށް ގެނެވޭނެގޮތް ކަމުގައި ފެނޭ - ޝުކުރިއްޔާ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 August 2024

މިހާރުގެ FAM އުވާލާފައި މުޅިރާއްޖެ ތަމްސީލުވާގޮތަށް National Football Federation އުފައްދާ ރާއްޖެ 3 ސަރަޙައްދަކަށް ވަކިކޮށް ފުޓްބޯޅައިގެބާރުތައް ޙިއްސާކުރެވޭގޮތަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި "ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން" ހެދުމަށް ޖާގަ ދެއްވާ އިދާރީ ދާއިރާތަށް ކަޑައަޅާފައިވާގޮތަށް ކުޅިވަރުވެސް ޑީސެންޓްރަލައިޒް ކުރޭ.

The name is already taken The name is available. Register?

ދޯދީދީ

20 August 2024

އެކުވެރިކަމަކީ ގަދަފަދަ ބާރެއް. ވަކިވެގަތުމަކީ ނިކަމެތިކަމެއް.

The name is already taken The name is available. Register?

ފޯވާޑް

20 August 2024

އަސްލުވެސް ތިއީ ހަމަ ރަނގަޅު ގޮތެއް. މިހާރު މުޅި ތަނުގައި އޮންނަނީ މާލޭ އެފްއޭއެމްގެ ބަސް. އޭގެ ބަދަލުގައި އެކިސަރަޙައްދު ތަކަށްވެސް ބާރުތަކެއް ދޭންޖެހޭ. އަދި މާލެސަރަހަްދަށްވެސް ވަކި އެސޯސިއޭޝަނެއް ހުރުމަކީ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތެއް. ޤައުމީ ފެޑެރޭޝަން ހަދާފައި ވަކި އެސޯސިއޭޝަން ހުރުމަށް މަވެސް ތާއީދު.

The name is already taken The name is available. Register?

ސިޔާމު.

20 August 2024

މާލޭގެ ޓީމް ތަކުން ދީދީ ތިޔަބުނާ ގޮތަށް ތިކަން ކުރަން އެއްބަސް ނުވާނެ. އެމީހުން ބޭނުމެއްނުވޭ އެމީހުންގެ ރަށުން ބޭރަށް ގޮސްގެން އެހެން ރަށެއްގައި ކުޅެން. ހޯމް އަވޭ ކުޅެން ފަހަރެއްގާ ލަންކާ އަށް ނޫނީ ބެންކޮކަށް ދާން މާލޭ ޓީމް އޯކޭ ވެދާނެ.

The name is already taken The name is available. Register?

ކުޑަ މެނޭޖަރު

20 August 2024

އެފްއޭއެމް އާއި ބެހޭ ލިއުންތަކަށް ކުރާ ކޮމެނޓް ތަކުގެ ތެރެއިން އެންމެ ބިނާކުރުވަނިވި ކޮމެންޓް ތަކެއް ކުރަމުންދަނީ އަފީފު ދީދީ ކަމަށް މަ ޤަބޫލު ކުރާނީ.

The name is already taken The name is available. Register?

އޮނަރަބުލް ގާޑު

24 August 2024

އަފީ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާންވާނެ ނޯމަލައިޒޭޝަން ކޮމެޓީގެ ދައުރު ހަމަވީމާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 August 2024

ކުޅިވަރުގެ 3 ޒޯނު ނުވަތަ ރީޖަންތައް ހަދާއިރު ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާންޖެހޭ ސަބަބަކީ މިއިން ކޮންމެ ރީޖަނެއްގައިވެސް އިންޓަރނޭޝަނަލް އެއަރޕޯޓެއް މިހާރުވެސް އޮތުމުން ދަތިކަމެއްނެތި ސާފް ގޭމްސް ބާއްވަންވެސް ފުރުސަތު ހޯދުމަށާއި AFC އަދި ރާއްޖެ ބައިވެރިވާ FIFA World Cup Qualification މެޗްތައްވެސް މިރީޖަންތަކަށް ގެންދެވޭނެގޮތްހެދުން އިގޭތޯ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 August 2024

މަތީގައިދެންނެވި ބަދަލާއިއެކު National Football Federation ގެ އިންތިޙާބީ މަޤާމްތަކަށް ވާދަކުރަން ފުރުސަތުދޭނީ ރީޖަނަލް އެސޯސިއޭޝަން މެންބަރު ކުލަބްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް. # އަދި ނެޝަނަލް ފެޑަރޭޝަންގެ އިންތިޙާބީ މަޤާމްތަކަށް ވޯޓްދެވޭނީ 3 ރީޖަންގެ ސީނިއަރ ޓީމްތަކުގެ ކެޕްޓަނާއި، މެނޭޖަރ ޖީއެސް އަދި ރީޖަނަލް އެސޯސިއޭޝަންތަކުގެ ރައީސާއި، ނައިބް ރައީސްގެ އިތުރަށް Secretary General އަށް. އެސޯސިއޭޝަން ޤައުމީ ވާނީ މިފަދައިން ފުރުސަތުދީގެން.

The name is already taken The name is available. Register?

ސާބަސްސ

20 August 2024

މަރުހަބާ. ގެއްލުނު ފައިސާ ހޯދާދޭތި. ޕޭންޓް ހައުސްވެސް

The name is already taken The name is available. Register?

ބައްތުބަތްކާ

19 August 2024

ވަރަށް ބޮޑު ކުރިއެރުމެއް. މަރުހަބާ ނކ. ބައްސާމުއާއި ޝަވީދު ދެމީހުން ހިންގި ހުރިހާ ގޯހެއްވާނެ ބަލަން. ޖޭޖޭ ޓީމުގެ އަފޭގެވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454