ކިޔަވާ ކުދިންތަކެއް. މި ގެނައި ބަދަލުގެ ސަބަބުން، ކިޔަވާ ކުދިންނަށް ވެސް ރުފިޔާ އެކައުންޓުން ދެން ޑޮލަރެއް ނުކެނޑޭނެ.
25 އޯގަސްޓް 2024 - 11:46
ކިޔަވާ ކުދިންނަށް ވެސް މިއަދުން ފެށިގެން ރުފިޔާ އެކައުންޓުން ޑޮލަރު ނުކެނޑޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
އެ ބޭންކުން ބުނީ، ކާޑު ލިމިޓުތަކަށް މިއަދު ގެނައި ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނާއި ރާއްޖޭން ބޭރުގައި އުޅޭ އެހެން މީހުންނަށް ވެސް އަމަލުކުރާނީ އެއް އުސޫލަކުން ކަމަށެވެ. އެ މީހުންނަށް ވެސް ލިބޭނީ ކްރެޑިޓް ކާޑުން ލިބޭ 100 ޑޮލަރު ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހުންނާތީ އެވެ.
ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން، އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ.
މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލް އިން ނެރުނު ބަޔާނުގައި ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކާ ހަވާލާދީ ބުނީ މި އަހަރުތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫން
25 August 2024
މިހެން ހަދާނެ ވާހަކަ އެންމެ ކުޑަ މިނުން ދުރާލާ ބުނި ނަމަ ދޯ. ކޮންމެވެސް ގޮތެއް ހަމަޖައްސާލަން ފުރުސަތު ލިބުނީސް. ދެން ކީކުރާނީ
ދަލޭކަ ދައިތަ
25 August 2024
މިހާރު އަންނަ ޓޫރިސްޓުންވެސް ވަނީ ގިނަ ބެންކަށް ލިބޭ ފައިދާވެސް ބޮޑު، ދަރިވަރުންނަށް ދަތިވާނެ ހެން މިކަން ނިމިގެންނުވާނެ. ޑޮލަރު ބޭރުވާ އެހެން ދޮރުތަށް ބަންދުކުރޭ!!
އުދުހޭ
25 August 2024
ބޭންކުން ނުޖެހޭ ދަރިވަރެއްތޯ ބަލާކަށް. ބޭންކަކީ ހުރިހާ ކަސްޓަމަރުން 1 ހަމައަކުން ޚިދުމަތް ދޭންޖެހޭ ތަނެއް. ދަރިވަރުންގެ ކަންކަން ބަލަންޖެހޭނީ އެޑިއުކޭޝަން މިނިސްޓްރީން. މިނިސްޓްރީން ޑޮލަރު ބޭންކާ ހަވާލުކުރުމުން ބޭންކުގެ މަސައްކަތަކަށްވާނީ ދަރިވަރަށް އެފައިސާ ފޮނުވުން. ބޭންކަކީ ސަރުކާރެއްނޫން އަދި އެންސްޕާ އެއްވެސްނޫން.
ސަމާހަތު އަބުދުއްﷲ
25 August 2024
މި އުޅެނީ ބޭންކް އަދި އެމް.އެމް.އޭ ގައި ޑޮލަރު ނެތިގެނެއް ނޫން! ކުދި ވިޔަފާރިތަކުން، އޮންލައިން ޕްލެޓްފޯމް ތަކުގައި ބާޒާރުގެ އަގަށްވުރެ ހެޔޮކޮށް އެއްޗެހި ވިއްކާތީވެ، އެކަން ހުއްޓުވަން ކުރާކަމެއްމީ! އޭގެ މިސާލަކީ، ޑޮލަރު ނެތޭ ކިޔާފަ ފުރަތަމަ ފިޔަވަޅަކަށް 20،000 ކްރެޑިޓްކާޑު ލިމިޓް ކުރުން! ދެން ޑެބިޓްކާޑަށް މިސްރާބު މިޖެހީ! ބޭންކަށް އެގިހުރެ ކިތަށް ބިދޭސީން ކިތަށް ޑޮލަރު ބޭރުކުރޭތޯ؟ ކޮންޤައުމަކުންތޯ ބިދޭސީންނަށް ލިމިޓެއްނެތި ފައިސާ ބޭރުކުރެވެނީ؟
ނިލިސް
25 August 2024
ހާދަހާ ގިނަ ދަރިވަރުންނަށް ތިކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް. މިކަމާ މެދު ވިސްނާލަންޖެހޭނެ ކަމަށް ދެކެން
ބިލިޔަނުން
25 August 2024
ބިލިޔަނުން ފައިދާވާ ބޭންކުން ނިންމާގޮތްތައް ފެނިފަ ހައިރާންވޭ.
ވޯލް
25 August 2024
ގައުމު ހުސްވެ ރަށްޔިތުން ހަނާވާއިރުވެސް ސަރުކާރުގެ ކަރަދު ކުޑަކުރުމަށް އެއްވެސް ކަމެއް އަމަލީގޮތެއްގައު ކުރެވޭ ތަނައް ނުފެނޭ.