ވިޔަފާރި / ބިލް ދެއްކުން

ބިލްތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ޓީބޮންޑާއި ބިމަށް ބަދަލުކުރެވޭ ގޮތް ހަދަނީ

ވަޒީރުންގެ މަޖިލީސް. ވެންޑަރުންނަށް ފައިސާގެ ބަދަލުގައި ބިން ލިބޭ އުސޫލެއް ހަމަޖައްސަނީ

ދައުލަތުން އެކި ފަރާތްތަކަށް ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ލިބޭ ގޮތަށް ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި ފައިސާގެ ބަދަލުގައި ބިމެއް ކުއްޔަށް ނެގުން ފަދަ އިހުތިޔާރެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ފިނޭންސުން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ޕެންޑިން ބިލްތަކުގެ ގޮތުގައި ދައުލަތުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ އަދަދު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ބިލްތައް ވެސް ހިމެނެ އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ދައުލަތުން ވެންޑަރުންނަށް ދައްކަން ޖެހޭ ބިލްތަކަށް ފައިސާ ދެއްކުމުގައި އެންމެ ގިނަ ދުވަސްވެފައިވާ ބިލްތައް ބަލައިގެން ކަންކަން ރާވަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ ދަށުގެ ބިލްތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ، ހާއްސަކޮށް މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަންޖޭ ފައިސާއިން އޮފްސެޓް ކުރުމާއި، އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ޓާސްކްފޯހެއް އެކުލަވައިލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް އިސްކަން ދޭނެ ކަމަށާއި ފިނޭންސުން ހުށަހެޅި ލޯނު ނެގޭނެ ގޮތްތަކުގެ އިތުރުން ލޯނު ނެގޭނެ އިތުރު ގޮތްތައް ވެސް ބަލައި ލޯނު ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް ވަނީ ނިންމަވައިފަ އެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ވެސް ނިންމި އެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ އިންކަމް ޓެކްސް އާއި ޕެންޝަނާއި މީރާ އާއި ޖީއެސްޓީގެ ގާނޫނަށް ވަރަށް އަވަހަށް އިސްލާހުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ގެންނަ ބަދަލުތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކަސްޓަމްސް ޑިއުޓީ އާއި އިންކަމް ޓެކްސް އަދި ޕެންޝަން ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ބަދަލު ކުރުމަށް ވެސް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

12 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 7%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާއިލް އުޝާމް

27 August 2024

ބަޔަކު ބުނި ޔާމީންއަށް އެކަންޔޭ މިކަހަލަ ކަންކަން ކުރަން އިނގޭނީ. އެހެންނެ ނޫނެއްނު މިވަނީ. ރައީސް މުއިއްޒްވެސް ހަމަ ރަނގަޅު ހައްލު މި ގެންނަނީ

The name is already taken The name is available. Register?

ޜޯނުއެދުރު

27 August 2024

ބަޖެޓަށް ފައިސާހޯދަން ހިޔާފުލެޓް ލާރިނުދަށްކާ ތިބި މީހުންގެ ވާހަކަ ކީއްވެތަ ނުދައްކަނީ؟ ބިލިއަނުން އެބައޮތް.

The name is already taken The name is available. Register?

ސުފްޔާން

27 August 2024

ކުރީ ސަރުކާރުން ލާރި ނުދީ ހުރި ހުރިހާ ކުންފުންޏަކަށް މި ސަރުކާރުން ލާރި ދީ ހަލާސް ކުރާނެ.

The name is already taken The name is available. Register?

މޮޔަވެދާނެއޭ

27 August 2024

މަނިކުފާނެވެ. ރާއްޖޭގެ ސަރުކާރުގެ މުއައްސަސާތަކަކީ އެއް މުއައްސަސާއަކުން އެއްބިލަަކަށް ދެފަހަރު ތިންފަހަރު ފައިސާ ދެއްކޭއިރުވެސް ނޭގޭ ތަނެކެވެ. އެކިއެކި މުއައްސަސާތަކުން ދައްކަންޖެހޭ ފައިސާއާއި ލިބެންޖެހޭ ފައިސާ އެއް ޕްލެޓްފޯމަކަށް ގެނެވިފައި ނެތީސް އޮފްސެޓް ކުރަން އުޅުމަކީ މުޅި ސިސްޓަމް އޮޅުންބޮޅުންވެ ބޮއްސުންލައިގެން ދިއުމަށް މަގުފަހިވެދާނެ ކަމެއް. އަދި މީގެ ނާޖާއިޒު ފައިދާ ނެގުމަށް ބައިވަރު ދޮރުތައް ހުޅުވިގެން ހިގައިދާނެ ކަމެއް.

The name is already taken The name is available. Register?

ގައިޑް

27 August 2024

ބަޖެޓަށް ފައިސާ ނުހޯދިގެން ފެއިލް ވަނީ.... ފައިސާ ނުލިބޭތީ މީހުން މަދުކޮށް ޚަރަދު ކުޑަކުރަން ވީއެއްނު. އެކަމަކު އިއްޔެވެސް ބުނި ފެހި ސިގްނަލް ލިބިފައޭ އޮތީ.

The name is already taken The name is available. Register?

58965

27 August 2024

މިއީ ވަރަށް ރަނގަޅު ވިސްނުމެއް. ކޮރަޕްޝަން ނުހިމެނޭހެން، ވިޔަފާރިވެރިންނަށް ބިން ވަކި މުއްދަތަކަށް ކުއްޔަށް ދީގެން ދައުލަތުގެ ދަރަނިތައް އަދާކުރެވިދާނެ. އަނެއް ގޮތަކީ، ހުޅުމާލެއިން އިބުރާހިމް ބަހާލި ބިންތަށް ދޫކުރުން 3 އަހަރަށް މަޑުޖައްސާލާ އެތަންތަން ކުއްޔަށް ބިންތައް ހިލޭ ދިނުމުން އެޗްޑީސީއަށްވި ގެއްލުން ކުޑަކޮށް އިތުރަށް ލިބޭ ފައިސާއިން ބިލްތަކަށް ފައިސާ ދެއްކުން.

The name is already taken The name is available. Register?

ރައްޔިތުންގެބިން

27 August 2024

ކޮންމެ އެއްޗެއް ދިނަސް ބިން ދީގެން ނުވާނެ.

The name is already taken The name is available. Register?

ށޭކުބެ

27 August 2024

ސަރުކާރު މުވައްޒަފުންނަށް މުސާރައަށް ވެސް ދެން ދެއްވާނީ އަލަނާސި މެޓާ

The name is already taken The name is available. Register?

ޮިއަނާ

27 August 2024

އަލަނާސި މެޓާގަނޑެއް ގަނެލެވޭވަރުވެސ ކުރެވެން އަންނަނީ ލައްކަހިކުމަތުން. ބިލިއަން ރުފިޔާގެ ހުޅުމާލޭގެ ބިންތައް ހިލޭބަހާނުލިނަމަ އެތަންތަން ކުރިންވެސ ވިއްކިގޮތަށް ވިއްކައިގެންވެސް ދައުލަތް ހިންގޭނެ.އެކަމަކު ނިމިދިޔަ 5 އަހަރު ގައުމުގެ ވެރިކަން ކުރީ ދިވެހިންގެ ދުޝްމަނު އަމިއްލަ ފައިދާނޫން އެއްޗެއް ނުފެންނަ މީހުންވީމަ ހުޅުމާލެއިން ހިލޭ 4050 އަކަފޫޓުގެ ބިމެއް އެސަރުކާރުގެ ކޮންމެބޮޑެއް ނެގުމަށް ޗޑސ އަށް ފައިސާ ދައްކަންޖެހުނީވެސް ރައްޔިތުންގެ ހަޒާނާއިން

The name is already taken The name is available. Register?

ޙަޒްނ

26 August 2024

2019 ގައި ލިބެން ޖެހޭ ފައިސާ ނުލިބޭ. މަގޭ ވިޔަފާރިއަށް ވެސް ނުލިބި އެބަހުރި 7 މިލިއަން.

The name is already taken The name is available. Register?

ހަސްން

27 August 2024

ދެން ކޯޓަށް ނުދަނީ ކީއްވެ؟

The name is already taken The name is available. Register?

މުޝީރު

27 August 2024

މިފައިސާ ﷲ ވާގިފުޅާއެކު ވަރަށް އަވަހަށް ނިމޭނަކަމަށް އުންމީދު ލިރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454