ކުޅިވަރު

އެފްއޭއެމް އިމާރާތް ވީރާނާވެފައި، ނޯމަލައިޒޭޝަން ކޮމިޓީއަށް އޮފީހެއް ނެތް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީސް ވީރާނާވެފައި ވުމުން، އެ އެސޯސިސޭޝަނަށް ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމީޓީގެ އިދާރީ މަސައްކަތްތައް ވަގުތީ ގޮތުން ގަލޮޅު ދަނޑުގައި ފަށައިފި އެވެ.

ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގަ އެވެ. ފީފާގެ ފައިނޭންޝިއަލް ކޮންސަލްޓަންޓުންނާ އެކު އޮންލައިންކޮށް ބާއްވާ ބައްދަލުވުމަށް، ކޮމިޓީގެ މެންބަރުން އެއްތަނެއްގައި ތިބުމުގެ ގޮތުން ހާޒިރު ވާން ހަމަޖެހިފައިވަނީ އެތަނަށެވެ.

އެފްއޭއެމްގެ އިމާރާތުގެ އެތެރޭގެ ހާލަތު ދާދި ފަހަކާ ޖެހެންދެން އޮތީ ކުންޏަށް ވެފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ދާދި ފަހުން ވަނީ އެފްއޭއެމްގެ އެތެރެ ކުރިން އޮތް ހާލަތު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ހިއްސާކުރައްވައިފަ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ސީލިން އޮތީ ފޫ ވެއްޓިފަ އެވެ. އަދި ފަރުނީޗަރާއި ކޮމްޕިއުޓަރުގެ ބައެއް ސާމާނުތައް ވެސް ހަލާކުވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ. މުބާރާތްތަކުގައި ބޭނުން ކުރަން ގަނެފައި ހުރި މެޑަލް ތަކާއި ޖޯޒީތަކަށް ވެސް ގެއްލުން ދީފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނެ އެވެ.

އެފްއޭއެމްގެ އިމާރާތުގެ ދޮރެއް ހަލާކުކޮށްލައިގެން ވަދެ ގުރޫޕަކުން އެތަނުގެ ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.

އެކަމަކު ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި މޯލްޑިވްސް ސޮކަ މޭޓްސްގެ އިސް ހަރަކާތްތެރިޔާ އަހުމަދު ޝަރީފް (މާޑޭ) ގެ ބެލުމުގެ ދަށުން އެ އިދާރާގެ އެތެރެ ސާފުކޮށް ކުލަލާފައިވާވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތް ކުރަން ރަސްމީ އޮފީހެއް ނެތުމުގެ އިތުރުން މަސައްކަތް ކުރާނެ ކޮމްޕިއުޓާ ސިސްޓަމްތަކެއް ވެސް ނެތެވެ.

ކޮމިޓީގެ މެންބަރުން، މާދަމާ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ބައްދަލު ކުރަން ހަމަޖެހިފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތް ކުރުމަށް އޮފީހެއް ހަމަޖެއްސުމާ ބެހޭގޮތުން ރާފިއުއާ އެކު ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާ އަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަން ހަމަޔަކަށް އަޅުވައި، އިންތިހާބަކާ ހަމައަށް ގެންދިއުމެވެ. ސަސްޕެންޑްކޮށްފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެތަނުން ގެއްލިފައިވާ ފައިސާ ހޯދުމަކީ ވެސް އެ ކޮމިޓީގެ ބޮޑު މަސްއޫލިއްޔަތެކެވެ.

17 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 11%
icon angry icon angry 56%
icon wow icon wow 22%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު..

28 August 2024

ފީފާއަށް ވަރަށް ވެދުންސަލާމް!!

The name is already taken The name is available. Register?

އަޒްރާ

28 August 2024

މިމީހުންގެ ނަން ވިދަމުން ދަންޏާ ވަރިހަމައެއްނުން ތަންތަން ވީރާނާވިޔަސް ބައްސާމަކީ ދެވަނަ ބްރޯ

The name is already taken The name is available. Register?

އިއްޕަޓޭ

27 August 2024

ދެރަކަމަކީ މިހާލަތައް ވެއްޓިފައިވާކަން އެނގޭއިރުވެސް ބައްސާމަށް އެއްބާރުލުންދޭ ގައުމީ ލެޖެންޑުން ތިބިކަން. އޮއްޕޮ އެއުޅެނީ ޓާފް ދަނޑުތަކަށް ގެއްލުންވާގޮތައް ވިޔަފާރިކުރަން. ދަގަނޑޭގެ ސަސް މިހުރިހާދުވަހު އެއުޅުނީ ބައްސާމަށް އެއްބާރުލުންދީގެން ވޯޓު ކަށަވަރުކޮށް.

The name is already taken The name is available. Register?

އޮފްސައިޑް

27 August 2024

ދެން ހަދަންވީ ގޮތަކީ ބައްސާމުގެ ޕެންޓްހައުސް އެފްއޭއެމަށް ބަދަލުކޮށްފައި ބައްސާމު ތިތަނަށް ފޮނުވާލުން. އޭނައެއްނުން ފީފާއިން ދޭ ޑޮލަރުކޮޅު ވާނުވާ ނޭގޭވަރަށް އެކައުންޓްތަކަށް ޖަމާކުރަމުން ދިއައީ. އެހެންވީމަ އެކަހަލަ މީހެއްގެ ބެލުމުގެ ދަށުން ތަނެއް ހަލާކުނުވާންވީ ސަބަބެއްނެތް. އޭނަގެ ދޯދިއާކަމުން ދިވެހި ފުޓްބޯޅައި ވިހި ތިރީސް އަހަރަށް ފަހަތައްޖެހުނީ. އޭނައާއި ހެދި އަރަމުން އައި އެތަކެއް ތަރިންގެން ފުޓްބޯޅަ ކެރިއާރ މަޑުޖެހުނީ!!

The name is already taken The name is available. Register?

ހުސެއިންބެ.

27 August 2024

ކިހިނެތް އިހުމާލު ބަލާނީ. ޛެނެރަލް ސެކްރެޓަރީ އަކީ މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ހުންނެވި ބޭފުޅެއް. އޮފީސް ހިންގަން ޖާގަ ލިބޭނެ އަމިން އެވެނިއުއިން ބައްސާމް ގަނެފަ ހުރި ޕެންޓްހައުސް ހުސްކޮށްގެން

The name is already taken The name is available. Register?

112233445566

27 August 2024

ރާއްޖޭގެ ފުޓްބޯޅަ ފުނޑިއްޖެ

The name is already taken The name is available. Register?

ލަސް

29 August 2024

މާލޭގެ

The name is already taken The name is available. Register?

ނަގިއްޔާ

27 August 2024

ތީމިގައުމުގެ ހާލަތު. ހެވެއްނުން ބައްސާމެ ޒައާމަތުގައި އެފްއޭއެމް ވީރާނާ ބިމާހަމަވިއިރު އެބޭފުޅާ އެބޭފުޅާގެ ޕެންޓްހައުސް ޖަރީކޮށްފިއެއްނުން. އެކަން ބަލާނެ މީހަކު އެބަހުރިތޯ؟ ކާކުތޯ ބެލީ ކުއްލިއަކަށް އަގުބޮޑު އެޕާޓްމަންޓް ގަނެ ދުނިޔެ ކުޑަކުރާމީހުން އެހާ ފައިސާ ހޯދަނީ ކޮންތާކުންތޯ؟ ކާކުތޯ ބެލީ ކިތައް ކޮރަޕްޝަން އެކުލެޥޭ އެޅިގާ، ކިތައް ކޮަޕްޓް ފާޓާ ކުލަ، ކިތައް ކިތައް ކިތައް މިހެންގޮސް ކިޔާނެ ކަމެނެތް، އަދަދު ނުކުރެވޭ ކަންތައް ކޮށްފައި ހުރީ.

The name is already taken The name is available. Register?

ވަހީދުބެ

27 August 2024

މިހާ ދުވަސްވަންދެން އެފްއޭއެމް ހިންގީ ތިތަނުގައިތަ؟

The name is already taken The name is available. Register?

އެޑްމުންޑޯ

27 August 2024

މިކަމުގައިވެސް ޒިންމާވާނެ ފަރާތްތަކެއް ހަމަޔަގީނުންވާނެދޯ

The name is already taken The name is available. Register?

ޖާދޫ

27 August 2024

ޢެފްއޭ އެމް ގެ އޮފީސް ވީރާނާވެގެން ދިޔަޔަސް ބައްސާމު އަތުގަ ޕެންޓްހައުސްއަކާއި ބައިވަރު މުދާތަކެއް އެބަހުރި، އެހެންވީމާ މައްސަލައެއް ނެތެއްނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454