ވިޔަފާރި / ޓޫރިޒަމް

ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް "ފިއުޗާ ސަމިޓު" ބާއްވައިފި

ސަމިޓުގެ ބައިވެރިން ފޮޓޮއަކަށް ހުއްޓިލައިގެން.

27 އޯގަސްޓް 2024 - 15:23

ރާއްޖޭގައި ސަސްޓެއިނަބަލް ޓޫރިޒަމް ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޑެސްޓިނޭޝަން ފިއުޗާއިން ބޭއްވި ފުރަތަމަ "ފިއުޗާ ސަމިޓް" އަކީ ކާމިޔާބު ސަމިޓެއް ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ބުނީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ސަމިޓްގައި، ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އިންޑަސްޓްރީގެ ލީޑަރުންނާއި ސްޓޭކްހޯލްޑަރުންނާއި އެމްއެމްޕީއާރުސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ސަމިޓް ފަށްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. އެ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައިސަލް ވަނީ ސަސްޓެއިނަބަލް އިނޮވޭޓިވް ޓޫރިޒަމެއް ބިނާކުރުމުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް މިފަދަ ސަމިޓުތަކުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

މި ސަމިޓުގައި ސީޑީއީ ކޮންސަލްޓިންގެ މެނޭޖިން ޑައިރެކްޓަރު ސިމާދު ސައީދު ވަނީ "ބްރޭންޑް މޯލްޑިވްސް, ޓުޑޭ އެންޑް ޓުމޯރޯ – އަ ސަސްޓެއިނަބަލް ޕާސްޕެކްޓިވް"ގެ މައުލޫއަށް ކީނޯޓު ސްޕީޗެއް ވަނީ ދެއްވައިފަ އެވެ. މި ސްޕީޗުގައި ތިމާވެށި ހިމާޔަތް ކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އިކޮނޮމިކަލީ ވަޔަބަލް ޕްރޮޖެކްޓްތައް ހިންގުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ދިގު މުއްދަތެއްގައި ކާމިޔާބުކަމާ އެކު މި އިންޑަސްޓްރީ ކުރިއަށް ގެންގޮސް ދުނިޔޭގެ ވާދަވެރި ޓޫރިޒަމް މާކެޓުގައި ހިފަހައްޓާލެވޭނީ އެގޮތަށް މަސައްކަތްކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އަހުލުވެރި ކުރުވުމަށް ސްކޫލުތަކުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމްތައް ހިންގުން މުހިންމު ކަމަށެވެ. އަދި ކުޑަކުދިން ޓޫރިޒަމަށް އަހުލުވެރި ކުރުވުމަކީ ސަސްޓެއިނަބަލް ޕްރެކްޓިސްތައް ހިންގާ, ފުޅާ ކުރެވޭނެ ގާބިލު ޖީލެއް ބިނާކުރެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ސަސްޓެއިނަބަލްކޮށް ރާއްޖެ ކުރިއަށް ދާއިރު އެ ދާއިރާއިން ލީޑަރުން އުފައްދާނެ ގޮތްތައް އޭނާ ކިޔައިދެއްވި އެވެ.

މި ސަމިޓުގެ ފުރަތަމަ ޕެނަލް ޑިސްކަޝަން ހާއްސަކުރީ ރާއްޖޭގައި ޓޫރިޒަމް ގްރޯތާއި ސަސްޓެއިނިބިލިޓީ ބެލެންސް ކުރުމާ ގުޅޭ ގޮތުންނެވެ. މި ޕެނަލްގެ ޑިސްކަޝަން ފެށުމުގެ ކުރިން މި މައުލޫއަށް ޕެނަލުގެ މޮޑަރޭޓަރު އަދި ޑެސްޓިނޭޝަން ފިއުޗާގެ ވައިސް ޗެއާ އަމްޖަދު ތައުފީގު ޕްރެޒެންޓޭޝަނެއް ހުށަހެޅި އެވެ.

ސަމިޓުގައި ޕެނަލް ޑިސްކަޝަނެއް ކުރިއަށް ދަނީ.

މި ޕެނަލުގައި ޓޫރިޒަމް ޓޫރިޒަމް ތަރައްގީ ކުރުމުގައި ސަސްޓެއިނަބިލިޓީ ބެލެންސް ކުރުމާއި ބެހޭގޮތުން މަޝްވަރާކުރި އެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ތިމާވެއްޓާއި ސަގާފަތް ހިމާޔަތް ކުރުމުގައި ޓޫރިޒަމް ސްޓްރެޓިޖީތަކުގައި ސަސްޓެއިނަބަލް ޕްރެކްޓިސްތައް ހިމެނުމުގެ މުހިންމުކަން ޕެނަލިސްޓުން ފާހަގަކުރި އެވެ.

މި ޕެނަލުގައި ސިކްސް ސެންސަސްގެ ޖެނެރަލް މެނޭޖަރު މާތީން ވެން ވެލް އާއި ކޮކޫންގެ ޖެނެރަލް މެނޭޖަރު އަހުމަދު ޖިހާދު އާއި ސީޑީއީގެ މެނޭޖިން ޑިރެކްޓަރު ސިމާދު ސައީދު އާއި ސީކްރެޓް ޕެރެޑައިސްގެ ފައުންޑާ ރޫތް ފްރެންކްލިން އާއި ނަލަދު ޕްރައިވެޓް އައިލެންޑުގެ ރިސޯޓު މެނޭޖަރު ފާތިމަތު ޝަޒްލީން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސަމިޓުގައި "ރީ އިމޭޖިނިން ޑެސްޓިނޭޝަން މާކެޓިން"ގެ ނަމުގައި ވެސް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ދިޔަ އެވެ.

ސަމިޓުގެ ބައިވެރިން.

މި ޕެނަލުގައި ބައިވެރިވީ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް އޮފް އާރަށް އަދި އަދާރަން މޯލްޑިވްސްގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް ސުރޭޝް ދިސާނަޔަކެ އާއި އައިއެޗް މޯލްޑިވްސްގެ އޭރިއާ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އަލީ ނިހާފު އާއި ލޮޓީގެ ސީއީއޯ އައިދިން ޔަސޭއަސަކް އާއި ކޮމޯ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ސްލަސްޓާ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން ނުއާސް މުހައްމަދު އެވެ.

މި ޕެނަލްގައި މަޝްވަރާކުރީ މިހާރު އޮތް ވާދަވެރި މާކެޓުގައި ހިފަހައްޓާލުމަށް ރަނގަޅު ބްރޭންޑް މެސެޖަކާއި ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމުގައި ޓާގެޓަޑް ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނެވެ. އަދި ގިނަ ބަޔަކާ ހަމައަށް މާކެޓިން ފޯރުކޮށް ދިނުމުގައި ޑިޖިޓަލް މާކެޓިންގެ ދައުރާއި މާކެޓިން ސްޓްރެޓިޖީތަކުގައި ސަސްޓެއިނަބިލިޓީ ހިމަނާނެ ގޮތުގެ މައްޗަށް ވެސް މަޝްވަރާ ކުރި އެވެ.

މި ސަމިޓުގެ އެންމެ ފަހު ޕެނަލް ޑިސްކަޝަނެއްގެ ގޮތުގައި އޮތީ "ޑައިވާސިފައިންގް ބިޔޯންޑް ސަން އެންޑް ސީ" މި މައުލޫއަށް ކުރިއަށް ގެންދިޔަ ޑިސްކަޝަނެކެވެ. މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާ ކުރީ މިހާރަށް ވުރެ މާކެޓު ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކަށެވެ. އަދި ޓްރެޑިޝަނަލް މާކެޓުން ބޭރަށް މަސައްކަތްތައް ފުޅާ ކުރުމާއި ބަދަލުވަމުންދާ ޓްރެވަލް ޓްރެންޑުތަކާއި ޓޫރިސްޓުންގެ ޝައުގުވެރިކަން ބަދަލު ވަމުންދާ ގޮތަށް މާކެޓިން ސްޓްރެޓިޖީތައް ބަދަލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރި އެވެ.

ސަމިޓުގައި ޕެނަލް ޑިސްކަޝަނެއް ކުރިއަށް ދަނީ.

މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ އޯގާ ރިސޯޓުގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އިނާދު އިބްރާހިމް ލީޑު ކުރި މި ޕެނަލުގައި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އާއި މި ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަބްދުالله ނަބީލު އާއި ހަލާލް ޓްރެވަލް މޯލްޑިވްސްގެ ފައުންޑާ ޑރ. ސަނީ އުމަރު އާއި ހޮލިޑޭ އިން ކަނޑޫމާގެ ޖެނެރަލް މެނޭޖަރު މާކް އެލެޓަރް އެވެ.

މި ސެމިނާގައި އޭވިއޭޝަން އިންފްރާސްޓްރަކްޗާ ތަރައްގީކުރަން އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އެ ކުންފުނިން ހިއްސާކުރި އެވެ.

މި ސަމިޓު ނިންމާލަމުން ޑެސްޓިނޭޝަން ފިއުޗާގެ ރައީސް ހަމްޒާ ސައީދު ވިދާޅުވީ ޓޫރިޒަމް ދާއިރާ ކާމިޔާބުކަމާ އެކު ދިގު މުއްދަތެއްގައި ހިންގުމަށްޓަކައި ނަތީޖާ ނެރެވޭނެ ސްޓްރެޓެޖީތަކުގެ ބޭނުން ހިފުން މުހިންމު ކަމަށެވެ. އަދި މި ދާއިރާ ތަރައްގީ ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރުމުގެ މުހިންމު ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ސަމިޓަށް ލިބުނު ތަރުހީބާ އެކު ޑެސްޓިނޭޝަން ފިއުޗާއިން ވަނީ ދެވަނަ ފިއުޗާ ސަމިޓެއް ވެސް އިއުލާނުކޮށްފަ އެވެ. އެ ސަމިޓު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454