ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
01 ސެޕްޓެމްބަރ 2024 - 22:24
ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ކޯޓުން ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި، އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި، އިބްރާހިމް އިކްރާމް ފިލައިގެން އުޅެނިކޮށް އެ ރޭގެ ވަގުތެއްގައި ހައްޔަރުކުރި އެވެ. އެކަމަކު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ނެރުނީ ގޯސްކޮށް ކަމަށް، ހައި ކޯޓަށް އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގައި ވަނީ ނިންމައިފަ އެވެ.
Miakan hingi goiyy thahugeegukoh ihumaaleh vefaivaanama emeehakah nuvatha bayakah emme harukashi fiyavalhu elheyne. Dhookolli meeha court amurehgge dhashun alun hayyarukurumah @PoliceMv in dhany masahkaiyy kuramun. https://t.co/z0LkZrWUz7
— Minister of Homeland Security & Technology (@min_mohst) September 1, 2024
އިކްރާމް ހައިކޯޓުން މިނިވަން ކުރުމާ ގުޅިގެން މިނިސްޓަރު އިހްސާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އިކްރާމް އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. "މި ކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާ ނަމަ، އެ މީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ،" އޭނާ ވިދާޅުވި އެވެ.
މައްސަލަ ނިންމި ގޮތުގައި ބުނީ އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައިވަނިކޮށް، ކާރު ދުއްވި ފަރާތާއި އޭގައި ތިބި އިތުރު ދެ މީހުން މަޑުނުކޮށް ފިލާފައިވާތީ އާއި މައްސަލައާ ގުޅުންހުރި ހެކި ނައްތާލަފާނެތީ އާއި ތުހުމަތުކުރެވޭ ފަރާތް ފިލާފާނެތީ އާއި ހެކި ދޭ ފަރާތްތަކަށް ނުފޫޒު ފޯރުވާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި އެ ޝަރީއަތުން ނެރުއްވި އަމުރުގައި ވަނީ ފުލުހުން ކޯޓު އަމުރަކަށް އެދުނީ 6:44 ގައި ކަމަށާއި ވަކީލު އައްޔަންވުމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 7:23 ގައި ކަމަށެވެ. މުވައްކިލުންގެ ފަރާތުން 8:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއިން 9:52 ގައި ވަކީލު އައްޔަންކުރި އެެވެ. ވަކީލު އައްޔަންކުރިކަން ވަކީލަށް އެންގީ 10:06 ގަ އެވެ. އެކަމަކު 10:00 ގައި ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ހާޒިރުކޮށް 10:04 ގައި ޝަރީއަތް ވަނީ ފަށައިފަ އެވެެ.
ކޯޓުން ބުނީ މި ކަންކަމަށް ބަލާއިރު ވަކީލެއްގެ ފުރުސަތު އަކްރަމަށް ލިބިފައި ނެތުމުން އަމުރު ބާތިލްކުރާ ކަމަށެވެ. އެ އެކްސިޑެންޓާ ގުޅިގެން އިކްރާމާ އެކު ދެން ހައްޔަރުކުރީ އިކްރާމުއްރަހުމާނާއި ޖިނާހް އިސްމާއިލް އެވެ.
އެކްސިޑެންޓުވި ކާރު.-- ފޮޓޯ: މިހާރު
އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.
ކާރުން ޖެހުނުލެއް ބާރުކަމުން ސައިކަލުގައި މަޑުކޮށްގެން އިން މީހާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އަނިޔާވި މީހާގެ ހާލު ސްޓޭބަލް ނަމަވެސް އޭނާގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހޭ
02 September 2024
އެއްވެސް ފިޔަވަޅެއް ނާޅާނެ. ބަލަން ތިބޭ
ބޮޑުއިއްސެ
02 September 2024
ތިޔަ ކަހަލަ ކަންތައްތައްވެސް ހަމައަކަށް އެޅުވޭނީ އިހުސާންއަށް.
ސީޒަން ޖެކްޝަން
02 September 2024
ތިހެން ބަލައިގެން ދުވަހު އެއްޗެއް ފެނޭތަ؟
އުއްޗުބެ
02 September 2024
ސުޕަމެޖޯރިޓީއަކުން ވާކަމެއްނެތް .
އަލިއެގެ ހުސެއިނާ
02 September 2024
ނުވާނެ އެއްކަމެއް ވެސް... އެމީހުން ފަންޑް ކޮށްގެން ހޮވާފަ ތިބި މީހުން ސިޔާސީ މަގާމުތަކުގައި ގިނަވާނީ... ތިހެން މޮޅެތި ހެޑްލައިން ހަދަނީ ވާކަމެއް ހަރާމް.
ވިލުދޮޅި މަޖީދު
02 September 2024
އިހުސާންގެ ކަނާތްފަރާތުގައި އައު ޕްރޮސިކިއުޓަރ ޖެނެރަލް އަބްދުލް މަޖީދު އިބްރާހީމް
މަމޮޅު
02 September 2024
މަގު މަތިން ކޮންމެވެސް އެހެންކަމަކާ އުޅެބަލަ..ސުރުހީ އަޅާ މިނިސްޓަރ
އޮނަރަބްލް އަފީފު ދީދީ
02 September 2024
ގޭންގް ކުށްތަކާއި ޑްރަޤް އަދި މާރާމާރީގެ ވަރަށް ގިނަ މައްސަލަތަކުގައި ކޯޓް ތަކާއި ހަމައަށް ގެންދެވޭ ބޮޑެތި ޖަރީމާ ހިންގާ ކުށްވެރިން ދޫކޮށްފައިވަނީ މައްސަލަ ތަޙްޤީގުކުރުމުގައި ނުވަތަ މައްސަލައިގެ ތެރެއަށް ވަދެގަތުމުގައި ފުލުހުން "ގަސްތުގައި" ނުވަތަ ނޭގިގެން ކަމަށް ހަދާފައިވާ ގޯސްތަކުގެ ސަބަބުން ނޫން ނަމަ ޤާނޫނީ އިޖްރާއަތްތައް ފުރިހަމަ ކޮށްގެން އެކަންކަން ކޮށްފައިނުވާތީކަން ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތަފާތު ހިސާބުން ރީއްޗަށް ފެންނާން އެބަހުރި.
މަންދު
02 September 2024
ކުރީސަރުކާރޭ ނުބުނިކަން ނަސީބު
1828
02 September 2024
މިހާރު ތިކުރަނީ ތުހުމަތު. ގިނަ ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށް ހެކި ހޯދުމުގެ ސަބަބުންކަމަށް ނިންމާ ހުކުމްކޮށްފައި އެބަހުރި އެތަކެއް މައްސަލައެއް. އޭގެމާނައަކީ ފުލުހުން ޤާނޫނާ ޚިލާވެއްޖެކަން ޝަރުއީކޯޓަކަށް ސާބިތުވެއްޖެއޭ. ޤާނޫނާ ޚިލާފަށް ހެކި ހޯދަން އެންގި ކަމިޝަން އޮފިސަރާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދި ފުލުހުންގެ މައްސަލަ ނުބަލަނީ ކީއްވެ؟ އެމައްސަލަތައް ޝަރިއަތަށް ފޮނުވަންޖެހޭ.