މިއަދު މެންދުރު ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ: އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވޭ
05 ސެޕްޓެމްބަރ 2024 - 14:37
މާލޭގެ ގެއެއްގައި ހުރި ގުދަނެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މއ. އޮލިވީނާގޭގެ ތިން ވަނަ ފްލޯގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ އެތަނުގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވެގެން ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް 1:30 ހާއިރު ލިބުމާއެކު، ގިނަ އިރުތަކެއް ނުވަނީސް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި ގުދަނަކީ ޔޫރޯ ސްޓޯރުގެ ގުދަނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
05 September 2024
ގަރާޖުތަކުގައި ތިބޭ ބޭރުމީހުން ވަރަށް ފަރުވާކުޑަ، ޓޮޕެއްނެތި ނަރުގަޑު ސޮކެޓަށް ކޮއްޕާލައިގެން ފަންކާ ޖަހާއިގެން އުޅޭ ގާރާޖުތައްވެސް އެބަހުރޭ. ބަޔަކު މޮނިޓާރ ކުރާނަމަތާ ފެންނަނީ. ރަގާޖުތަކުގެ ފަލޯކުރަންޖެހޭ ގަވާއިދުތައް ފެންނަގޮތަށް ހަރުކޮށްފައި ބަހައްޓާފަ ބޯނުލަބާ ތަނަތަން ޖީބަށް ބާރުކުރާވަރަށް ފައިންކޮއްލަބަލަ. ދެރަކަމަކީ ނުކުރާނެ ވިއްޔާ. މޭޒުދަށުން ލާރި ދިނުމުގެ ސަގާފަތް އަދިވެސް ނުހުއްޓޭވިއްޔާ!!!!
އަލިފާންފޮށި
05 September 2024
ކޮންއިރަކުންބާ މީހުން އުޅޭ ރެޒިޑެންޝަލް އޭރިއާތަކުން ގުދަންތައް ބޭރުކުރާނީ. ކޮންމެވެސް ގުދަންގަޑެއް، ގަރާޖުގަޑެއް، ވަޑާންކުރާތަނެއް ނޫނީ ވެލްޑިންކުރާ ތަނެއް ނެތް ތަނެއް މަދުވާނެ
ބާބާ
05 September 2024
މިފުރުސަތުގައި ރަށުގައި ހުރި އެހެން ގުދަންތަކުގެ ހާލާތު ހުރިގޮތް ބަލަން ރަގަޅު އޮޑިޓެއް ހަދާލަބަލަ، ބޮޑު އަނިޔާއެއްވާނީ ބުނެފަކައެއްނުން. ދޭދޭ މިކަހަލަ ކަންތައްތައް ރަގަޅުކޮށްގެނޫނީ ގައުމު މިއޮތީ އަތުނުވާ ހިސާބު