ޚަބަރު / އިސްލާމިކް މިނިސްޓްރީ

މިއީ އެންމެ ގިނަ ޒުވާނުް ހަތީބުން ހުކުރު ނަމާދުކުރި ދުވަސް!

މީގެ ކުރީ ހުކުރެއްގައި ޒުވާން ހަތީބު ޕްރޮގްރާމު ފުރިހަމަ ކުރި ކުއްޖަކު އިމާމުވެ ހުކުރު ނަމާދުކުރުން: 12 މިސްކިތެއްގައި މިއަދު ވެސް ހުކުރު ކުރީ ޒުވާން ހަތީބުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލެ ސަރަަހައްދުގެ 12 މިސްކިތެއްގައި ޒުވާން ހަތީބުން އިމާމުވެ، މިއަދުގެ ހުކުރު ނަމާދުކޮށްފި އެވެ.

އެކަން ފާހަގަކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މިފަހުގެ ތާރީހެއްގައި އެންމެ ގިނަ ޒުވާން ހަތީބުން އިމާމުވެ ހުކުރު ނަމާދު ކުރި ދުވަސް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ މުޅިން ވެސް މި ސަރުކާރުން ކުރިއަށް ގެންދިޔަ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފުރިހަމަކުރި ކުދިންނެވެ.

ޒުވާން ހަތީބުން މިއަދު ހުކުރު ނަމާދުކުރި މިސްކިތްތައް:

- މަސްޖިދު މުހައްމަދު

- މަސްޖިދު އަމީލް ޖަލީލް

- މަސްޖިދު އުސްމާން

- މަސްޖިދު ސަލާމް

- މަސްޖިދު ހަސަން އާދަމް

- މަސްޖިދުލް އަޞްދީގާ

- މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން

- މަސްޖިދު އިސްކަންދަރު

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދު ފުރްގާން

- މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ

- މަސްޖިދުއް ނޫރު

ފުރަތަމަ ފަހަރަށް ގިނަ އަދަދެއްގެ ޒުވާން ހަތީބުން އިމާމުވެ މާލޭގެ ގިނަ މިސްކިތްތަކެއްގައި އިމާމުވެ ނަމާދު ކުރިިއިރު މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދެ ވަނަ ބެޗުގައި 209 ހަތީބުން ތަމްރީނުކޮށްފަ އެވެ.

މިއާ އެކު، މިހާތަނަށް 300 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމު ފުރިހަމަކޮށްފަ އެވެ. ސަރުކާރުން އަމާޒު ހިފާފައި ހުރީ މި ފަސް އަހަރުގެ ތެރޭގައި 100 ހަތީބުން ތަމްރީނު ކުރުމަށެވެ. އެކަން ހާސިލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނީ އެހެން ތަމްރީނުތައް ވެސް ދޭ ޕްރޮގްރާމެކެވެ. މިއީ ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ގައި އުޅޭ ކުދިންގެ އިތުރުން ސްކޫލު ނިމިފައިވާ ޒުވާން ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ.

11 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 6%
icon angry icon angry 50%
icon wow icon wow 11%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާނުޔާ

08 September 2024

މިދެން ކޮން ކަމެއް! ހަމަ ދެއްކުންތެރިކަން!

The name is already taken The name is available. Register?

2028

07 September 2024

ސާބަހޭ އުސްތާޒް.

The name is already taken The name is available. Register?

މާމޮޅީ

07 September 2024

ކޮންކަމެއް ނުކުރެވިގެން ކިހިނެތްވެގެންތަ މިއުޅެނީ. ކުޑަކުދިން ލައްވާ ތި ސަކަރާތްނުޖަހާތިބެބަލަ.

The name is already taken The name is available. Register?

ޝަނީފް

07 September 2024

މިވާހަކަ ދައްކާނެ އެހެން މީހަކު ނުވާނެތީ ބުނެލަން. ޒުވާން އިމާމުންނަށް އިއްޔެ އަލަށް ހުކުރު ކުރަން ލިބުނީމަ ހުތުބާ ކީ ވަރަށް ރާގުލާ ދަމާފަ، އަދި އެހާ ލަސްލަހުން. ނަމާދުކުރީވެސް ހަމަ އެހާ ލަސްކޮށް. މަގުމަތީގަ އަވީގަ ތިބި މީހުނަށްވެސް ހަމަ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތް.

The name is already taken The name is available. Register?

ޜަސޯދުބެ

07 September 2024

މިކުދިންނަށް މި ކުރަނީ މަލާމާތެއް. ސަހީމު ކަހަލަ ދުނިޔަވީ ޖާހާ މަގާމަށް ދަހިވެތި މިހަކު މަސްހޫރުވާން ބޭނުންކުރާ ހަތިޔާރަކަށް މި ކުދިން މި ބޭނުން ކުރަނީ.

The name is already taken The name is available. Register?

މޮޅުކަމެއްނޫން

07 September 2024

އަރަބި ނަމެއް ކީމަ ދެން މޮޅުވީ. ތިގޮތަށް ކޮންމެ ހަފްތާއަކު އެތައް ސްކޫލެއްގެ އެސެމްބްލީގައި ކުޑަކުދިން ވާހަކަ ދައްކާ!

The name is already taken The name is available. Register?

ސަލީމު އިދުރީސް

07 September 2024

ތިކަމުން ލިބޭ ގައުމައް ލިބޭ ކުރި އެރުމެއް އެބައޮތްތޯ؟ ޒުވާނެކޭ މުސްކުޅިއެކޭ ހުކުރު ކުރުމުގަ ތަފާތެއް ވާނެބާ؟

The name is already taken The name is available. Register?

އުސޫ

07 September 2024

ޒުވާން ޖީލެއް ބިނާ ކުރެވިގެން ޤައުމު ބިނާކުރެވި ޤައުމު ތަރައްޤީ ކުރެވޭނީ

The name is already taken The name is available. Register?

ތާކިހާ

06 September 2024

ތިހާ ދީނީ ގައުމަކާ ބަލާފަ، ގައުމުގެ ރައްޔިތުންގެ އަސާސީ އަހުލާގު 0.

The name is already taken The name is available. Register?

ށުގތރ4

06 September 2024

12 ހަތީބުންގެ މަސައްކަތަށް 100.. މަގުމަތީ ޑަސްބިން ހާވާ ޒުވާނުނަށް ދޭނީ ކިތަކެއްބާ؟ ޢެމީހުން ރަނގަޅު ކުރާނެ ބަޔަކު ހަމަ ނެތީބާ؟ ޢެވެސް ގައުމުގެ ޒުވާނުން.. ބޮޑު މަންޒަރު ދައްކާފަ ކިބަޅި ފަރާތުގަ ހިނގާ ކަންކަން ބަލާނެ ލޮލެއް ނެން.. އަޑުއިވޭނެ ކަންފަތެއް ނެތް.. ނިއުސް ހެޑްލަައިންތައް ސިޔާސީ މީހުނަށް.. ހަވަަސާގަ ވެސް މިކަމަށް ޖާގައެއް ނެތް..

The name is already taken The name is available. Register?

ޙައްލު

07 September 2024

ހައްލަކީ އުމަރު ވެރިކަމަށް ގެނައުން.. ނޫނީ މަސްތުވާ ތަކެތި ވިއްކާ މީހުން މަރާފަ ބޭނުން ކުރާ މީހުނައްވެސް ބޮޑެތި ހުކުމެއް ތަންފީޒް ކުރުން އެނޫން ގޮތަކަށް ނުވާނެ ހައްލެއް ދެން މަސްތުވާ ޒީލް ކުއްވެރި ކޮއްފަ ޒިނޭ ކުރާ މީހުން ކުރާ ޒިނޭ ކުށަކައް ނުވާތި މައްސަލައެއް އެވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454