އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ޖެނަރަލް ސެކްރެޓަރީ ޖައުޝަން (ވ): އެ އެސޯސިއޭޝަނުގެ އިންތިހާބަށް ކުރިމަތިލީ ކޮން ކޮންޑިޑޭޓުންނެއް ކަން ހާމައެއް ނުކުރި --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ސެޕްޓެމްބަރ 2024 - 10:50
އެފްއޭއެމް ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމުގައި މަޑުކޮށްދިނުމަށް، ވަގުތީ ގޮތުން އެ މަގާމުގައި ހުންނެވި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) ގެ ކިބައިން، ނޯމަލައިޒޭޝަން ކޮމިޓީން އެދިއްޖެ އެވެ.
"މިހާރު" އަށް މައުލޫމާތު ލިބުނު މަސްދަރުގައިވާ ގޮތުން، ނޯމަލައިޒޭޝަން ކޮމިޓީން، އެފްއޭއެމާ ހިންގުން ހަވާލުވިތަނުން އޭނާގެ އިސްތިއުފާ ޖައުޝަން ހުށަހެޅުއްވި އެވެ. ނަމަވެސް އިސްތިއުފާ ކޮމިޓީން ގަބޫލުނުކުރާ ކަމަށް ވެސް އެނގިފައިވެ އެވެ.
އެކަމަކު ޖައުޝަން ވިދާޅުވީ މަގާމުގައި ކުރިއަށް ނުދިއުމަށް އޭނާ ނިންމީ އިސްތިއުފާ ހުށަހަޅައިގެން ނޫން ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓް ހަމަވެފައިވުމުން، އެއްބަސްވުން އާ ކުރަން ބޭނުން ނުވާކަމަށް، ފީފާ އާއި އޭއެފްސީ އަށް ވެސް އަންގާފައި ވާނެ އޭނާ ވިދާޅުވި އެވެ.
"އިސްތިއުފާ ދިނީއެއް ނޫން. ވަޒީފާގެ ކޮންޓްރެކްޓް އާ ކުރަން ބޭނުންނުވާކަމަށް އަޅުގަނޑު ބުނިން،" ޖައުޝަން ވިދާޅުވި އެވެ.
"ނޯމަލައިޒޭޝަން ކޮމިޓީ އައްޔަނުވުމުގެ ކުރިން ވެސް މި ވާހަކަ ފީފާއާ ހިއްސާކޮށްފަ ވާނީ. އަދި ކޮމިޓީ އައްޔަނުކުރަންވާއިރަށް އަޅުގަނޑުގެ ފަރާތުން ހޭންޑް އޯވާ ރިޕޯޓް ތައްޔާރުކޮށް ފީފާ އަދި އޭއެފްސީއާ ވާނީ ހިއްސާކޮށްފައި. އަދި ކޮމިޓީ އައްޔަނު ވުމަށް ފަހު މިކަން ވާނީ ކޮމިޓީ އަދި ޗެއަމަން [އަހުމަދު ޒުހޫރާ] ވެސް ހިއްސާކޮށްފަ."
ޖައުޝަން ވިދާޅުވީ ފީފާ އާއި ކޮމިޓީ އަދި ޗެއާމަން ޒުހޫރު ވެސް، އެދިވަޑައިގަތީ އެފްއޭއެމް މިހާރު އޮތް ހާލަތުން ކޮމިޓީއާ އެކު މަސައްކަތް ކުރުމަށް މަގާމުގައި ދެމިހުރެ ދޭން ކަމަށެވެ.
"ފީފާ އާއި ކޮމިޓީ އަދި ކޮމިޓީގެ ޗެއާމަންގެ އެދުމަކީ މި ވަގުތު މަޑުކޮށްދިނުން. އެފްއޭ މިއޮތް ހާލަތުން ކަންކަން ތަރުތީބު ކުރުމަށްޓަކައި ކޮމިޓީއާ އެކު މަސައްކަތް ކޮށްދިނުމަށް އެދުނީ،" ޖައުޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެދުމަށް އިޖާބަދިނުމުގެ ގޮތުން، އެފްއޭމްގެ މަގާމުގައި މި ވަގުތަށް މަޑުކުރަން ނިންމާފައިވާ ކަމަށެވެ.
"އެ އެންމެންގެ އެދުމުގެ މަތިން އަދި ފުޓްބޯޅަ އަށް މަސައްކަތްތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި މި ވަގުތު އަދި އެފްއޭގައި އެބަހުރިން،" ޖައުޝަން ވިދާޅުވި އެވެ.
ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި ޖައުޝަން
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން އެންމެ ފުރަތަމަ އައްޔަން ކުރީ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި މިދިޔަ ނޮވެމްބަރު މަހު އެވެ. އެއީ އަށް އަހަރު ވަންދެން ޖެނަރަލް ސެކްރެޓަރީގެ މަގާމު އަދާކުރި ޔޫތު މިނިސްޓްރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޖަވާޒު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އޭގެ ކުރިން އެފްއޭއެމްގެ ލީގަލް މަގާމެއް ވެސް ޖައުޝަން އަދާކުރި އެވެ. އެކްޓިން ޖެނަރަލް ސެކްރެޓަރީކަމުގެ މަގާމާ ހަވާލުވެ، ބައެއް ކަންކަން ހިނގާފައިވާ ގޮތުން ޖައުޝަން އަށް ފާޑުކިޔުން އަމާޒުވި އެވެ. މި އަހަރު ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސް އުސޫލާ ހިލާފަށް ބޭއްވި އިރު ވެސް އެކަމުގައި އޭނާ ހިއްސާވި ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭގެ ފަހުން ވެލެންސިއާ ސަސްޕެންޑް ކުރަން، އެފްއޭއެމުން ނިންމުމުން، އެ ކްލަބްގެ ފާޑުކިޔުންތައް ޖައުޝަން އަށް ވެސް އަމާޒުވި އެވެ. އެ ކްލަބުން ބުނަނީ، އެފްއޭއެމުން، ސަސްޕެންޑް ކުރީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަނހަ؟
11 September 2024
ކޮބާ މުޅި ސިސްޓަމް އަލުން ރަގަޅު ކުރަން އެއްމެ ފުރިހަމަ ކަމަކީ މިއީ ދޯ!!!
އާދަންނާ
10 September 2024
ބައްސާމް ވެސް ގެންނަންވީ
ޑިކޭ
10 September 2024
އަސްލު ވެސް!!
މާމާ
10 September 2024
ހުއްބުލްވަތަން. ނެތޭ ސަލާމަތެއް ތިޔަކޮމެޓީއަށް އިތުބާރެއް ނެތޭ ނެތޭ
އލއސތޛ
10 September 2024
ޖައުޝަން އަކީ އިލްމީ ޤާބިލް ޒުވާނެއް! ޖައުޝަންއަށް ފުރުސަތު ދެއްވާ ތަފާތު ދައްކާނެ! ތެދުވެރި ހިތްހެޔޮ ޒުވާނެއް!
ސަންގޭ
10 September 2024
ކޮންތާކު މި ޖެހުނީ؟ ހުރިހާ ޖަރީމާއެއް ހިންގިއިރު އެތާ ހުރިމީހާ އަދި އެކަން ފޮރުވަން ފޫގެޅި މީހާ އަދިވެސް ބަހައްޓަނީ ހަމަ އެގޮތުގަ !! ކިހާ ފުރިހަމަ ؟؟
އިހްސާސް
10 September 2024
ތިޔައިކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫން. އެފްއޭއެމްގެ މީހުން ލާރިތައް ބަނޑުކެއުމަށް ދުއްވާލިއިރު ހުރި ޖަވާ އަށް ރައީސް މުއިއްޒު ދެއްވި ސްޓޭޓް މިނިސްޓަރުކަން. ޖަވާގެ ކަމެއް ނެތި ނޫނީ ބައިވެރިވުން ނެތި ޖަރީމާ ނުހިންގޭނެ. އޭނަ އެކަމާ ނުރުހޭނަމަ އެކަމާ ކަށިގަނޑުފުމެ އިސްތިއުފާ ދިނީސް އޭރުގަ.
އޮނަރަބްލް އަފީފު ދީދީ
10 September 2024
ރާއްޖޭގެ ސިޔާސީދާއިރާގައިއުޅޭ ގިނަމީހުން އެމީހުންގެމައްޗަށްތިބޭ ވެރިންގެއަތްމަތިން ބާރުދިއުމުން ތިމާމެންނަކީ އިޙްލާސްތެރި ތެދުވެރިންކަމަށާއި އެމީހުންގެވެރިން ހިންގި އެއްވެސް ޙިޔާނާތާއި ވައްކަމާއި އަދި ނާޖާއިޒު ބާރުތަކުގެ އެއްވެސްކަމެއްގައި ބައިވެރިނުވާކަންދައްކަން ތޮށި ބަދަލުކުރާގޮތަށް (ވާހަކަ ދެއްކުމުގެ ރާޤާއި ޕާޓީ ބަދަލު ކުރާގޮތަށް) ކިތަންމެވަރަކަށް ޖައުވެސް އެގޮތް ދެއްކި ކަމުގައިވިޔަސް ތިތަނުގައި ކުރި ހުރިހާކަމެއްގައި ޖައުގެ ބައިވެރިވުން އޮތް.
ޖަވާހިރު އާދަމް
10 September 2024
ތިޔައީ ބައްސާމާ އެކީގައި ޖަރީމާހިންގަން މަސްކަތްކުރި އެކަކު، ބައްސާމުގެ ޖަރީމާތަށް ފޮރުވުމަށްޓަކާ ބުރަކޮށް މަސައްކަތްކުރި ތަނބަކީ ތިޔަބޭފުޅާ، ސްޕޯޓްސް ލޯޔަރުކަން ކިޔަވައިގެން އައިސް ރާއްޖޭގެ ފުޓުބޯޅަ ފުޑާލި އެކަކީ ތިޔަބޭފުޅާ