އެންވައިރަމެންޓް މިނިސްޓްރީން މިއަދު އޮންލައިންކޮށް އެއްްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
10 ސެޕްޓެމްބަރ 2024 - 19:14
ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ބައިނަލްއަގްވާމީ މިންގަނޑަށް އަޕްގްރޭޑުކުރުމަށް 1.5 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެންވައިރަމެންޓް މިނިސްޓްރީން މިއަދު ސޮއިކުރި އެއްބަސްވުމަކީ ޔުނައިޓެޑް ނޭޝަންސް އެންވައިރަމެންޓް ޕްރޮގްރާމް (ޔޫއެންސީޕީ) މެދުވެރިވެގެން ސިސްޓަމެޓިކް އޮބަޒްވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް)އިން ހަމަޖައްސާފައިވާ ފައިސާ އެވެ.
އެގޮތުން ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ އަކީ ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ މިންގަނޑަށް ފެތޭ ނެޓްވޯކަކަށް ހެދުމަށް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
އެންވައިރަމެންޓް މިނިސްޓްރީން މިއަދު އޮންލައިންކޮށް އެއްްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފައިސާ ބޭނުން ކުުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިހާރު ގާއިމްކޮށްފައިވާ ހަތަރު މެޓު އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށާއި ނ. މާފަރު އެއާޕޯޓުގައި އިތުރު އޮފީހެއް ގާއިމް ކުރުމަށެވެ.
މީގެ އިތުރުން އައްޑޫއަތޮޅު ގަމުގައި ގާއިމްކޮށްފައިވާ އަޕާ އެއާ ރޭޑިއޯ ސޮންޑޭ ސިސްޓަމް މަރާމާތު ކުރުމަށް ވެސް މި އެހީ ބޭނުން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި އިންސްޓްރޫމަންޓުތައް ކެލިބަރޭޓު ކުރުމަށް ބޭނުން ބައެއް އާލާތްތައް ހޯދައި، ސަރަހައްދީ ގައުމުތަކުގެ އެހީގައި އެކަމަށް މަގުފަހިކުރެވިގެންދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމްނޫ
11 September 2024
ތިފައިސާއިން މެޓް އޮފީހަށް ލިބޭނީ ތިންބައިކުޅަ އެއްބައި. ބާކީ ދާނީ ވަޒީރުންގެ އެކި ދަތުރުތަކަށް.
މޭޑޭ
11 September 2024
މެޓް އޮފީހުން ކިތަންމެ ލާރި ދިނަސް އެމީހުން ނެރޭ އެލާޓް އަކާއި ދިމާނުވާނެ.. ޑިއުޓީ ތިބޭ ފޯކާސްޓަރ ބޭނުން ވިޔަސް އެލާޓް ނުނެރެވޭ، ޗުއްޓީގައި ހުރިނަމަވެސް އޮފީހުގެ ވެރިޔާގެ ހުއްދަ ލިބިގެންނޫނީ،، ކިތަންމެ ވިއްސާރަޔަސް ވެރިޔާ އަށް ފެނުނީމަ އެލާޓް ނެރެވޭނީ... ވަޓްއަ ޖޯކް....
އަހޯ
11 September 2024
މެޓް އޮފީހުގެ މިހާރު ތިބި ވެރިން ތިބެގެން ލިބޭނެ ކުރިއެރުމެއް ނެތް، ހުސް ކަރެޕްޓް ވެރިން...
މެއިޑޭ
11 September 2024
ތަން އޮތީ އޮޔާގޮސް. ތަނުގައި ފޮނިކަނޑައިގެން މުސާރަ ގެންދާ ކުރިމަގު ނުދަންނަ ބަޔަކުތިބެ މުޅި މުއައްސަސާ އިނދަޖެހިފައި. ތަނުގައި ހުރި އިކުއިޕްމަންޓސް ރަނގަޅަށް މެއިންޓެނަސް ނުކުރާތާ އެތަކެއް އަހަރެއް. ކިޔަވައިގެން ތިބި މީހުންނަށް ފުރުސަތެއްނެތް.