އައްބާސް ޝަރީފަށް ރައީސްގެ އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމު ހަވާލުކޮށް ލިޔުން ދެއްވަނީ: އޭނާ ވަނީ ޕީޖީ ކަމުގެ މަގާމަށް ކުރިމަތިލައްވާފައި.
11 ސެޕްޓެމްބަރ 2024 - 18:17
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ އައްބާސް ޝަރީފުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ހަ ބޭފުޅަކު މަގާމަށް ކުރިމަތިލެއްވި ނަމަވެސް އައްޔަންކުރުމަށް ފޮނުއްވީ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސްގެ ނަން އެކަންޏެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުގައި ބާއްވާ ޖަލްސާއެއް މިރޭ އޮންނާނެ އެވެ.
އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަދި ބޮޑެތި ގިނަ މައްސަަލަތަކެއްގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް ކުރައްވައިފަ އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި އެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މިދިޔަ މަހުގެ 22 ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން އޭނާ ވަކިކުރަން ނިންމުމާ އެކު އެވެ.
އެކަމަކު އޭނާގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި، އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެކަމަކު ޝަމީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާގެ ކުރިން އޭނާ ވަނީ ސިޓީ ފޮނުއްވައިފަ އެވެ.
މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
،،،ހުސާންޓެ
13 September 2024
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް އަކީ ވަރައް އިހްލާސްތެރި ވަރައް ޖާބިލް ބޭފުޅެ
އަހްމަދު އާޒިފް
13 September 2024
ރައީސް މުއިއްްޒް ގެ ޗޮއިސް ވަރަށް ކަމުދޭ. ރަނގަޅު ހަމަ
ސުހާނާ
13 September 2024
އައްބާސް އަކީ ވަރަށް ގާބިލް ބޭފުޅެއް. ހައިކޯޓުގައި އުޅުއްވި އިރުވެސް މަސައްކަތަށް ވަރަށް ކަމޭ ހިއްތަވާ ފަރުވާތެރި ބޭފުޅެއް. ރަނގަޅު ހޮއްވެވުމެއް ކަމަށްފެނޭ. ވަރަށްޔަގީން ފައިސާ ނަންގަވާ ކަންކަން އަނބުރާލައްވާ ނުހައްދަވާނެ. ލާދީނީ ވިސްނުން ނުގެންގުޅުއްވާނެ.
އާޔަން އިސްމާޙް
13 September 2024
އައްބާސް ވާނެ ޕީޖީ އޮފީސް ހަމަޔަކަށް އަޅުވާނެ މީހާއަށް
ރީނާޒް
13 September 2024
ރަނގަޅު ޗޮއިސް އެއް. ޝަމީމް މެންނަވުރެ މާ ބޮޑަށް ވެސް ރަނގަޅު ވާނެ.
ރަފްހާން ރަޝީދު
13 September 2024
ރަނގަޅު މީހެއް މިއީ. މަރުހަބާ އައްބާސް.
އުއްތަމަ އައްބާސް
12 September 2024
މިއީ ޤާނޫނާއި ހިލާފް ނިންމުމެއް. ރައީސްއަށް ޖެހިވަޑައި ގަންނަވާނީ އެ 6 ނަންވެސް މަޖިލީހަށް ފޮނުވަން. ރަނގަޅަށް ޤާނޫން ވިދާޅުވެ ބައްލަވާ.
ސިމާގް
11 September 2024
ޕީޖީއޮފީސް ހަމައަށްއަޅުވާ ރައްޔިތުންގެ އިތުބާރާއިއޮފީހުގެގަދަރު އަލުން ހޯއްދަވާނެކަމަށްއުއްމީދުކުރަން
ކިޔު
11 September 2024
މަރުޙަބާ ޢައްބާސް ޝަރީފް! ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން.
ރޮކެޓޭ
11 September 2024
އާ ޕީޖީ އައިސް ކުނި ސާފުކުރާނެ ކަމަށް އުންމީދުކުރަން. އެކަމު ފަށަންވާނީ މޫދާ ހަމައިން