ކްރިމިނަލް ކޯޓު ކައިރީ ބަޔަކު މަޑުކޮށްލައިގެން.--
12 ސެޕްޓެމްބަރ 2024 - 10:16
ކުށުގެ އެކި ތުހުމަތުތަކުގައި މީގެ ކުރިން 99 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު ވައްކަމުގެ ތުހުމަތެއްގައި 100 ވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ވާރިޝް ޝަމްސުއްދީން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައިވާ ގޮތުން މިފަހަރު މީގެ ކުރިން އޭނާ ވަނީ 99 ފަހަރު ހައްޔަރުކޮށް އަދި އޭގެ ތެރެއިން 39 ފަހަރު ބަންދުގެ މުއްދަތު އިތުރުކޮށް، ބަންދުގައި ބަހައްޓައިފަ އެވެ.
ވާރިޝް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގައިވާ ގޮތުން އޭނާ މިފަހަރު ހައްޔަރުކުރީ ބަލައި ފާސްކުރި އިރު، ވަގަށް ނަގާފައިވާ އަތުކުރީ ހަތަރު ގަޑި އާއި ފޯނެއް ޖީބުން ފެނުމުންނެވެ.
ފުލުހުން ކޯޓުގައި އެހެން ބުންޏަސް ވާރިޝް ކޯޓުގައި ބުނީ ވައްކަންކުރި ކަމަށް ބުނާ ގެއަށް ވަނީ ރައްޓެއްސަކު ބުނެގެން ކަމަށާއި ފޯނަކީ މަގުމަތީގައި އޮތް ފޯނެއް ކަމަށެވެ. އެ ގެ އަށް ވަނީ ވައްކަން ކުރަން ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ވާރިޝްއަށް ވަނީ އަނިޔާތަކެއް ވެސް ވެފަ އެވެ. އެއީ ކިހިނެއް ލިބުނު އަނިޔާތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ. މި އަނިޔާތަކަށް ބޭސްފަރުވާކުރުމުގެ އިންތިޒާމް ހަމަޖައްސަން ފަނޑިޔާރު ވަނީ އަންގަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ޓިނޭ
12 September 2024
އަދިވެސް ރައްޔިތުންގެ ޓެކުސް ފައިސާ ބޭސް ކޮށްދީފަ، ކާންދީ ބަލަހެްޓަންވީތަ؟؟؟؟ އަތްކަނޑާލާ.. އޭރުން ތިމިމުނީ
ޗުސްޗުސް
12 September 2024
ގިނެސް ބުކް އޮފް ވާލްޑް ރެކޯޑަށް އަރުވަން ފެނޭ ސުމޯލް އައިލެންޑޔ ކެޓަގަރީން.
ކަޑަ
12 September 2024
ގައުމީ އިނާމް ދެންވާހިސާބަތިދިޔައީ
ކުރަފި
12 September 2024
ތިޔަކަން ފާހަގަކުރަން މިރޭ ވާނެ ހަވާއަރުވާފަ ބޭންޖަހަން.
ބޯހަލާކު00
12 September 2024
ހެޕީ ހަންޑްރެޑްތް.. ލެޓްސް ސެލެބްރޭޓް ވިތް އަ ކޭކް ...
ޛުނާ
12 September 2024
ދެރައީ މީނާޔަށް ޝަރަފުގެ އިނާމު ގައުމީ ދުވަހު ރައީސް ނުދެއްވިކަން.
ހައްގު.
12 September 2024
މީނައަށް ހައްގު.
ފެއިލްޑް ސަރުކާރު
12 September 2024
ކްރިމިނަލް ޖަސްޓިސް ސިސްޓަމް ވަނީ ބޮޑުތަނުން ފެއިލް ވެފަ
ދޮންނަ ކުނޑި
12 September 2024
މިގޮތައް ތަކުރާކޮށް ހައްޔަރުކުރެވޭ މީހުންގެ ކުށް ތަކުރާރުވާތީ ކުށުގެ އަދަބު ވަރުގަދަކުރެވި ހައްޔަރުކުރެވޭ މުއްދަތު އިތުރުކުރުމެއްވެސް ނޯވޭތަ. އެއްދޮރޯށިން ވައްދާފައި އަނެއް ދޮރޯށިން ނެރެލަނީތަ، ހާދަ ފައްކާ ގައުމެކޭ
ހާސަރު
12 September 2024
މިއަންނަ އަހަރު ގައުމީ އިނާމު ދޭންފެންނަނީ.
ރިއަލިޓީއަކީ
12 September 2024
މިފަދަ މީހުން މިތިބީ ވައްކަމަށާއި މަކަރު ހެދުމަށް ދެވި ހިފާފަ. އަދި މިނޫންމީހުންވެސް ބޭނުމީ ދާނުހިއްލާ ހަށިގަޑަށް ބާރެއްނުކޮށް މުއްސަދިިވާން، އެކިމީހުންގެ ސިކުޑީގެ ފެންފަރުންނާއި ލިބިފަހުރި ތައުލީމެއްގެ ފެންވަރުން ދަނީ މިގޮތައް މުއްސަދިވާން (ސުކޭމް، ވައްކަން، ފޭރުން، މަކަރުހެދުން، ވަޒީފާގެ ތިޖޫރި ހުސްކުރަމުން) މަސައްކަތް ކުރަމުން. މިރާއްޖޭގައި 50 ޕަސެންޓް ކުދިންކިޔަވައިގެން ފާސްނުވާއިރު ކުދިންނަށް މަސަައްކަތް ދަސްނުކޮށްދެންޏާ ވާނެއެތި ވަނީ