19 ސެޕްޓެމްބަރ 2024 - 20:47
އަންނަ ހޮނިހިރު ދުވަހު ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެދިއްޖެ އެވެ.
އެމްބަސީން ދިވެހިންނަށް ފޮނުވަމުން އަންނަ މެސެޖެއްގައި ބުނީ، ލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފައިވާ ކަމަށާއި ދިވެހިން ވެސް އެކަމަށް ސަމާލުވާން އިލްތިމާސް ކުރާ ކަމަށެވެ.
ބޭރަށް ނުކުމެ އުޅޭއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށާއި ގިނަ މީހުން ޖަމާވާ ތަންތަނާއި ވޯޓުލާ މަރުކަޒުތައް ކައިރިއަށް ވީހާ ވެސް ބޮޑަށް ނުދިޔުމަށާއި ދަންވަރުގެ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށް އެމްބަސީން އެދުނެވެ.
އެ ގައުމުގެ ފުލުހުން ނުވަތަ ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަން ވުމަށާއި ޒަރޫރީ ތަކެތި ދުރާލާ ހޯދުމަށް އެދޭ ކަމަށް ވެސް އެމްބަސީން ބުންޏެވެ.
ކުރިޔަށް އޮތް ހަފުތާ ބަންދު ދުވަސްތަކަށް ވިސްނައި، ވިސާއާ ގުޅުން ހުރި ކަންކަން ހަމަޖެއްސުމަށް ވެސް ލަންކާގެ އެމްބަސީން އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
20 September 2024
ލަންކާއައްވުރެ ބޮޑައް ދިވެހިން ދިވެހި ރާއްޖޭގަ އުޅޭއިރު މާބޮޑައް ސަމާލުވާންޖެހޭ. މިތަނު ގޭންގުތައް ރާންޖަހަނީ، ފޭރެނީ، ލޫޓުވަނީ، ވަޅިޖަހަނިީ، މަރަނީ، މަގުމަތީ ޑުރަގު ބޮއެ، ވިއްކަނީ، ބުލެކްމެއިލްކުރަނީ، އިންސާފެއް ނުލިބޭ.
ރަސްފަންނުން
19 September 2024
ޥ ރަނގަޅު މެސެޖެއް.... ތަފާތު