ކަސްޓަމްސް އިން ފާސްކުރިއިރު ފެނުނު ޑްރަގްސް
20 ސެޕްޓެމްބަރ 2024 - 16:08
ރާއްޖެއިން ބޭރުން އައި އުމުރުން ދުވަސްވީ ދިވެއްސެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިއްޖެ އެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ ހޯމަ ދުވަހު ސްރީލަންކަން އެއާލައިންސް އިން އައި 65 އަހަރުގެ ދިވެހި ފިރިހެނެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެއީ 349 ގްރާމްގެ ޑްރަގެވެ.
މީގެ އިތުރުން މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނުނު ކަމަށް ބުންޏެވެ.
އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހެރޮއިން، ސިންތެޓިކް ކެތިނޯން، ކެނަބިސް އަދި އެކްސްޓަސީއަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
ކަސްޓަމްސް އިން ފާސްކުރިއިރު ފެނުނު ޑްރަގްސް
އެ ފިރިހެން މީހާ ފާސްކުރިއިރު 349 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ. ޕޯސްޓުން ގެނައީ 582 ގްރާމްގެ ސިންތެޓިކް ކެތިނޯން އެވެ.
ކެނަބިސް އަދި އެކްސްޓަސީއާ އެކު، ޖުމްލަ އެ ތަކެތީގެ ބަރުދަނުގައި ނުވަ ކިލޯ ހުރި ކަމަށް އެ އިދާރާއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލަ ތަހުގީގުކުރަން އެ ފިރިހެން މީހާ އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަތޮޅޭ
21 September 2024
އަތުލާ ޑުރަގް ވަލު ދޮރާށިން ނެރި ވިއްކަނީތަ، މާލެ އާއި އަތޮޅުތެރޭގައި ވިއްކާ ރީޓެއިލަރުން މަދެއްނު.ވޭ ހައްތަހާވަނީގިނަ
ޑރގސ
20 September 2024
ޑްރަގް ޑީލަރުން ކުޅެނަި ރާޒުވާ. އުމުރު ހުސްވެފަ ހުރި މީހަކު އުމުރަަށް ޖަލަށް ލީމަ އޭނަ ޖަލުގަ އޮވެ މަރުވާނެ.
ދަނޑި މުޑި
20 September 2024
މަސްތުވާ ތަކެތި ޓްރާންފަރ ސެންޓަރ އަކަށް ދުނިޔެ މިހާރު ބަލާތަނެއް ދިވެހި ޤައުމަކީ. މިކަން ހުއްޓުވަންޖެހޭ. ހުއްޓުވޭނީ ހިތްވަރު ހުރި ދިވެހި ދަރިޔަކި ޤައުމުގެ ވެރިކަމާ ހަވާލުވެ ސިންގަޕޫގައި އޮތްކަހަލަ ޥަރުގަދަ ޤާނޫނެއް ރައްޔިތުންނަށް ޓަކައި ހަދައިދީ ތަންފީޛު ކުރެވުނު ދުބަހަކުން.
ގަދަނޫ
20 September 2024
ތިބުނާ ދަރިޔަކު އުފަންވާނެ ދުވަހެއް ފާލުބަލައިގެން އެބަބަލަން އިނގޭ..
އަލިކޮޔެ
20 September 2024
ހާދަ ގިނަ ވެޔޭ އެބަ މީއްޗެހި އެތެރެ ކުރާލެއް. ގިނަވާނުން ދޯ.. ސާބިތެއް ނުވޭ ވިއްޔަ. އަދަބު ބޮޑު ކުރާކަށް ނުވޭތަ؟
ޢެމް ބީ
20 September 2024
މިހާރު އުޅޭނެ ނުވަދިހައިގެ ކުރީކޮޅު ޕާޓޭވެގެން އުޅުނު މީހުން. އެމީހުން އުމުރުން 60 ގައި އުޅޭނީ.
އައިމިނާ
20 September 2024
65 ވެއްޖެއޭ ބުނީމަ ބައެއް ފިރިހެނުން ރުޅިގަދަވެ ލޭމައްޗަށްދާ ވާހަކަ އަޑުއަހަން
ކޮރަލް
20 September 2024
ބޭނުން ކުރާ މީހުން މާ ގިނަ ވެއްްޖެ އެވެ. އެކަމަށް ހައްލެއް ހޯދަން ވީ އެެވެ.
ފޮނިފޮނިޓައްޕު ކުމާރު
20 September 2024
ބޭބެގަނޑަށް ބަޔަކު ލަނޑެއްދިނީތޯ މީ ވަރަށް ޚައްސާސްކަމެއްގޮތުގާ ބަލަންޖެހޭ ކަމެއް.
ކޮބާ
20 September 2024
އަދަބު ހަރުކަށިކުރާކަށް ނުވޭތޯ؟
ދުމްމ
20 September 2024
65 ވެފަ ހުއްޓަސް ހަމަ ފިސާރި ބޭފުޅެއް ދެއްތޮ؟
1222
20 September 2024
އެކަށީގެންވޭ ދޯ އެހެން މީހަކު އޭނަ ފޮއްޓަށް ލީ އެއްޗަކައްވުން.