އައިޖީއެމްއެޗް-- މިހާރު ފައިލް ފޮޓޯ
25 ސެޕްޓެމްބަރ 2024 - 10:47
ނޭވާލާ ނިޒާމަށް ޖެހޭ ވައިރަހަކުން ޖެހޭ ބައްޔެއް ފެތުރުން އިތުރުވާތީ، ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ފެތުރުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށާއި މި ވައިރަސް އާންމުކޮށް ފެތުރެނީ ކުޑަކުދިންގެ މެދުގައި ކަމަށެވެ.
މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޮޑަށް ނުރައްކާވާ ވައިރަހެކެވެ.
އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު ގާތުން މޮނިޓާކުރަމުން އަންނަ ކަމަށެވެ.
މި ވައިރަހުން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ގިނައިން އަތް ދޮވެ، މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި މާސްކު އަޅައި ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ބަލިން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް އެދިފައިވެ އެވެ.
ހުން އައިސް، ކެއްސައި، ނޭވާލާ ލުމަށް އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ދިމާވާ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އިދާރާއިން ބުނީ މި ބައްޔަށް ފަރުވާ ހޯދުން އަވަސްކޮށްފި ނަމަ ބަލިން ސަލާމަތް ވުން އަވަސްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލީ
25 September 2024
މާލޭގެ މަގުތަކުގެ ބޮޑުބައެއް ވަނީ ބުޅަލުގެ ނަޖިހުން ފުރިފައި. އެ ނަޖިސް ނައްތާލާނެ ބަޔަކުނުވޭ. މަގުތަކުގައި ހިގަންޖެހެނީ ނޭފަތުގައި އެއްޗެއް އަޅައިގެން ވަސްނުދުވާ ގޮތްހަދައިގެން. ބުޅަލުގެ ނަޖިހުން އެތައް ބައްޔަކަށް މާލޭގައި އުޅޭ މީހުން އެބަ ހުށަހެޅޭ. ދިސް އިސް ދަ ގޮނޑު ކެޕިޓަލް މާލެ....
ސަންފާ މަނިކެ2
26 September 2024
މިއީ ބުޅަލުގެ ނަޖިހުން ފެތުރޭ ބައްޔެއް ނޫން
ކޮގަފި
26 September 2024
މި ޖެހެނީ ބުޅަލަކުން ނޫން، އިންސާނުންގެ ފަރާތުން
ސަފިއްޔާ
26 September 2024
ބުޅާ ބަހުސް އެކަނިތަ؟ މަގުގަ އަޅާފަ ހުންނަ ގަލަށް ވުރެ ބޭރުމީހުން ޖަހާފަ ހުންނަ ކުޅު މަގުމަތީ ގިނަ، އޭގެ މައްޗަށް ނާރާ ހިންގޭނެ ގޮތެއް ނެތް، މަގެއް މައްޗަށް ނުކުމެއްޖިއްޔާ އެ ހިފައިގެން ގެޔަށް އަންނަން ޖެހެނީ.
ހައްޖަ.
25 September 2024
ބަލި ނުޖެހުނިއްޔާ ދެރަ.އިރު އަރާ ތަނުން ކުނިތައް މަގުމަތީގަ ބުޅަލާ މީދާތައްކޮތަޅުތައް ފަޅާ މަގުމައްޗަށް އަޅަނީ.ދުވާވަހުން ނޭވާ ލާން ނުކެރޭ.ބޯހަލާކު މީވާ ރާއްޖެ އެއް.
ހަބީބު.
25 September 2024
ދުނިޔެ އާރާސްތުކުރި މީހުން ނައްތާލާފަ ހައެއްކަ ބޮޑުން ދުނިޔެ ކާން އުޅޭހެން ހީވޭ އެމީހުން ހީކުރަނީ މަގޭ ބޮލުގަ މީނީ މީދާކޭ އުނބެއްކަމައްތަ
ބައްޔެއް
25 September 2024
ނަމެއް ނެތް.. ބައްޔެއްް
ކޮވިޑް 19
25 September 2024
ތިހެން ކިޔާފަ، އެ މީހުން ފޮނުވާ ވެކްސިން އަޅުގަނޑުމެންގެ ދަރިންގެ ގަޔައް ނުޖެހުން އެދެމެވެ.