ސައިކަލެއްގެ މަޑިދަށުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކުރި މީހާ: އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފައި --- ފޮޓޯ: ޕޮލިސް
28 ސެޕްޓެމްބަރ 2024 - 22:36
މާލޭގައި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބިދޭސީ މީހާ، އޭނާ ފްރޭމްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
މި މަހު 14 ވަނަ ދުވަހު ފުލުހުން ވަނީ ސައިކަލްގެ މަޑިދަށުން 442،750ރ. ނެގި މައްސަލާގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ޖަހަންގިރް އާލަމް ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި އޭނާ އަދިވެސް ހުރީ ބަންދު ކޮށްފަ އެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާ އެ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސީސީޓީވީ ވީޑިއޯ އިން އޭނާ ސައިކަލެއްގެ މަޑިދަށް ހިއްލައިގެން އެއްޗެއް ނަގާތަން ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ނަމަވެސް ޖަހަންގީރު ބުނާގޮތުގައި އެއީ ވިޔަފާރީގެ މައްސަލާގައި އޭނާ ފްރޭމް ކުރީ އެވެ. އަދި ވީޑިއޯ ފުޓޭޖުން ފެންނަނީ އޭނާ މަޑިދަށުން ފައިސާ ނަގާ މަންޒަރު ނޫން ކަމަށް ވެސް އޭނާ ބުނެ އެވެ.
އޭނާގެ ވަކީލުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ މައްސަލާގައި ފުލުހުން ސުވާލު ކޮށްފައި ނުވާ ކަމާއި ތަހުގީގު ލަސްވަމުންދާ ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގައި ދެ މީހުންނާ ކައިވެނި ކޮށްގެން ތިން ދަރިން ލިބިފައިވާ އަދި ގަވައިދާ އެއް ގޮތަށް އުޅެމުން އަންނަ ބިދޭސީއެއް ކަމަށް ވަކީލުން ބުންޏެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފަ އެވެ.
ޖަހަންގިރާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިރުމީނާ
30 September 2024
ނޭގޭ ވާހަކަ ނުދައްކާ ތިބެބަލަ
ހަމްކޯދަރި މުންނު
30 September 2024
މީނަގެ އާއިލާމީހުން ދުރުތަނު ތިމާގެމީހުން ހެންވޭރު ޕޫނަމުސަރަހައްދުގަ އެކިފިހާރަ ދިވެހިންގެނަމުގަ އެބަހިންގާ މިކަންކުރުވަނީ ކުރަނީ ކަންނެތް ފުރަމާލޭމީހުން ސާފުހެކި ހުރެގެންމިހެން މިބުނަނީ، މީނަބަންދު ކުރީމަ އަޅުގަނޑު މީނަގެ އާއިލާ ނެންބަރަކާ ބައްދަލުކުރިން ބުނީ ލޯޔަރަކުނަގާފަޔަވީ ދެއަނބިން ހުންނަނީ ދަރިން ހުންނަނީ އެއްކަމެއްވެސް ނުކުރެވޭނެޔޭ ދޫކޮއްލަންޟޭޖެހޭނީ…
އަހުމަދު
29 September 2024
މީނަ އިނގޭ. އެ ބުނާހެން މާ ކުރިން ދިވެހި މީހަކާ އިނދެ ދަރިން ހުންނާނެ. ކާމް ހޮޓެލް އަނެއް ކަންމަތީގަ ހުންނަ ކުޑަ ފިހާރަ އެއީ މީނަގެ ތަނެއް. ކުޑަ ވިޔަސް ވަރައް ވިޔަފާރި ވާ ތަނެއް އެއީ. އެހެންވެ ހަމަ ވެދާނެ އެ ބުނަނީ ދެދުކަމައް, ވައްކަން ކުރަން ޖެހޭނެ ހެޔެއް ހިޔެއް ނުވޭ! ވަރައް ފޮނި ވާނެ އެކަމަކު!
ޑަސްތޫރު
29 September 2024
އެއްވެސް ބިދޭސީއަކު ޤަވާޚިލާފަށް ވިސާފީ ނުދައްކާ އުޅުމުގެ ފުރުސަތު ދީގެންނުވާނެ. އިންޑިޔާގަ މިހުރީ ތިޔަވިސާ ނުދާއްކާ ގުޑުވާނުލެވޭ.
ސަލީމާމިސް
29 September 2024
ގަވައިދާ ޚިލާފަށް ގެސްޓް ހައުސް ހިންގާމީހެއް މާލޭގަ. އޭގެން އެއް ގެސްޓްހައުސައަކަށް އަންނަ މީހުންގެ މޯބައިލް ފޯނުތައް ވަރަށް ގިނައިން ގެއްލޭނެ ރޭގަނޑު ނިދާފަ މީހުން ތިއްބަ. ކެމެރާ ހަރުކުރަން ފުލުހުން އެންގީމަ ބުނަނީ ދިވެހި ބޮސް ކައިރީ ބުނާނަނޭ. ފަހުން އެނގުނު ގޮތުގަ މީނައަކީ ބޮސް. އޯޮޅުވާލައިގެން އުޅެނީ.
ގާޅީ
29 September 2024
މި މީހުން މިޤައުމަށް އަތްގަދަކުރަމުންދާވަރު ސަރުކާރަށް އެބަފެނޭތޯ؟ މިހާރު އެމީހުންގެ ދަރިފަސްކޮޅެއް މިތަނުގައި ޤާއިމްކުރަމުން އެދަނީ. މިޤައުމުގެ ނަންވެސް ބަންގާޅީ ނަމަކަށް ބަދަލުކުރާނެ މިވަރުން ދަންޏާ
ރަނގަޅެއް
29 September 2024
ގިނަ ވިޔަފާރިކުރެވޭނީ ގިނަމީހުންނާއި އިނީމަތާ!
ހިތަދޫ ހުސެން
29 September 2024
ވީޑިއޯއިން ކިހިނެތް އިނގެނީ މަޑިދަށުން ނެގީ ފައިސާކަމެއް ނުވަތަ ނެގި އެއްޗެއްގެ ތެރޭ ހުރީ ކޯއްޗެއް ކަމެއް. ވެދާނެ ތެދަކަށް އޭނާގެ ވިޔަފާރި ފޭރިގަންނަން ކަމަށް، މަ ދަންނަ މީހެއް ތީ. އިންސާފުން ތަހުގީގު ކުރަންވާނީ.
ހުރާލު
29 September 2024
ބިދޭސީންނާ އިންނަ މީހުންނަށް އާސަންދާ އަދި ސަބްސިޑައިސް ޕަބްލިކް ހައުސިން ކަނޑާލަން ވޯވީ. މިހާރު މިކުޅިވަރު ބޮޑު ވިޔފާރިއަކަށް މިކުޑަކުޑަ ގައުމުގާ ވެއްޖެ. މީމީހިންގެ ވީސާ ތިންމަހިން ރިވިއުކޮއް ގައުމަށް ވާގެއްލުން ދިރާސަކޮއް ހަރުކަށި ގަވައިދުތަކެއް ގެން ގުޅެން ވެއްޖެ. އެހެން ނޫނީ މިރާއްޖެ މިވެރިން ހިސޯރު ކޮއްފާނެ.
ބާބް
29 September 2024
ބިދޭސީން ދިވެއްސަކާ އިނަސް އަދި އާސަންދައެއް ނުލިބޭނެ. އާސަންދަ ލިބޭނީ ދިވެހި ރައްޔަތަކަށް ވީމާ.
ޔާމިން އަލް ބަންގްލަދޭށީ
29 September 2024
އޭނާގެ ވަކީލުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ މައްސަލާގައި ފުލުހުން ސުވާލު ކޮށްފައި ނުވާ ކަމާއި ތަހުގީގު ލަސްވަމުންދާ ކަމަށެވެ. ވަކީލުންގެ ޓީމް: ޔާމިން ލެވެލް ބޭކަލެއްދޯ؟ 2 އަނބިންނާއި 3 ދަރިން: ނޫނޭވާ އިންވެސްޓްކުރަން އެނގޭ. އާމްދަނީ ހޯދަނީ ކިހިނެތް؟