މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންތަކެއް.
03 އޮކްޓޯބަރ 2024 - 14:45
މާލޭގައި ދިރިއުޅޭ އަންހެނުންގެ ހާލަތު ބެލުމަށް މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ނުކުންނަން ނިންމައިފި އެވެ.
އެ ކޮމިޓީން މިއަދު ބުނީ، އޭގެ މަގްސަދަކީ "އަންހެނުންގެ ހާލަތު މިއަދަށް ވުރެ މާދަމާ ރަނގަޅުވުން" އަށް ކުރާ މަސައްކަތުގެ ދަށުން ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އެ ހަރަކާތުގެ ބޭނުމަކީ އާމްދަނީ ހޯދުމާއި އަންހެނުންގެ ތަރައްގީ އަށް އެކިއެކި ހަރަކާތް ހިންގުމަށާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މައުލޫމާތު އެއްކުރުން ކަމަށް އެ ކޮމިޓީން ބުންޏެވެ.
މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމާއި މަތީ ތައުލީމު ހާސިލުކުރުމަށް ފަހު، ވަޒީފާތަކަށް ނުގޮސް ތިބޭ އަންހެނުން ދެނެގަތުމާއި އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަކީ ވެސް މި ހަރަކާތް ކުރިއަށް ގެންދާ މަގްސަދުތަކެވެ.
އެ ކޮމިޓީން ބުނި ގޮތުގައި މި މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އާދިއްތަ އަދި ބުދަ ދުވަހު ދެ ދަންފަޅިއަކަށް ބަހާލައިގެން އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެ ކޮމިޓީން ބުނީ އަންހެނުންގެ ހާލަތު ބެލުމުގެ މަސައްކަތް މާލޭގެ 18 ދާއިރާގައި ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
03 October 2024
ދައްތާ ވަރަށް ފަހުންނެންނުން ތިބޭފުޅުން ބޯހިމެނީ، އޭގައި ތިހުރިހާ ވާހަކައެއް ހުންނާނެއެއްނުން. ދެން އިތުރު ކޮން ބޮޑު ޚަރަދުގަޑެއް ކުރަން ތިއުޅެނީ؟ އޭރު ތިބޭފުޅުން އައިސް ނުކުރާ ސުވާލެއް ނެތް. ކިތައް އަނބިން ތިބޭހެއްޔޯ؟ ގާލް ފުރެންޑެއް އުޅޭހެއްޔޯ އެ ސުވާލު އެކަނި ނުކުރަނީ..
މާލޭ ލައިފް
03 October 2024
އާދޭ. އަހަރެންގެ އަންހެނުންވަރަށް ބަލި. ފަސްކުދިންގެ މަންމަ. ރާއްޖެތެރޭން އައިސް މިތިބެނީ ދަރިންނަށް ކިޔަވަދެން. ރަށުގައިރު އުޅުނުއި އެކުދިން ވަރަށް ބަސްއަހާ ވަރަށް ކިޔަމަންތެރި. އެކަމަކު މިތަނަށް އައިފަހުން ނޭގޭ ވީގޮތެއް. ވޭޕްކުރަނީ އޯ، ޓީޗަރަކުބުނި. އެހެންވީމަ އަބުރާ ރަށަށްދާން ގަސްތުކުރަނީ. މީ އިންސާނުންނަށް އުޅޭވޭވަރުތަނެއްނުން. މަގުމަތިން ޕާޓޭން ގަޔަށް އަތްލަނީ. އެންމެ ކުޑަމީހާ މިތަނަށް އައިފަހުން ނޭވާ ހިއްލުމެއް ރަގަޅެއްނުވި.
މާޔާ.
03 October 2024
ބައި ގަރުނާއި ރަން 30 ފައިބައިގެން ދިޔައިރު ވެސް ދުވަހަކު އަހަރަމެންގެ ހާލު އަހުވާލު ބެލި އައުލާދެއް ނެތް!މިހަާރު ސެލޫނާއި މޭކަޕު ސާމާނު ގެ އަގު ވެސް އިންތިހާ އަށްބޮޑު