ރައީސް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު އޮތް ރަސްމީ ވާހަކަތަކަށް ފަހު ދެ ބޭފުޅުން ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
07 އޮކްޓޯބަރ 2024 - 13:37
އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދޭން މިއަދު އެއްބަސްވެއްޖެ އެވެ.
ކަރަންސީ ސްވޮޕްގެ އެއްބަސްވުން ދެ ގައުމުގެ ދެމެދުގައި ބަދަލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުކުރެއްވުމަށް ފަހު އެވެ.
އިންޑިއާ އިން 400 މިލިއަން ޑޮލަރުގެ ސްވޮޕްގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެ އެވެ. އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވާނެ އެވެ. އިންޑިއާ އިން މިހާރު ވެސް އަންނަނީ ހާއްސަ އަގުތަކެއްގައި ރާއްޖެއަށް ގިނަ ބާވަތްތަކެއް އިމްޕޯޓު ކުރަމުންނެވެ. އޭގެ ތެރޭފައި ހިމެނެނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެލި ހިމެނެ އެވެ
ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީން ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވެ، ރިޒާވް އިތުރު ކުރެވޭނެ އެވެ.
ރައީސް މުއިއްޒު އިއްވެވި ބަޔާނުގައި ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމާ ގުޅޭ ގޮތުން ސްޓޭޓްމަންޓެއް ދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި މި ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދީފައި މިވަނީ ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި ޑޮލަރުގެ ތާށިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
މާލީ ދަތިކަމާ ހެދި، ރާއްޖޭގައި ބޭނުންކުރެވޭ ރިޒާވް ވަނީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅެވެ. އެކަމަކު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. -- ފޮޓޯ | ރައީސް އޮފީސް
އެ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމުގެ މަޝްވަރާތައް ދެ ބޭފުޅުން ކުރެއްވި އެވެ.
ރައީސް އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅާ ގުޅޭ ގޮތުން ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާވާ ކަންކަން މި ދަތުރުން އިތުރަށް ފުރިހަމަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީދީ
08 October 2024
އަފީފު ދީދީ ހާދަ ފޯރިއެއް އެބަހުއްޓޭ އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ހުޅުވަން އުޅޭތީ އަނެއްކާ އަފީފު އާއި މިކަމާއި އޮތީ ކޮންކަހަލަ ގުޅުމެއް
މަމްނޫހް
08 October 2024
ބަޔަކު މީހުންނަށް ނިކަން އަސަރެއް ކުރާނެ މިއަދު. އެމްޑީޕީ މީހުންނަށް ހިވާކަހަލަ އެމީހުންނަށް އެކަންޏޭ އިންޑިއާ އާ ގާތް ގުޅުން އޮންނަނީ.. ބަލަ އަހަރުމެންގެ ޓާމްސްތަކަށް އެއްބަސް ވެފަ މި އަދު މި 400 މިލިއަން މި ހޯދީވެސް. އިންޑިއާ ސިފައިންވެސް ތިބޭނީ ބޭރުކޮށްފަ
ހުމައިޝް
08 October 2024
ޔާމީނޫ ފެނޭތަ ގައުމުތަކާ ގުޅުން ބާއްވާ ގޮތް. މުއިއްޒު ކައިރިން ދަސްކޮށްބަލަ. އިންޑިއާގެ ސިފައިންވެސް ބޭރުކޮށްފަ އަހަރުމެންނަށް ބުނި ވަރަކަށް ލާރިވެސް މިދެނީ.. މީ ފެނިގެން ދަނީ މުއިއްޒު އާ ޔާމީންގެ ތަފާތު، ވެރިކަން ކުރަން އިގުމަކީ މީ،. އަދި ކޮބާ ޗައިނާވެސް ގާތް ގުޅުން ބާއްވަމުން އެގެންދަނީ
ފިރާގް
08 October 2024
އަހަރުމެން އަބަދުވެސް އިންޑިއާއިން ދޭ އެހީތައް ބަލައިގަންނަން. އަހަރުމެން ނޫނެކޭ ބުނަމުން އައީ އިންޑިއާގެ މިލިޓަރީ ސިފައިން މިތާތިބޭ ތިބުމަށް. އެކަން ނިމުމަކަށް ގެނެވިއްޖެ
ދިސްވޭއިން
07 October 2024
ކަރަންސީ ސްވޮޕް އެއީ ވެސް ކުރުމުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ލޯނެކޭ މީގައި އަދު ޑޮލަރަށްވާ ބަރޯސާ ބޮޑުވެ އެސްބީއައިގެ ބާރު ރާއްޖޭގެ ބޭންކިންގް ނިޒާމްގައި ގަދަވުމުގެ ނަތީޖާ އަކީ ބީއެމްއެލް ކޮލަޕްސް ވުމޭ ހަގީގަތުގައި ކަރަންސީ ސްވޮޕް ހަދާނަމަ ހަދަންޖެހޭނީ ބީއެމްއެލް އާއި އެކު އެކަނި އިންޑިއާ ރުފިޔާ އަށް ރާއްޖޭގެ ރުފިޔާ އިށް ވިޔާފާރި ކުރުން އެއީ ވެސް ނުރައްކަލެކޭ އިންޑިއަން ރުޕީސް އަކީ ވަރަށް ބޮޑަށް ފްލަކްޗުއޭޓްވާ އެއްޗެކޭ...
ތިންބިބީ
08 October 2024
ރަނަގަޅު އެއްގޮތެއްވެސް ނެތްތާއޭ ތިބާމެން މިއޮންހާދުވަހު ކީ ލަވަޔަކީ ރާއްޖެ ބަގުރޫޓުވާނޭ ދަރައްޏެއް މިސަރުކާރަކަށް ނުދެއްކޭނޭ އަދި ޑޮލަރުވެސް މަތިވަމުން ގޮސް 25 ރުފިޔާއަށް އަރާނޭ ލޯނެއް ދޭނެ ބަޔަކުވެސް ނުވާނޭ، އޭހީގެ އަތެއް ދިއްކޮއްލާނެ ގައުމެއްވެސް ނުވާނޭ.
ރަސްޕަރީ
07 October 2024
ފާޑުފާޑުގެ ނަންކިޔާފަ އަނެއްކާވެސް ދިވެހިންބޮލުގަ 400 މިލިއަން ޑޮލަރުގެ ދަރަންޏެއް މިސަރުކާރުންމިއެޅުވީ
ކޮރަލް
07 October 2024
ސްވޮޕް މީ އޮޅުވާލަން ބޭނުން ކުރާ ބަހެއް ހެއްޔެވެ؟ ފައިސާ ދިނީ ހެއްޔެވެ؟ ނޫނީ ލޯން އެއް ދިނީ ހެއްޔެވެ؟ މިހާރު ވެސް ލޯން ތައް އުޅެނީ 100 ބިލިއަނުން މަތީގަ އެވެ. ދަށަކަށް ނުދެ އެވެ. 5 ލައްކަ އުޅޭ ގައުމެއްގަ 2 މިލިއަނާ ގާތް ކުރާ އަދަދަކަށް ޓޫރިސްޓުން އެބަ އާދެ އެވެ. ފައިސާ ލިބެ އެވެ. އެއަށް ހަދާ ގޮތެއް ނޭނގެ ނީ އެވެ.
އަހަންމަދާ
07 October 2024
ބަރާބަރު. ރައީސް މުއިއްޒުވަރުގެ ހިންގުންތެރި ވެރިއަކު މި ގައުމު ނުދެކޭނެ. އިންޑިއާ ސިފައިން ރާއްޖެ ބާލާފަގޮސް އިންޑިއާއާ ގުޅުން ވަރުގަދަކޮށް ލޯން ހޯދާ އަދި އިންޑިއާގެ އެހީތެރިކަން މި ގައުމަށް ލިބިގެންދާނެ. މަރުހަބާ ރައީސް ދެންވެސް ހަމަ ރައީސް މުއިއްޒު
ކުޑަޅިޔަނު
07 October 2024
https://mihaaru.com/business/58907 މިލިންކު ކިޔާލަބަލަ
ލަދުވެތި
07 October 2024
ލަދު މީ ދިވެހިންގެ ކިބައިގައި ނެތް ކަމެއް މިހާރު
މާމަަ
07 October 2024
ބޮޑު ސޯބު އެނބުރޭގޮތަށް ކުދިސޯބުތައް އެނބުރޭނީ.