ހުޅުމާލެ ދޭއްގައި ހުޅުވި ސަލާހުއްދީން ސްކޫލްގެ ކުދިން އެސެމްބްލީގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
15 އޮކްޓޯބަރ 2024 - 18:02
އަންނަ ދިރާސީ އާ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ބޭނުންވާ ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާއިރު، މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށެވެ. ފޯމު ހުށަހަޅާނީ https://myoffice.moe.gov.mv/forms/id/2 އަށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 15 އެވެ. އެ ދުވަހަށް ފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެހެންކަމުން، މިނިސްޓްރީން ވަނީ ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސް ކޮށްފަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިހާ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ، މީގެ ކުރިން އެކަށީގެންވާ މުއްދަތު ނެތިގެން ކުދިިންނަށް ސްކޫލު ބަދަލުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ކަމަށެވެ.
"މި ފަހަރު ދަރިވަރުންނަށް ކުރިން އެނގޭނެ ކޮން ސްކޫލަކުންކަން ޖާގަ ލިބެނީ. އޭރުން އެ ދަރިވަރުން އެ ސްކޫލަށް ގޮސް އެ ކުއްޖެއްގެ ކްލާސް އެނގި، އިންޓްރޮޑިއުސް ވުން މިފަހަރު ކުރިއަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ގްރޭޑު އެކަކުން ކުރިން ޖާގަ ދެނީ އެ އަހަރެއްގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރުންނަށެވެ. ނަމަވެސް ދިރާސީ އަހަރު އޮގަސްޓުގައި ފަށާގޮތަށް ބަދަލުކުރުމުން މިދިޔަ ދެ އަހަރު، ގްރޭޑް އެކަކަށް ވެއްދީ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މި ހިނގާ 2024 ގެ ދިރާސީ އަހަރު ނިމޭނީ އަންނަ ފެބްރުއަރީ މަހު އެވެ. ދެން އަންނަ 2025 ވަނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް ހަވަނަ ދުވަހެވެ.
ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ޖެނުއަރީގައި މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.
އެގޮތުން، 2024-2025 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު [އޭޕްރިލް 6، 2025] ބަދަލުވާނީ ގްރޭޑް 1 އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުޑު
16 October 2024
ޑިގްރީތައް ހަދައިގެން އަޅުގަނޑަކަށް ވަޒީފާއެއް އުޅެ އުޅެ ހަމަ ނުލިބުނު. އަލުން ގްރޭޑް އެކަކުން ފަށަންވީކަންނޭގެ ގޭގަ މިހެން ނޯވެ. އެޕްލައި ކޮށްލާނަން މި ބުރުގަ. ވިޝް މީ ލަކް ގާއިޒް.
ސޯފީ
16 October 2024
އާދޭ ، އާދޭ ، އެންމެ މިތަނަށް އާދޭ!!
ޕޭރެންޓް
16 October 2024
ކުދިން ސްކޫލު ތަކަށް ވެއްދީމަ ނިމުނީއެއް ނޫން.. ސްކޫލުތަކާ ޓީޗަރުން ޒިންމާދާރު ކުރުވަންވީ މިނިސްޓްރީއިން. އަހަރު ނުނިމެނީސް ޓީޗަރުން ބަދަލުވާ މައްސަލަ މިހާރު ވަރަށް ބޮޑު.. ކުދިންގެ ކިޔެވުމަށް ދިމާވާ ވަރަށް ބޮޑު މައްސަލައެއް.
ގޯލްޑިލޮކްސް
16 October 2024
ކޮވިޑް ތެރޭގައި ޕްރީސްކޫލްގައި ތިބި ބައެއް ކުދިން (ޖެނުއަރީ-އޮގަސްޓަށް އުފަންދުވަސް އަންނަ ކުދިން) އެއް ގްރޭޑް ނުނިންމައި އަނެއް ގްރޭޑަށް ބަދަލުކުރި. މިހާރު މި ގެނައި ބަދަލާއެކު އެކުދިން ކޮންމެ ގްރޭޑަކަށް ވެސް ދާނީ އުމުރު ހަގުކޮށްތާ. މިހެންވާނަމަ އެކުދިންނާ އެއް އުމުރުގެ ދެންތިބި ކުދިންނަށް (އޮގަސްޓް- ޑިސެންބަރަށް އުފަންދުވަސް އަންނަ ކުދިންނަށް) މިދައްކަނީ ގެއްލުން ނޫންބާ؟ ހަމަހަމަކޮށް ކަންކަން ހަމަޖައްސަވާ!
މުޙައްމަދޫ336365232
15 October 2024
1 ޖެނުއަރީ 2025 ގައި 6 އަހަރު ފުރޭ ކުއްޖެ ވިޔާ ކިހެނެތޯ ހަދާނީ
މީހާ-
15 October 2024
މަޑުކޮއްލަން ޖެހޭނީ ޖެހިގެން އަންނަ އަހަރަށް
އއއއއ
15 October 2024
އެލްކޭޖީ އެއްް ނޫން ޔޫކޭޖީ ދޯ؟