ފުޓްބޯޅަ ސްކޫލްގެ ބިމުގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ހަދާފައިވާ އެކޮމެޑޭޝަން ބްލޮކް: ފުޓްބޯޅަ އެކަޑަމީއާ ގުޅޭ އެއްވެސް އެހެން މަސައްކަތެއް އެ ބިމުގައި ކޮށްފައެއް ނުވޭ
18 ނޮވެމްބަރ 2024 - 14:06
ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލޭން އެފްއޭއަމަށް ދިން ބިމުގެ މައްސަލައިގެ ސީރިއަސްކަން ބޮޑުކަން ސަރުކާރުގެ ސަމާލުކަމަށް އަތުވެއްޖެ ކަމަށް، އެފްއޭއެމްގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ފުޓްބޯޅަ ސްކޫލް ހަދަން އެފްއޭއެމަށް ދިން ބިމަށް، އެ އެސޯސިއޭޝަނުން ކުލި ނުދައްކާތީ އެ ބިން ވަނީ އެފްއޭއެމްގެ އަތުން ނަގަން ނިންމައިފަ އެވެ. އަދި އެ ބިމުގައި ވިޔާފާރި ކުރުމަށް ހާއްސަ ކުރި ތަންތަނުން އެ ކުންފުނިތައް ނެރެ ބިން ހުސް ކުރުމަށް ވެސް އެޗްޑީސީން ވަނީ މީގެ ކުރިން އެފްއޭއެމަށް އަންގައިފަ އެވެ.
އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން، ހަދާފައިވާ އެއްބަސްވުންތައް ހުރި ގޮތުން އެ ތަންތަން އެ ކުންފުނިތަކުން އަތުލާނަމަ ބޮޑު ބަދަލެއް އެފްއޭއެމުން ދައްކަން ޖެހޭނެ ކަމަށް ޒުހޫރު ވިދާޅުވެފައި ވެ އެވެ. އޭނާ ވިދާޅުވި ގޮތުން އެހެން ވެއްޖެނަ އެފްއޭއެމްގެ ދަރަނީ އެތައް ސަތޭކަ މިލިއަނަކަށް އަރައިގެން ދާނެ އެވެ.
އެ ބިމުން ވިޔާފަރީގެ ގޮތުގައި އަށް ކުންފުންޏަކަށް ބިން ދޫކޮށްފައިވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި ބަދަލު ދޭން ފީފާއިން ފައިސާ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފައިސާ އެފްއޭއެމުން ދައްކަން ޖެހިއްޖެނަމަ ލިކުއިޑިޓޭޝަނަށް އެ އެސޯސިއޭޝަން ހިނގައްޖެ ކަމަށް ކަނޑައަޅައި ފީފާއިން ރާއްޖެ އަށް އެހީ ދިނުން ހުއްޓާލާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވެފައި ވެ އެވެ.
Hulhumale bimuge massala hallu nuvejje nama FAM bangurootu vedhaane!
The most trusted news source in the Maldives
Mihaaru
ހުޅުމާލޭ ބިމުގެ މައްސަލަ ހައްލުނުވެއްޖެ ނަމަ އެފްއޭއެމް ބަނގުރޫޓުވެދާނެ!
އޭނާ އެ ވާހަކަ ދެއްކެވި ފަހުން، މިހާރު ކުޑަ އުއްމީދެއް ލިބިއްޖެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"މައްސަލައިގެ ސީރިއަސްކަން ކިހާ ބޮޑުކަން ސަރުކާރުގެ ސަމާލުކަމަށް އަތުވެއްޖެ. އެއީ ހިތްހަމަޖެހުމެއް،" ޒުހޫރު، "މިހާރު" އަށް ވިދާޅުވި އެވެ.
"އެ ހިތްހަމަޖެހުމުގައި މުޅި މައްސަލަ ހައްލުވީކަމަށް އަދި ނުބެލެވޭނެ. ކުރިން އޮތް ގޮތަށް އެފްއޭއެމްގެ ބިމެއްގެ ގޮތުގައި އަނެއްކާވެސް ހަމަޖެހިގެން ދިޔައީމަ ހިތްހަމަޖައްސާ ލެވޭނީ. އެކަން ހަމަޖެހިގެން ދިއުމަށް މަރުހަލާތަކެއް ހިނގާނެ ކަމަށް އަޅުގަނޑަށް ބެލެވެނީ."
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގައި ފުޓްބޯޅައިގެ ވާހަކަ ދެއްކެވުމުން ބިމުގެ މައްސަލައިގައި ވެސް އަދި އެފްއޭއެމް މިހާރު އޮތް މިހާލަތުން ނެގުމުގެ މަސައްކަތުގައި ވެސް އުއްމީދު ލިބިފައިވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
ޖްމްހޫރި ދުވަހުގެ މުނާސަބަތުގައި ދެއްވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގައި ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ފުޓްބޯޅަ ނަގައި ކޮޅަށްޖެހުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް. އަޅުގަނޑުމެންގެ އެންމެ ގިނަ މީހުން ކުޅޭހިތްވާ ކުޅިވަރު ފުޓްބޯޅަ، އަޅުގަނޑުމެންގެ ތެރޭގައި ވަޅުޖެހިފައި އޮތީ. އެހެންވީމާ ސަރުކާރުން ދެވެން އޮތް އެހީތެރިކަމެއް ދީގެން އަނެއްކާވެސް ފުޓްބޯޅަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވެފައި ވެއެވެ.
ހަމަ އެ ދަނޑިވަޅުގައި ސްޕޯޓްސް މިނިސްޓަރު އަބްދޫފ ރާފިއު ވެސް ގުޅުއްވައި މައްސަލައިގެ ސީރިއަސްކަމުގެ މައްޗަށް ވާހަކަ ދެއްކެވި ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ހައްލެއް ހޯދުމަށް ސަރުކާރުގެ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ރާފިއު ދެއްވި ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ ފުޓްބޯޅަ ސްކޫލްގެ ބިމުގެ މައްސަލަ ހައްލުވީ އަވަހަކަށް ފުޓްބޯޅަ ސްކޫލް ހެދުމަށް ބޭނުންވާ އެހީތެރިކަން ފީފާއިން ލިބޭނެ ކަމަށެވެ.
"ފައިސާގެ ގޮތުން ވެސް ފީފާއިން އެ ޕްރޮޖެކްޓަށް އެހީ ވާނެ. އަދި ސްކޫލް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ވެސް ފީފާއިން ދެއްވާނެ ކަމަށް [ފީފާގެ ރައީސް ޖިއާނީ] އިންފަންޓީނޯ ވިދާޅުވި،" ޒުހޫރު ވިދާޅުވި އެވެ.
"ބިމުގެ މައްސަލަ އެއްކޮށް ހައްލުވިހާ އަވަހަކަށް ފީފާ އަދި އޭއެފްސީއާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ފަށާނަން."
ފުޓްބޯޅަ ސްކޫލް ހަދަން ބިން ދިންތާ ފަސް އަހަރު ވީރު، އެފްއޭއެމްގެ ލީޑާޝިޕުން އެތަނުގައި ހެދުނީ އެކޮމެޑޭޝަން ބްލޮކެއް އެކަންޏެވެ. ބޯޑިން ސްކޫލެއް ގޮތަށް ހިންގާ ފުޓްބޯޅަ އެކަޑަމީއާ ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް އެ ބިމުގައި ކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
18 November 2024
ވައްކަން ކުރި މީހުން ދޫކޮށްލާފަ މައްސަލަ ހައްލު ކުރުމަށެވެ. ހައްތަހާ ވެސް ދީލަތި ސަރުކާރު ތަކެވެ. ކުރީން ކޮށް ފަ ހުރި ބޮޑެތި ކޮރަޕްޝަން ގެ އެއްވެސް މައްސަލަ އެއް ބަލަން ބޭނުން ނުވެ އެވެ. ހީވަނީ ގުޅިގެން ކުރާ ކަމެއް ހެންނެވެ.
ޢެފްއޭއެމް
18 November 2024
ބައްސާމު “ވަތްކަންކޮއްގެން” ހޯދައިފާކަމަށް ފުލުހުން ހާމަކުރި އަމީން އެވެނިއު ޕެންޓުހައުސް ވަގުތީ ގޮތުން އަތުލިނަމަވެސް އަދިވެސް އުޅެނީ ސުވަރުގޭގަ ކަމަށް ވަނީ.. މިހާރު މޯނިން ޖަހާފަ ދައްކާލަނީ އަކުއާވިޓާ ލަގްޒަރީ އެޕާޓުމެންޓަކުން ސީދާ ކަނާލް ވިއު.. ކަޑަ؟؟ އެއްޗެއް މަދެއްވެސް ނުވޭ.. ދިވެހިންނަށް މިލިބޭ ފިލާވަޅަކީ މީ ރަނގަޅު ފިލާވަޅެއްބާ؟؟
ގަބޭ
18 November 2024
ފުޓުބޯޅަ މުބާރާތްކުޅޭގޮތަަށް ކުޅުން މިގައުމުގާ ހުއްޓާންޖެހޭ. އޭގާ އޮންނަނީ ހުސް ޖަރީމާ. ކުރީގާ އުންޑަކެއްކުން. މިހާރު އޮންނަނީ ނާޖާއިޒް ފައިދާ.
ޢީސާ
18 November 2024
ތި ތަނުން ބިން ލިބުނީ ކޮން 8 ކުންފުންޏަކަށް ކޮން އަގަކަށް ކަންވެސް އާއްމުކުރަންޖެހޭ އެބަ. ޔަޤީން ތި ބިންތައް ދީފަހުރީ ރަނގަޅު ގޮތުގަ ނޫންކަން.