ހުޅުމާލެ: މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުން.
19 ނޮވެމްބަރ 2024 - 13:05
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލެ މޫދަށް އެރި އުޅުނު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އިއްޔެ އެ ވާހަކަ ހިއްސާ ކުރި މީހަކު ބުނެފައި ވަނީ ހުޅުމާލެ މޫދުގައި އުޅޭ އެހެން ކުދިންގެ ކައިރީގައި ވެސް އެކަހެރި ހިސާބުތަކަށް ދާން އެ ފިރިހެން މީހާ ބުނެފައިވާ ކަމަށެވެ.
އެ ކުދިންގެ ނުރުހުމުގައި ކުދިން ގައިގައި އަތްލާން އުޅުނުކަން ފަޅާއެރުމުން، ފިރިހެން މީހާ ޕޮލިހުންނާ ވެސް ހަވާލު ކުރި ކަމަށް އެ ޕޯސްޓުގައިވެ އެވެ.
އެ މީހާ އަކީ ހުޅުމާލެ ފޭސް1ގެ މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހެއް ކަމަށް ބުނެ އޭނާގެ ފޮޓޯ ވެސް އާންމު ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮޓޯ
21 November 2024
ފޮޓޯ ޖަހާލަބަލަ ނޫހުގަވެސް.. މިކަހަލަ މީހުން ޖެހޭނެ އެންމެނަށް އެނގެން.