މީހުން ގެއަށް ވައްދައި ފޭރޭ މައްސަލާގައި ހިމެނޭ ތިން މީހުން: އެ މީހުން ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/ޕޮލިސް
23 ނޮވެމްބަރ 2024 - 20:37
މާލޭގެ ގެއަކަށް މީހަކު އޮޅުވާލައިގެން ވައްދައި، ބަރަހަނާ ކުރުމަށްފަހު ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށްފަހު އެކައުންޓްގައިވާ ފައިސާތައް ފޭރުނު މައްސަލާގައި ހިމެނޭ ތިން މީހުން އެއް އަހަރާއި ތިން މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައު މއ. މަސްފަން ގެއަށް މީހަކު ވައްދައިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި ފޭރުނު މައްސަލާގައި ދައުވާ ކޮށްފައިވަނީ މއ. މަސްފަން، އާއިޝަތު އާއި އެގޭ މުހައްމަދު ރީހާން އަދި ސ. ހިތަދޫ ސޯމާ، ޝަފީގު އިބްރާހީމްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އެވެ. އެ ތިން މީހުން ވަނީ ކޯޓުގައި ކުށަށް އެއްބަސްވެފަ އެވެ.
ފޭރުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
އެހެންވެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އެ ތިން މީހުން ޖުމްލަ އެއް އަހަރާއި ތިން މަސް ދުވަހަށް ޖަލަށްލުމަށެވެ.
އެ މައްސަލާގައި އެ މީހާ ހިފެހެއްޓުމަށްފަހު، އޭނާއަށް ބިރު ދައްކައިގެން އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވެ އެވެ.
އެ މައްސަލާގައި ފުލުހުން ކުރިން ބުނެފައިވަނީ ބުނެފައިވަނީ އެ ހާދިސާ ހިނގި މަސްފަންގެއަކީ ތަކުރާރުކޮށް އެކި މީހުން އޮޅުވާލައިގެން ގެންގޮސް ބިރު ދައްކަން ބޭނުންކުރަމުން އައި ތަނެކެވެ.
އޮޅުވާލައިގެން މީހުން ގެންގޮސް، ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ ކުށް ކުރަނީ ގްރޫޕް ހަދައިގެން ކަން ވެސް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލުބެ
25 November 2024
މިއީ އިންސާފުތޯ؟ މިއީ އަނިޔާ ލިބުނު މީހާއަށް ލިބުނު އިންސާފެއްތޯ؟ ސުޕަ މެޖޯރިޓީ ރައްޔިތުން ދީފިއެވެ. މިފަދަ ކަންތަކަށް ހައްލެއް ނުލިބޭހާ ހިނދަކު، ރައްޔިތުމީހާއަށް އޮތީ ކޮން އުފަލެއްތޯ؟
މުލޭ
24 November 2024
ކުރި ކުށާ އަޅައިބަލާއިރު މިއަދަބުތައް މާބޮޑަށްވެސް ލުއި. އަނެއްކޮޅުން އެމީހުން ފޭރުނު ފައިސާ ހޯދަން އެމީހާ އާ ދަޢުވާއެއް ކުރަންތަ މިޖެހެނީ. މި މައްސަލައިގެ ތެރޭގައި އެކަންވެސް ކޮޅެއްގައި ޖައްސައި ނިމެންވާނެ. އެފައިސާ ހޯދަން އެމީހާއަށް އިތުރު ތަކުލީފެއް ޖައްސައިގެން ނުވާނެ. އޭރުން އިންސާފު ލިބޭނީ.
ފޮނިޓައްޕު ހަސަނު
24 November 2024
(ފޭރުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ) މިފަދަ ލުއި އަދަބު ތަކެއް ގާނޫނު އުގޫބާތުގައި ހިމަނާފައިވާތީ ކުށްތަކަށް އަރައިގަތުން ގިނަވަނީ.
ވޯލް
24 November 2024
ތިވަރުގެ ކަމެއްގެ އަދަބު ތަންކޮޅެއް ލުއި. މީހަކު ބަރަހަނާކޮށް ފޮޓީނެގުން. އެ ބަރަހަނާ ވި މީހާގެ އިޒަތާ ކަރާމާތް ގެއްލިގެން ދިޔައީ އެއީ ދެން އަބުރާ ހޯދޭނެ އެއްޗެއްވެސް ނޫން، މީގައި ފިރިހެނެއް ވިމަ މިކަން މީހުންނަށް މާބޮޑަށް ފާހަގަ ނުވިއަސް ބަރަހަނާ ކުރެވުނީ ޅަ އަންހެން ކުއްޖެއް ނަމަ އޭނަގެ ދިރިއުޅުމުގައި ގިނަ ތަކްލީފްތަކެއް ކުރިމަތި ކުރުވާނެ. އެހެންކަމުން ގަދަކަމުން މީހުން ވަރަހަނާކޮށް ފޯޓޯ ނެގުމަކީ އޭގެ ބަދަލު މިމީހުން ދައްކަން ޖެހޭނެކަމެއް.
ސަލާމާ
23 November 2024
ކީކޭ ދެން ބުނާނީ.. ވަރަށް ސަލާމް..
ޖުއްބާ
23 November 2024
"އެއް އަހަރާއި ތިން މަހަށް ޖަލަށް" އެ ކޯޗެއް އެމީހުނައް؟؟؟! ޖަލުގަވެސް ތިބޭނީ އެމީހުންގެ ފުރެންޑުން. ކޮންތާކު މިޖެހުނީ......
ކަހެރުވައް
23 November 2024
ފޭރުނު ފައިސާތައް ވެރިފަރާތަށް އަނބުރާ ލިބުނުތޯ؟
ކޮރަލް
23 November 2024
ވެރިކަން ކުރާ ޕާޓީ އަކަށް ވަނީމަ މިނިވަން ވެ އެވެ. ޕާޓީ އަކަށް ނުވަނީމަ ޖަލަށް ދެ އެވެ.
ފިލާމް
23 November 2024
އަދަބު ފެނުމުން ހައިރާންވެއްޖެ..ރަހީނުކޮށް ބްލެކްމެއިލްކޮށް ފޭރުނީމަވެސް 1އަހަރު؟؟ދެން އަދި ބަންދުގައި ހުރި މުއްދަތު ކަނޑުމުން 6މަސް..އަނެއްކާ އެމީހުން އެމަސައްކަތަށް އެބުރި އައުން ދެންއޮތީ.
ސަރާރު
23 November 2024
ދެން ބޭސްފަރުވާޔައް ގެއަށް.