ޚަބަރު / ރިޔާސީ އިންތިހާބު 2028

ޕްރައިމަރީ ނުބާއްވާނެ، ދެވަނަ ދައުރަކަށް ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ ޕާޓީގެ އިސް ވެރިން.-- ފޮޓޯ: މިހާރު

މީގެ ހަތަރު އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަަން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާއި އެ އަހަރު ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިނގަމުން އަންނަ ވެރިކަމުގައި އެ ޕާޓީގެ މެމްބަރަކު ރައީސްގެ މަގާމުގައި ހުންނެވި ނަމަ އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ވެސް ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންވެ، އެ އުސޫލުން ބަލާ ނަމަ ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންވާ ބޭފުޅަކު އެ މަގާމުގައި ހުންނަވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލައި އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް، އެހެންވެ އެއީ ޕްރައިމަރީ ބާއްވަން ޖެހޭ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު ރައީސް މުއިއްޒު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުއިއްޒާއެކު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައީސާއި އަބްދުއްރަހީމާ ދެމެދު ސިޔާސީ ނުތަނަވަސްކަން އޮތް ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ކުރިން ރައީސް މުއިއްޒާ މާ ގާތް ގުޅުމެއް ނެތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަކު، މިހާރު އެ ގުޅުން ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ ވަރުގަދަ ވަމުން ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ވިސްނުންފުޅު އެއްވެސް ވަރަކަށް ގެންގުޅުއްވަންތޯ ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ، ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

"ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅެން. އަދި ކުރިއަށް އޮތްތާކު ވެސް ނުގެންގުޅޭނަން. ވާދައެއް ނުވެސް ކުރާނަން. އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތް ވާނަން،" ރައީސް މުއިއްޒަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމުގައި އެންމެ އިސްކޮށް މަސައްކަތްޕުޅު ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނު އަނބިކަނބަލުން ސާޖިދާ އަދި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދެހާސް އަށާވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވާހަކަތައް ދެއްކެވެން މި ފެށީ އިދިކޮޅު އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު އިއުލާން ކުރެއްވުމާ އެކު އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ.

70 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 2%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމީލިއޯ

24 November 2024

ކޮން ޕުރައިމެރީ އެއް.....ދެނެއް ނުހޮވޭނެ.

The name is already taken The name is available. Register?

ސިޔާސީ ބޮލި

24 November 2024

ކަޑައެންނު... އަދުރޭ ދެރަވާނެ

The name is already taken The name is available. Register?

ޒަވިޔަނި

24 November 2024

ވަގުތު ޖެހުނީމަ ތި އަދުރޭ ބުނާނެ. " ކުރިންބުނި އެތި ކެންސަލް" ހަހަހަހަހާ

The name is already taken The name is available. Register?

ޒަމްމަ

24 November 2024

ބޭނުމީ ރައީސް ޔާމީން 2028

The name is already taken The name is available. Register?

އަމީންާ

24 November 2024

ޔާމީން ބޭނުމީ

The name is already taken The name is available. Register?

ހަލަނި

24 November 2024

ހަމަ ތި އަދުރޭއެއް ނޫންތޯ ބުނީ ޔާމީނު ނޫން ނަމެއް 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ފީއެންސީއަކުން ނުނެރޭނަމޭ. އެނޫން ނަމެއް ނެތޭ. އެކަމަކު މުއިއްޒު އަތު ހިފައިގެން އިލެކްޝަނަށް ފޯމްލާން ދިޔައީ އަދުރޭއެއް ނޫންތޯ؟

The name is already taken The name is available. Register?

ހުސައިން

24 November 2024

ތާއީދު

The name is already taken The name is available. Register?

ރައީސް އަބދުއްރަހީމްބެ

24 November 2024

1918 އިން 2023 ގެ ސެޕްޓެމްބަރާ ހަމަޔަށް ތިޔަބޭފުޅޫން ކުޔަމުންދިޔައީ 2023 ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީނޭ . ކަންވެގެން ދިޔަގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިފަމިއޮތީ ، އަނެއްކާވެސް ހަމަ އެފަރިހި ތިޔަ ކިޔުއްވަނީ ، އަޚެ ދެން މިފަހަރު މުޅިން އާ ފަރިއްސެއް ކިޔަން ވެއްޖެއްނު ؟ އަދުރޭއަކީ ނުލާހިކު މޮޅު ޝާއިރެއްވިއްޔަ ؟

The name is already taken The name is available. Register?

ހިތަދޫ 2

24 November 2024

ދެން އަބްދުރަހީމް އެހެން ޕާޓީ ހަދައިގެން ދޯ ކުރިމަތިލާނީ.. ހެހެ

The name is already taken The name is available. Register?

ޒަމް.

24 November 2024

ތި ޕާޓީގައި ވަރުގަދަ ސިޔާސީ ޝަޙުސިއްޔަތަކަށް ހުރީ އަދުރޭ. އެއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް. އަދުރޭ ރައީސްކަމަށް ނުކުމެއްޖެނަމަ ވޯޓު ދޭނަން. ކުޅަދާނަ މޮޅު ދުރުވިސްނޭ ބޭފުޅެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454