25 ނޮވެމްބަރ 2024 - 06:56
އިޕްސްވިޗް، ސަފެކް (ނޮވެމްބަރު 25) – މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް އޭނާ އާ އެކު އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ޓީމުގެ އާ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގައި އޭނާގެ ފުރަތަމަ މެޗުގައި ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ވީ 1-1 ން އެއްވަރެވެ. މެޗު ފެށިގެން ދެވަނަ މިނެޓްގައި މާކޯސް ރަޝްފޯޑް ޔުނައިޓެޑަށް ލިޑް ނަގައި ދިނެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮމާރީ ހަޗިންސަން އިޕްސިވިޗަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
މެޗަށް ފަހު އަމޯރީވް ބުނީ އޭނާ ގެނައި ބަދަލަށް ތިން ދުވަސްތެރޭގައި ކުޅުންތެރިންނަށް ހޭނެން އުނދަގޫ ވާނެ ކަމަށެވެ. އެހެންވެ އޭނާ ބުނީ ވަގުތު ލިބިގެން އޭނާގެ ޕްލޭނަށް ކުޅުންތެރިން ފިޓް ވާނެ ކަމަށެވެ.
ފީފާގެ ވިންޑޯގައި ގައުމީ ޓީމަށް ހާއްސަ ކުރި 10 ދުވަހަށް ފަހު، ގިނަ ކުޅުންތެރިން އެނބުރި އައީ ތިން ދުވަސް ކުރިންނެވެ. އޭނާ ބުނީ މުޅި ޓީމު ހަމަވެގެން ޕްރެކްޓިސް ކުރެވުނީ ދެ ދުވަހު ކަމަށެވެ.
އަމޯރިމް ކުޅުވީ 3-4-2-1 ގެ ސިސްޓަމަށެވެ. އޭނާ ބުނީ ގިނަ ދުވަސްތަކެއް ވަންދެން ވަކި ގޮތަކަށް ކުޅެމުން އައިސް ބަދަލުކޮށްލާއިރު ކުޅުންތެރިންނަށް ތަކުލީފަކަށް ވާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"މިހާރު އެއްވެސް ކަމަކަށް އުއްމީދު ކުރަން އުނދަގޫ ވާނެ. އަހަރެން ހައިރާނެއް ނުވޭ. އެކަމަކު މެޗަކުން އެ ހާލަތު ދެނެގަނެވޭނީ ވެސް. އެހެންވެ އަހަރެން ކުޑަކޮށް ހާސްވި. އެއީ މެޗުގައި ވާނެ ގޮތް ނޭނގޭތީ. އަހަންނަށް އެކަން ދެނެގަނެވުނު. ކަންކަން އެހާ ބޮޑަށް ތަފާތު ކުރުމުން ކުޅުންތެރިންނަށް އެކަމަށް ވިސްނުމުގައި ދެމިތިބީ،" ޕްރިމިއާ ލީގުގައި އޭނާގެ ފުރަތަމަ ޕޯސްޓް މެޗް ޕްރެސްގައި އަމޯރިމް ބުންޏެވެ.
"ތިން ދުވަސްތެރޭގައި ކުޅުންތެރިންނަށް ހުރިހާ ކަމަކާ ކުރިމަތިލާން އުނދަގޫ ވާނެ. އެކަމަކު އާ ހިޔާލުގެ މައްޗަށް ކަންކަން ބަދަލު ކުރަން އަހަރެމެން ހަނދާންނައްތާލައިގެން ނުވާނެ. އެއީ އަހަރެން މިތަނަށް ގެނެސްފައި މިހުރީ. ކުރިން ކުރަމުން އައި ކަންކަމާ ތަފާތުކޮށް ކަންކަން ކުރަން ކުރިމަތި ވެފަ މިއޮތީ. އަންނަ އަހަރު ވެސް މިހާހިސާބުގައި ހަމަ މި އުނދަގޫ ހާލަތުގައި އަހަރެމެން ދެމިތިބޭނީތޯ ނޫނީ މިހާރު އެ ތަކުލީފް އުފުލާނީތޯ.. އަހަރެމެން އެބަޖެހޭ ރިސްކް ނަގަން. އަހަރެމެން އެބަޖެހޭ މި ތަކުލީފް އުފުލަން. އަދި އަންނަ އަހަރު އަހަރެމެން ތިބޭނީ ރަނގަޅަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ކާފަ
25 November 2024
ކިހާ ވަގުތެއް..؟ލިވަރޕޫލް ދޫކޮށް ކުލޮޕް ވެސް އެދިޔަ އީ.ގައިމު ވަގުތެއް ބޭނުމެއްނުވޭ.އަދި ކުލޮޕް މީގެ8 އަހަރު ކުރިން ލިވަރޕޫލްއާ ހަވާލުވެ މާގިނަ ވަގުތެއް ބޭނުމެއްނުވި ލިވަރޕޫލް ނަގާ ކޮޅަށް ޖަހާކަށް. ހަމަ އެގޮތަށް މެންޔޫ އަކީ2013ވަނަ އަހަރު ޗުއިންގަމް ބެއްޔާ ޓީމް ދޫކޮށް ދިޔައިރު އެސީޒަންގެ ޗެންޕިއަނުން. ނުލާހިކު ރަނގަޅު ފޯމެއްގަ އޮތް ޓީމެއް.ރަނގަޅު ކުޅުންތެރިން ތިބި. ކޮންމެ ފަހަރަކު ލީގް ނުލިބިދާނެ. އެކަމް ގަދަ 4 ގަ އޮންނަންވާނެ ޓީމެއް މެންޔޫއަކީ..
ލެއްގިކޮމިޝަނަރގެ ބަފާ ~ ސިޓީ ފޭން
25 November 2024
މެންޗެސްޓާއިން ރަތް ކުލައެއް ދެން ނުފެންނާނެ.އޮންނާނީ ނޫކުލަ.
ރަދީފްއޮފިޝަލް
25 November 2024
ބްރޯ.މެންޗެސްޓާ ޔުނައިޓެޑް ހޯދި ކާމިޔާބީތައް ހޯދަން ސިޓީ އަދި ބޭނުންވާނެ 50 އަހަރު.