ފުލުހުންގެ ކާރަކަށް މީހަކު އަރުވަނީ: މާލޭގެ ގެއަކުން ވައްކަން ކުރި މީހަކު ވަނީ ހައްޔަރުކޮށްފައި.
28 ނޮވެމްބަރ 2024 - 11:35
މާލޭގެ ގެއަކުން އަގު ބޮޑު ފޯނުތަކެއް ވަގަށް ނަގައިގެން ފުލުހުންނަށް ފިލަން ގޭގެ އަލަމާރި ތެރެއަށް ވަދެ އޮއްވައި ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކުރި ހދ. ކުޅުދުއްފުށީ، ސީސަންވިލާ، އާދަމް މުހައްމަދު ފިލަން އަލަމާރި ތެރެއަށް ވަދެ އޮތީ ބޮލުގައި ކޮތަޅެއް އަޅައިގެންނެވެ.
އުމުރުން 33 އަހަރުގެ އާދަމް މުހައްމަދު ހައްޔަރުކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ ގެއަކަށް ވަދެ ވައްކަން ކުރީ ދަންވަރު ކަމަށެވެ.
އޭނާ އެ ގެއަށް ވައްކަން ކުރަން ވަންނަ މަންޒަރާއި، ގޭތެރޭގައި ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީ ސްނެޕްޝޮޓްތަކުން ފެންނަ ކަމަށާއި އަގުބޮޑު ދެ ފޯނު ވަގަށް ނެގި ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާ ހައްޔަރުކުރަން ދިއުމުން، އޭނާ ދިރިއުޅޭ ގޭގެ އަލަމާރިތެރެއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެން ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އާދަމްގެ ބަންދަށް މުއްދަތު ޖަހަން ގެންގޮސް ވާހަކަ ދައްކަން ފުރުސަތު ދިނުމުން "އަވަސް ކޮށްލަދޭށޭ... ހަނު ބަޔާނެއް ދޭށޭ..." ބުނެ، ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އަމުރުގައިވެ އެވެ.
ކޯޓުން، އާދަމް މުހައްމަދުގެ ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
29 November 2024
''ފޯނު ވަގު'' މީތި ވަރަށް ސަޅި. ހެހެހެހެހެ
ރަސްޕަރީ
28 November 2024
ކޮބާ ފޮޓޯ؟ ޕްރޫފް ބޭނުން...
ހެއްޔާބެ
28 November 2024
ފޯނު ވަގު ތަ ފޯނުވަގު ތަ ފޯ ނުވަގުތަ
ފެއިލް
28 November 2024
އަހަރުން ގެޔައް ދަންވަރު ވަގަކު ވަދެ އޮއްވާ ގޭތެރެއިން އަތުލައިގަތީ ފުލުހުން އައިސް އޭނަ ގެންދިޔަ، ޖެހިގެން އައި ދުވަހު އިރުއޮއްސުނު އިރު މަސްމާރުކޭޓް މަތީ ހޮޓަލައް ސައިބޯން ދިޔައިރު އެސޮރު އެތާ ސައިބޯއިން
ވަގުކަލޭގެ
28 November 2024
ބޮލުގަ އެޅުނު ކޮތަޅު ތަންކޮޅެއް ކުޑަވީ. އެހެންނޫންނަމަ ލާހިކެއް ނޫން ކަބަޑުތެރެއިން ހޯދާކަށް.
ލޮއްލަ
28 November 2024
ކޯޓު އަމުރު ނެރެ ޕޮލިހުން އޭނާ ހައްޔަރު ކުރަން ނެގި ވަގުތަށްވުރެ އަވަހަށް އޭނާ މިނިވަން ވާނެ. ކޯޓަށްވެސް ޕޮލިހަށްވެސް މިކަލޭގެއަށްވެސް ދުވަހުގެ ޒިންމާ އަދާކުރެވުނީ. މައްސަލަޔަކީ ކަލޭމެން ކީއްވެތަ އަގުބޮޑު ފޯނު ގަނެ ގޭގަ ބަހައްޓަނީ..؟ އެވެސް ދެފޯނު.
ފިލާއޮތް ވަގުކަލޭގެ
28 November 2024
ދެން ފޯނު ގަނެގެން ދައުލަތުގެ ތިޖޫރީގަތަ ބަހައްޓަންވީ؟
ޖޯކު
28 November 2024
ފިލާ އޮތް ވަގުކަލޭގެއަކަށް ޖޯކު ގެޓެއްނުވި. ކެކެކެ
ބެރިންމަދޫ
28 November 2024
މިލިއަނުން ޕަކަޅާމީހުން އަތުލައިނުގަނެވޭ ސީދާ ސަދޫމް!!!!
ފޮނިފޮނިޓައްޕު ކުމާރު
28 November 2024
ހާދަ މަޖާ ގޮލައެކޭ. އަނެއްކާ ހުދުގިރުވާންލީ ވަގެއްބާ؟ އަވަސްކޮށްލަދޭށޭ ބުނީމާ ހީވަނީ ވަރަށް ލަސްވެގެން އުޅޭހެން.
އެ ސޮރު
28 November 2024
ހުޅުމާލެ އަހަރުމެންގެ ގެއަށް ވަގަކު ވަދެ ލެޕްޓޮޕްއާއޮ ފޯނު ނަގައިގެން ދިޔައީ! ސީސީޓީވީ ފްޓޭޖްއަށް ބަލައި މީހަކު ވަރަށް އަވަހަށް ހައްޔަރުކުރި. ކުޑައިރުކޮޅަކުން އޭނާ ދޫކޮށްލި. އަދި އަދަށް ވެސް ޚަބަރެއް ނުވޭ ޕޮލިހުން. ވައްކަން ކުރި މީހާ ސާފުކޮށް ފުޓޭޖުން ފެނޭ. ހޯދަން އިޢުލާނެއް ވެސް ނުކުރޭ. ކިހިނެއް ހަދަންވީ!!!
ޝަމީމު މަހޭޝްވަރަން
28 November 2024
ރަނގަޅާށް އިޖްރާއަތްތައް ފޮލޯކުރާތި، ގިނަ ޖިނާއީ މައްސަލަތައްނާކާމިޔާބުވަނީ ތަހުގީގުގައި ނޫނީ ދަޢުވާކުރުމުގެ މަރުހަލާގައި ފުލުހުންނާއި ޕީޖީން ހަދާ ގޯސްތަކުން