ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
03 ޑިސެމްބަރ 2024 - 10:55
ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޒަމީރު އެހެން ވިދާޅުވިއިރު، ލޯކަލް ޓޫރިޒަމް ހިންގާ ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް "ހަލާލް ޓޫރިޒަމް" އަށް އިންވެސްޓު ކުރަން ހައްޖު ކޯޕަރޭޝަނުން ވަނީ ނިންމައިފަ އެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަ އެ ކުންފުނި ހާއްސަ ވެފައިވާ ދާއިރާގެ ތެރޭގައި މަސައްކަތް ބެހެއްޓުން މުހިންމު ކަމަށެވެ.
ހައްޖު ކޯޕަރޭޝަނަކީ މީހުން ހައްޖަށް ފޮނުވަން ލިބޭ ފަންޑު މެނޭޖް ކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެކްސެސް ފަންޑު ހުރި ނަމަ ސްޕެޝަލިސްޓުންނާ ހަވާލު ކޮށްގެން ކަންކަން ކުރުމުން އޭގެ ފައިދާ ކުންފުންޏަށް ބޮޑުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ގެސްޓް ހައުސް ހިންފުން ފަދަ މަސައްކަތް ކުރުން އެއީ އެންމެ ފައިދާ ހުރި ގޮތްތޯ ހައްޖު ކޯޕަރޭޝަންގެ ބޯޑާއި ހިއްސާދާރުން ވިސްނަން ޖެހޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"ޓޫރިޒަމަށް އިންސްވެސްޓު ކުރާ ނަމަ ޓޫރިޒަމަށް އިންވެސްޓް ކުރެވޭނެ ކުންފުނިތައް އެބަހުރި ސަރުކާރުގެ. ހުރިހާ ކުންފުނިތަކުން، އެޗްޑީސީ ހައްޖު ކޯޕަރޭޝަން އަދި ފެނަކަ އާއި އެންމެން ގެސްޓް ހައުސް އާއި ރިސޯޓު ހެދީމާ ނަތީޖާ ރަނގަޅެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވިގޮތުގައި، ފެނަކަ ފަދަ ކުންފުނިތަކުން އައިސްޕްލާންޓް ހިންގުމާއި ބޭސްފަރުވާ އަށް މީހުން ފޮނުވުން ނުވަތަ އާރުޑީސީ ފަދަ ކުންފުންޏަކުން ކުއްލިއަކަށް ޓްރާންސްޕޯޓް ހިދުމަތަށް ވަދެއްޖެ ނަމަ މައްސަލަތައް ދިމާވާނެ އެވެ.
ކުންފުނިތަކުގެ ރިފޯމް އެޖެންޑާގެ ދަށުން އެކަމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލެއްގައި ކުރަން ޖެހޭ މަޝްވަރާތައް ކުރަމުން ގެންދަވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސިް
04 December 2024
ދެން ހިއްޓުވަންވީނު.
އެދުރު ބެ
03 December 2024
ރަގަޅު ވާހަކައެއް. ޙައްޖު ކޯޕަރޭޝަނުން ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެއްގޮތަކަށްވެސް ރަގަޅު ކަމެއް ނޫން. އެކަން ހުއްޓުވާނެކަމަށް އުންމީދު ކުރަން
ފައިނޭންސަރު
03 December 2024
ކޮބާ އެ ކޯޕަރޭޝަނުގެ ވެރިއަކާ ބައްދަލުކޮށްލެވިއްޖެބާ ތިޔަކަމާ މަޝްވަރާކޮށްލަން މިނިސްޓަރުކަމަށް އެރިފަހުން؟؟ ނޫނީ އެސްއޯއީއަކާ ބައްދަލުކޮށްލެވިއްޖެތޯ މަނިކްޕުޅަށް؟؟
ގފރ
03 December 2024
މިހާރުވެސް ރާއްޖޭގައި ހިންގަނީ ޙަލާލު ޓޫރިޒަމް. ޓޫރިޒަމް ދާއިރާ އިން އެތަށް ދިވެހިންނަށް މަންފާ ލިބޭ އިރު އެ މަންފާ ހަރާން ކަމަށް ހައްޖު ކޯޕަރޭޝަނަކަށް ނުބުނެވޭނެ. ހަރާމާ ހަލާލު ދަސްކޮއްގެން ވިޔަފާރި ކުރަން އުޅެބަލަ.
ގާދިރު
03 December 2024
އެސްޓީ އޯ އިން ކިއްލި ވިއްކުން ރަންގަޅުތަ .
އަލީބެ
03 December 2024
ޢެމްޓީޑީސީ އެއޮތީ ފެންނަން. ޙޯހޯ ހައްޖުވެރިންގެ ލާރިކޮޅު ތަޅާނުލާތި. ވެރިކަމަށް އަރާ ކުރީސަރުކާރޭ ކިޔާބަޔަކު
ހޭލަމާ
03 December 2024
ވަރަށް ރަނގަޅު ވާހަކަފުޅެއް. ޙައްޖު ކޯޕަރޭޝަން ވުޖޫދުވި މަޤްޞަދާމެދު ކުންފުނީގެ މެންބަރުން ފުންކޮށް ވިސްނަވާ. އެ މަޤްޞަދާ ޚިލާފުވެގެން ނުވާނެ.
އަފްރާސިޔާބު
03 December 2024
ތިޔަ ބުނާ ކޯޕަރޭޝަން ވުޖޫދުވި މަގްސަދު ކޮންމެ ގޮތަކަށް އޮތަސް އެ މަގުސަދު ފަހުން ބަދަލު ކުރެވޭ ގޮތަށް އޮންނަނީ. ހައްޖު ކޯޕަރޭޝަނުގެ މަގްސަދުގެ ތެރެއަށް ޓޫރިޒަމުގެ ވިޔަފާރި ކުރުމާއި މަގުހެދުމާއި ބަނދަރު ހެދުމާއި ފެނާއި ކަރަންޓާ ވައިގެ ދަތުރާއި އެއްގަމު ދަތުރުވެސް ލެވޭނެ. އަދި އިމާރާތްކުރުންވެސް ލެވޭނެ. މިބުނެވުނު ކަންތައް ނުލައި ދީން އައްޑަނައަކަށް ހަދައިގެން ކުންފުނި އުފެއްދީމާތާ ކުރިއަށް ނުދެވޭނި. ކުންފުނިން ފައިދާ ނުނެރެވެނީ އެހެންވެ.
ކޮސްވެދާނެ
03 December 2024
މީހުން ދިރިނޫޅޭ ބިން ބޮޑު ރަށްރަށުގައި ޕޮލްޓްރީ ފާމު ހަދައިގެން އިގުތިސޯދު އިތުރުކުރަންވީ. ހުރިހާ ވުޒާރާތަކުން. އެއިން ލިބޭ ނަފާ އިން މުސާރަ ދިނުމާއި ރިކަރަންޓް ޚަރަދު ފަދަ ހޭދަ ކުރަންވީ
އަސަރު68
03 December 2024
އެމްޓީޑީސީ ގަ މިހާރުވެސް އަހަރެންގެ ހިއްސާ ވާނެ. އެކަމަކު މަމެންކަހަލަ މީހެއްގެފައިސާކޮޅު އެއިރު ކަންކުރެވުނުގޮތުން އެވަނީ ގެއްލިފަ. އެއަށްކުރެވޭނޭ އިތުރުކަމެއްނެތް. ހިއްސާގަތްފައިސާ އެއަގުގާވެސް ގަންނާނޭމީހަކުނެތް. އެމްޓީޑީސީއަކުންވެސް އެކަމަކާ ނޫޅޭނެ. ފުރަތަމަ ދެއަހަރު ހިއްސާގެ ފައިދާ ބެހިގޮތުން އެކަމަށް ހިތްގޮސްގެން އަތުގާހުރި ފައިސާކޮޅަށް ހިއްސާގަނެވުނީ. އެކަމަކު އޭގެފަހުން މިވީހާ އަހަރަކު ހަމަ އެކައްޗެއްވެސް ނުލިބުނު. ޒިންމާނަގާނެ މީހަކުނެތް
ތަސްނީފް
03 December 2024
މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ކޮބާހޭ؟ އެއީ އެތައް ރައްޔިތުންނެެއް އެކުންފުނީގެ ހިއްސާ ގަނެ، އިންވެސްޓު ކޮށްފައިއޮތް ކުންފުންޏެއް، ކުންފުނީގެ މެންޑޭޓަކީ ސީދާ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް އުފައްދައި ވިއްކުން، ރިސޯޓުވެސް ހެދޭނެ. އެކުންފުނީގެ ވާހަކައެއް މިހާރު ވުޖޫދުގައިވެސް ނެތް؟ އެވާހަކަ ދައްކާ މީހަކުވެސް ނެތް.