ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
03 ޑިސެމްބަރ 2024 - 12:51
ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަދާއީ ސަލާންކުރެއްވުމަށް އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންގެ ތިން އަހަރުގެ ދައުރު މިހާރު ވަނީ ހަމަވެފަ އެވެ.
ރައީސް އޮފީހުން ބުނީ ސަފީރު ވަންގް ލިޒިން އަނބުރާ ޗައިނާއަށް ވަޑައިގަތުމުގެ ކުރިން ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެ ގައުމުގެ ގާތް ގުޅުން ދެމެހެއްޓުމަށްޓަކައި ސަފީރު ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތަރައްގީގައި ޗައިނާ އިން މުހިންމު ދައުރެއް އަދާކުރާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަދާއީ ސަލާންކުރެއްވުމަށް ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
ޗައިނާގެ ސަފީރު ވަނީ ރައީސް އާއި ދިވެހި ސަރުކާރުން އޭނާއަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވައިފަ އެވެ. މި ސަރުކާރުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކުރައްވައި، މަރުހަބާ ދެންނެވި އެވެ. އަދި ދެ ގައުމުގެ ގާތް ގުޅުން ހަރުދަނާ ގޮތެއްގައި ދަމަހައްޓަމުން އަންނާތީ އެކަމަށް ސަފީރު ތައުރީފުކުރެއްވި އެވެ.
"އެ ބައްދަލުވުން ނިންމާލީ ޗައިނާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކާއި އަދި ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހު،" ރައީސް އޮފީހުން ބުންޏެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ވަންގް ލިޒިން ވަޑައިގަތީ ސެޕްޓެމްބަރު 6، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްރާ
03 December 2024
ވަދާޢީ ސަލާން ކިޔާ ސަލާމެއް ނޯވޭ ސަލާމް ކިޔަނީ
ޑރ ވާންޗޯ
03 December 2024
އޯކޭ ވާއެއްނުވާއެއް ނޭގުނިއްޔާ ވައްސަލާމުން ނިންމާލާ.
2
03 December 2024
ޝުކުރިއްޔާ ވަންގް.
އަސަރު68
03 December 2024
ވަކިވާން ޖެހޭ ހިނދުކޮޅަކީ އެހާ އުފާވެރި ވަގުތުކޮޅެއް ނޫނެވެ. އެކަމަކަުވެސް ވަކިވާން ޖެހުނީމާ ދެން އެކަން އެގޮތަށް ހިނގިޔަދޭށެވެ. ފޮޓޯއަށް ހުޢްޓިލައިގެން ތިބިގޮތާ ފޮޓޯގެ އެތުރުން މަށަށް ވަރަށް ފުރިހަމައެވެ. ކަމަނާއަށް ވަރަށް ސަލާމް.
ކަހެރުވައް
03 December 2024
ކޮބާތޯ އައު ސަފީރު؟ ހިލަމެއް ނުވާތީ އަހާލީ.
ބަލާބަލަ
03 December 2024
ތިޔަގޭ ބަދިގޭގައި އެބައުޅޭ.