ކުޅުދުއްފުށީ ފަޅު ތެރޭ މަރުވެފައި އޮއްވައި މުހައްމަދު ހަސަން: އޭނާ މަރާލި ކަމުގެ ހެއްކެއް ނެތް --
03 ޑިސެމްބަރ 2024 - 16:43
ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޑޭޒީފެހި، މުހައްމަދު ހަސަން މަރުވެފައިވަނީ ގެނބިގެން ކަމަށާއި އެކަމުގެ މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މުހައްމަދު ހަސަންގެ މަރުގެ ސަބަބު ބެލުމަށް އިންޑިއާގައި ޕޯސްޓުމޯޓަމް ހަދަން ފޮނުވި އެވެ. އެ ޕޯސްޓްމޯޓަމް އިން ދައްކާ ގޮތުގައި އޭނާ މަރުވީ ގެނބުމުގެ ސަބަބުންނެވެ. ނަމަވެސް ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މުހައްމަދު ހަސަން އެ ރޭ ދަންވަރު ބަނދަރުމަތީގައި އުޅުނު މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެނިފައިވާ ކަމަށާއި އަދި ބަނދަރުގެ ވާޓަރު މަތިން އޭނާ ފެނިފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ.
އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދުން އެހެން އެއްވެސް މީހެއްގެ ހަރަކާތެއް ފެނިފައިނުވާ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ. އަދި ބަނދަރު މަތިން މުހައްމަދު މޫދަށް ވެއްޓުނު ކަމަށް ބެލެވެނީ 2:55 ހާއިރު ކަމަށް ވިދާޅުވި އެވެ.
އޭގެފަހުން އޭނާ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
އޭނާގެ ހަށިގަނޑުގައި ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމުގެ ނިޝާންތަކެއް ހުރި ކަމަށާއި ނަމަވެސް މީހެއްގެ ފަރާތުން އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ކަމަށް ސާމިހު ވިދާޅުވި އެވެ.
"މިހާތަނަށް ތަހުގީގަށް ބަލާއިރު މުހައްމަދު ހަސަންގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް ނުބެލެވޭ،" ސާމިހު ވިދާޅުވި އެވެ.
ސާމިހު ވިދާޅުވީ މި މައްސަލާގެ ތަހުގީގު އެއްކޮށް ނިންމޭނީ ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް ލިބުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސް ހޮޅުދޫ
04 December 2024
ނެތްތަ މިކަމާއި މުޒާހަރާ ކޮށްލާނެ ހޮޅުދޫ ކުއްޖެއް؟؟
ބާޑީ
03 December 2024
އެސޮރަށް ފަތަން އެނގޭތަ ????
ތުއްތޭ
03 December 2024
ދެންވެސް މިކަމާ ރުޅިއަންނަ މީހުން އުޅޭނެ. ޕޮލިހުން ކޮންމެސް މީހެއްގެ ބޮލުގަ އަޅުވާފަ ޖަލަށްލީމަ ކަމުދާނީ. ހައްގު އެނގޭދުވަހު ހައްގު ލިބޭދުވަހު ހަގީގަތްތައް ފާޅުވާނީ. ކޮންމެ އަނިޔާއެއްގެ ބަދަލު ދުނިޔޭގަ ނުލިބޭނެ. ކޮންމެ ކަމެއްގެ ހަގީގަތް ދުނިޔޭގަ ނޭންގޭނެ. އިންސާނާގެ އުނި ބުއްދިއާ ވިސްނުމުން ހުރިހާ ކަމެއް ނޭންގޭނެކަން ހަގީގަތް ވިސްނާބަލާމީހުންނަށް ފެންނާނެ. ކޮބާ އެމްއެޗް؟ ކޮބާ މެޑެލިން؟ ދުނިޔޭގެ ޒަމާނީ ފޯސްތަކަށް މިކަންކަން ނުހޯދުނު.
raajje
05 December 2024
ތުއްތޭ: އަސްލުވާގޮތަކީ ރާއްޖޭގެ ފުލުހުން އަދި ޕޮލިހުންގެ ތަހުގީގުތަކުގެ ފެންވަރުދަށީ، ތަހުގީގުތަކުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ ބޭސިކުކަންކަންވެސް ފުރިހަމަނުކޮށް ކޮންމެވެސް ދެކޮޅުނުޖެހޭވާހަކައެއް ދަށްކާނީ، އެހެންވީމާ ރައްޔިތުންގެ ތެރޭންހޭލުންތެރިމީހުން މިހާރު ފުލުހުންނަށް އަދި ޕޮލިހުންނަށް އިތުބާރުކުރަނީ ޒީރޯ ޕަސެންޓު،