ފަޒުލް މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ. އެޗްޑީސީއަށް ލިބެން ޖެހޭ 14 ބިލިއަން އެބައޮތް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
04 ޑިސެމްބަރ 2024 - 15:45
އެޗްޑީސީ އަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ 14 ބިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޭނާ ވިދާޅުވީ، އެކި ކުންފުނިތަކުން ވެސް 1.4 ބިލިއަން ރުފިޔާ ލިބެން ޖެހޭއިރު، އެޗްޑީސީ އަށް މިހާތަނަށް އެކި ފަރާތްތަކުން ލިބެން ޖެހި އެހާ ބޮޑު އަދަދެއް އޮތުމުން އެކަމަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފަޒުލް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެން، އެޗްޑީސީ އަށް ނުލިބި ހުރި ފައިސާ އިން 226 މިލިއަން މިހާރު ހޯދިފައިވާ ކަމަށެވެ.
ކުންފުނިތަކާއި އިދާރާތަކާއި އާންމު ފަރާތްތަކުން އެޗްޑީސީ އަށް ދޭން ޖެހޭ ފައިސާ ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމްޑީ ވިދާޅުވި އެވެ. އެޗްޑީސީ އަށް ދައްކަން ޖެހޭ ބިލްތައް ހުރި ނަމަ، އެ ކުންފުންޏެއް އިތުރު ޕްރޮޖެކްޓްތަކަށް ބިޑު ހުށަހެޅި ނަމަވެސް، ބަލައި ނުގަތުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފައިސާ ހޯދުމަށް ތަކުރާރުކޮށް އޮންނަ އުސޫލުގެ ތެރެއިން ނޯޓިސްތައް ފޮނުވަމުން އަންނަ ކަމަށް ފަޒުލް ވިދާޅުވި އެވެ.
"ނޯޓިސް އަށް އިޖާބަ ނުދޭ ފަރާތްތަކަށް އަޅުގަނޑުމެން ލީގަލް އިން އަންނަނީ ޕްރޮސެސް ކުރަމުން. އޭގެ ކުރިން ކޮމާޝަލް ޑިވެލޮޕްމެންޓެއް ވިއަސް، ކޮމާޝަލް ތަނެއް ކުއްޔަށް ހިފައިގެން ހުންނަ ތަނަކަށް ލާރި ދައްކަން ބޭނުން ވެއްޖެ ހާލަތެއްގައި އެ ވިޔަފާރިވެރިއަކަށް ފުރުސަތެއް މި ދެނީ، އަޅުގަނޑުމެންނަށް ވެސް އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި އުނދަގޫ ނޫން ގޮތަކަށް ބަހާލައިގެން ދައްކަން،" އޭނާ ވިދަޅުވި އެވެ.
ފަޒުލް ވިދާޅުވިގޮތުގައި، އެޗްޑީސީ އަށް ފައިސާ ނުލިބި އެހާ ބޮޑެތި އަދަދުތަކެއް ހުރީ، މީގެ ކުރިން ވެސް އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމުންނެވެ.
"1.4 ބިލިއަންގެ ތެރޭގައި ލީޒްގެ ތެރެއިން ރިކަވާ ނުކުރެވި ގާތްގަނޑަކަށް 699 މިލިއަން ރުފިޔާ އެބައުޅޭ. ޑިވަލޮޕްމެންޓް އެންޑް ސޭލްސް ގެ ގޮތުގައި 720 މިލިއަން އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
05 December 2024
މާފު ކޮށްލާ. އެއިރުން ނުލިބިގެން އުޅޭކަށް ނުޖެހޭނެ ނުން.
ބަށިބޯޅަ
04 December 2024
ކ.ހުޅުމާލެއަކީ ރާއްޖޭގެ ރަށެއް. ރަށު ކައުންސިލު ހޮވާފަ ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް ކައުންސިލުން ރަށުގެ ކަންކަން ބަލަހައްޓަންޖެހޭނީ. ރަށްރަށުގެ މެދުގައި މިހާ ތަފާތުކުރެވިގެންނުވާނެ.
މިޑްލްމަން
04 December 2024
މިހާރު އޮތީ މިޑްލަމަން ގެ ސިޔާސަތު . ގިނަކުންފުނިތަކުންވެސް އަދި ބައެއް މިނިސްޓްރީތަކުންވެސް ކަންކަން ވާން އޮންނަނީ މިޑްލްމޭން އެއް މެދުވެރިކޮށް. އެ މިނިސްޓްރީއަކަށް ނުވަތަ އެކުންފުންޏަކަށް ( ދައުލަތައް ) ދައްކަންޖެހޭ ފައިސާގެ ދެގުނަ މިޑްލްމޭން އަށް ދައްކައިގެމް ނޫނީ ހަމަ ހިލާ އެއްކަމެއް ވެސް ނުވާނެ!
އޮނަރަބްލް އަފީފު ދީދީ
04 December 2024
މިކަންކަމުގެހައްލަކީ (އެއްބަސްވުމާއިއެއްގޮތަށް ފައިސާނުދެއްކުމާއި، ސޯޝަލްހައުސިން ދެވަނަ ފަރާތަކަށް ކުއްޔަށްދިނުންވެސް) ގޯތިގެދޮރާއި ބިމާއިބެހޭ ޤާނޫނުއިސްލާޙްކޮށް ފުރަތަމަބިމާއިފުލެޓުން ޓެކްސް ފްރީކޮށް އޭނާހޯދާ ދެވަނަ ފުލެޓާއިބިމުން %50 އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއިބިމުން %100 ޓެކްސް ނަގާން ކަޑައަޅާ، ސޯޝަލް އަހުސިންގ ސްކީމަށް ދޮގުމައުލޫމާތުދިނުމާއި، އެފަދަކަމަކަށް އެހީތެރިވުމަކީވެސް ޖިނާޢީކުށެއްކަމަށް ޤާނޫނުގައި ކަޑައަޅައި ތަންފީޒުކޮށްގެން.