ދާންދޫ ޕޮލިސް ސްޓޭޝަން--
07 ޑިސެމްބަރ 2024 - 12:03
ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ނަގަހެލަ، އަހުމަދު އަބްދުﷲ 33، އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:10 ހާއިރު އޭނާ ފެނުނީ ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް ވެއްޓިފައި އޮއްވައި ކަމަށެވެ.
އަހުމަދު އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
07 December 2024
މަރހޫމާ އަށް ހެޔޮރަޙްމަތްލައްވާށި ، ޒުވާނުން ދެންވެސް އިބުރަތް ހާސިލްކޮއް މަސްތުވާ ތަކެއްޗާއި ދުރައްދިއުމަށް އަޒުމް ކަނޑައަޅާށެވެ.
ދޮން
07 December 2024
ކުށުގެ ރިކޯޑް ބަލާލުމުން މަންޒަރު ސާފުވާނެ ކަމަށް ފެނޭ
ޑެބީ
07 December 2024
ފުލުހުން ތަހުގީގު ކުރަނީއޭ ބުނި ކިތައް މައްސަލަތޯ ތަހުގީގުކޮށް ނިމުނީ؟ 4000 އަށްވުރެންގިނަ ފުލުހުންލައިގެން ރައްޔިތުން އެދޭވަރާގާތަށްވެސް ހިދުމަތެއްދެވޭތޯ؟
ސަންފާދިޔެ
07 December 2024
އާ ވައްތަރެއް އެތެރެ ކުރެވިގެން ދޯ މިއުޅެނީ!
ޢަލަޓިކޯ
07 December 2024
ޢިގޭނު ޕޮލިހުންނަށް ޝައްކުކުރެވޭ ކަމެއް އޮވޭނު އެކަމާ ގުޅިގެން ކަމަށް ރަށު މީހަކު ބުނި އެވާހަކަ ބާއްވާ