ބިދޭސީން އިހްތިޖާޖްކުރި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: އެ ބިދޭސީންގެ މައްސަލަ ލޭބާ ރިލޭޝަންސް އޮތޯރިޓީން ދަނީ ބަލަމުން
07 ޑިސެމްބަރ 2024 - 19:19
މުސާރަ ނުދޭ ކަމަށް ބުނެ މާލޭގައި މިއަދު އިހުތިޖާޖު ކުރި ބިދޭސީންގެ މައްސަލާގައި، އެ ބިދޭސީންގެ ހައްގުތަކެއް ގެއްލުނުތޯ ލޭބާ ރިލޭޝަން އޮތޯރިޓީން (އެލްއާރްއޭ) އިން ބަލަން ފަށައިފި އެވެ.
މުސާރަ ނުދޭ ކަމަށް ބުނެ 55 ބިދޭސީއެއް މިއަދު ވަނީ ރިޔާސީ ގަނޑުވަރު، މުލިއާގެ ކައިރީގައި މުޒާހަރާ ކޮށްފަ އެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ މުޒާހަރާ ހުއްޓުވައި، އެ އެންމެން އިމިގްރޭޝަނާ ހަވާލު ކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރީން ޒޯނުގައި މުޒާހަރާކުރި ބިދޭސީންގެ މައްސަލާގައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ ތަހުގީގުތައް ނިމުމުން ކަމަށެވެ.
އެ ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނާތީ އެލްއާރްއޭ އިން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޝައްމާން ވިދާޅުވި އެވެ.
"އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ހިލާފުވާކަށް ފުރުސަތެއް ނުދެވޭނެ. އަދި އެފަދަ ފަރާތްތާއި މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އަމަލު ކުރެވޭނެ." ޝައްމާން ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާ ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުންނެވެ.
އެ އެއްވުމުގައި ބައިވެރިވެފައި ވަނީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މީހުންނެއް ކަމެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯބަލް
08 December 2024
އިމިގްރޭޝަނުގެ ގާނޫނާ ޚިލާފުވާ ދިވެހި މަސައްކަތްކުރުވާ މީހުންނާ ދޭތެރޭ ކޮންއިރަކުންތޯ ފިޔަވަޅު އަޅާނީ، ކޮންމެ ގޮތެއްވިޔަސް މަސައްކަތްކޮށް 4، 5 މަސްވާއިރު މުސާރަ ނުލިބި ގެއްލޭނެ އިތުރު އެއްޗެއް ނެތީމާ ބިދޭސީން ވިޔަސް ދޭސީން ވިޔަސް މުޒާހިރާކުރާނެ، މާރާމާރީވެސް ހިންގާނެ، ވައްކަްނވެސް ކުރާނެ އަދި އެހެން ކަންތައްތްއވެސް ކުރާނެ، މިކަންތައް ހައްލުކުރަން ބޭނުމިއްޔާ މަސައްކަތްތެރިންނަށް މަހުންމަހަށް އުޖޫރަދެވޭތޯ ޔަގީންކުރާނެ މެކޭނިޒަމެއް ރާވަންވީ.
މާލެމީހާ
08 December 2024
މާލޭ މީހާ ބަނޑައް ޖައްސާފަ ދާން ކެރިގެންތާ ބަނޑައް ޖެހޭނީ
އިއްޔެއާއި މިއަދު
08 December 2024
އިހަށް ނަސީރު ކިޔާ މީހަކު މީހުން ހައްޖަށް ގެންދަން ފައިސާ ނަގާފައި އެކަން ނުކުރީމާ އޭނާގެ ގެދޮރު ވަގުތުން ވިއްކާލައި ފައިސާ ދެއްކި މީހުންގެ ޙައްގު ކަށަވަރު ކުރެވުނު. މޮޅު ޑިމޮކްރަސީ އައިސް ހައްގު ހޯދައިދޭ އެތައް މުވައްސަސާއެއް އުފައްދައި ނުތަކާވަރުގެ މުސާރަ ދީފައި މަދުނުވާވަރަށް މީހުން ވެއްދިއްޖެ. މިހާރު ހަމަޔަށް މުސާރަ ނުދޭ މަހުޖަނުން އުސް ގެ ހަދައިގެން އަރާމުގައި އުޅޭއިރު ނިކަމެތިން މިޖެހެނީ މުސާރަ ނުލިބިގެން މުޒާހަރާކުރަން. ތަފާތަކީ މިއީ.
ކަކުނިބޯ
08 December 2024
ކިހިނެއް ތިމައްސަލަބަލާނީ ޓާޓާ ކުންފުނިބުނާނެ ބިލްތަކައްފައިސާނުލިނެޔޭ ސަރުކާރޔންބުނާނެ މުއްދަތުހަމަވެއްޖޭ ބުނިމެޔޭ ޓާޓާބުނާނެ ޑޮލަރުގެނެސްގެން މިތަނުގައި ޑޮލަރ އަގުވެއްޓޭވަރުކަމެއް ކުރާކަށްލާހިކެއްނޫނޭ ދެން އެމީހުންނަށް މުސާރަދޭނީ ބިލްތަކަށް ލިނޭފައިސާކޮޅުންނޭ ވ ސަލާމް
ވޯތު
08 December 2024
އެމީހުން ދިނީމަ ކައިގެން ތިއުޅެނީ
ހޮކީ
08 December 2024
ކަލޭކައިގެން އުޅެނީއެމީހުން ދޭލާރިން
ދިވެހި މީހ
07 December 2024
ވަރަށް ދެރަ ކަންކަން މި ފެންނަނީ. ބިދޭސީން މުޒާހަރާ ވެސް ކުރަނީ، ތަޅާ ފޮޅަނީ، ރޭޕް ކުރަނީ ، މީހުން މަރަނީ، ހަކުރު ބޮއެ ވިއްކާ ރާބޮނީ ، ހަށިވިއްކަނީ. ދިވެހިރާއްޖެ އެއް ނެތް. ޤައުމު މިހާލަތުގަ މިކަން ކަން އިސްލާޚު ކުރާނެ މީހެއް ނެތް. ބިދޭސީންނަށް ރާއްޖޭގައި މިހެން އުޅެވިގެން ނުވާނެ
އަނީލް
07 December 2024
މުޒާހަރާ ކުރީމަތަ ލޭބާރ ރިލޭޝަން އޮތޯރިޓީގެ މަސައްކަތް ފެށެނީ. ކަމެއް ނުކުރިޔަސް ބޮޑަތިސިންގާ މުސާރަ ނަގާނެ ތިތާ ތިބޭމީހުންވެސް.
އޮނަރަބްލް އަފީފު ދީދީ
07 December 2024
ޤައުމުގެ އިމޭޖް ގެއްލޭފަދަ ކަންކަން ކުރާން އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ނުވާނެ. ދުނިޔޭގެ މުއްސަނދިންނާއި ބޮޑެތި ޤައުމު ތަކުގެ މެދުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރު ވެފައިވާ މިންވަރާއި އެއްވަރަށް ނުވަތަ އެއަށްވުރެންވެސް ބޮޑަށް ރާއްޖެއަކީ ހިއުމަން ޓްރެފިކިންގް އާއި ޑްރަޤް ޓްރާންސިޓް ހަބެއްގެގޮތުގައި ވަނީ މަޝްހޫރުވެގެންގޮސްފައި. ޤާނޫނާއި އަދި އެމީހުނާއިއެކު ހަދާފައިވާ ކޮންޓްރެކްޓާއި އެއްގޮތަށް އެމީހުންގެ މުސާރަ ހޯދާދީ.
އޮނަރަބްލް އަފީފު ދީދީ
07 December 2024
ވަގުތުނަގާނުލާ ބިދޭސި މަސައްކަތުމީހުންގެ ޙައްޤުހޯދާ ދިނުމަށްފަހު އެމީހުންވެސް ދިވެހިދައުލަތުގެ ޤާނޫނަށް ބޯލަބާފައިނުވާތީ، އަދި ޤާނޫނީހަމަތަކުން ބޭރުވެފައިވާތީ، އެމީހުނާއިމެދުވެސް ފިޔަވަޅުއަޅާ ވާކްވީސާ ކެންސަލްކޮށް ކުރިއަށްއޮތް 5 އަހަރު ދުވަހަށް އެމީހުނަށް ވާކްވީސާ ދޫނުކުރާނެކަމަށް ކަޑައަޅާ އެމީހުން (ޑީޕޯޓް ނުކޮށް) ރާއްޖެއިން ފޮނުވާލަންޖެހޭ. އަދި ބިދޭސިންގެންގުޅޭ ހުރިހާ ކުންފުނިތައް މޮނިޓަރ ކޮށް މިފަދަކަންކަން ތަކުރާރުނުވާނެގޮތް ހަދާންޖެހޭ.
ގޫބައްޑާ
07 December 2024
ވަގުތުނަގާނުލާ މިތާއުޅޭ ތަކުންތާކުނުޖެހޭ އައްޑޫ މީހުން މިތަނުން ފުރަތަމަ ބޭރުކުރަންވީ...
ޖާދޫ
07 December 2024
ގޫބައްޑާ އަށް ބުނެލަންއޮތީ އައްޑޫ މީހުން މިތަނުން ބޭރުކޮއްފިއްޔާމު ކޮންބައެއްހޭ މާލޭ މީހުންގެ ގެދޮރު ކުއްޔަށް ހިފާނީ މިހާރުވެސް މާލޭބޭފުޅުންގެ 80% މީހުންނައް އާމްދަނީ ލިބޭނީ ތިބުނާ އައްޑޫ މީހުންގެ ފަރާތުންކަން ގޫބައްޑާއަށް ނޭގެނީތޯ؟ ޢައްޑޫ މީހުން މިތަނުން ފައިބައިގެން ގޮއްސިއްޔާމު މާލޭ ބޭފުޅުން ހާލުގަޖެހި ބިކާރީވެ މަގުމައްޗައް ސަލާންޖަން ނިކުންނަންވެސް ޖެހިދާނެ