ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
08 ޑިސެމްބަރ 2024 - 11:51
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތްތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކ އަދި އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތޮއްޑު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އަހަރު މަސައްކަތްތައް ކުރިއަށް ނުދިޔަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރު އެއްވެސް މަސައްކަތެއް ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫކުރަން، އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ނަމަވެސް 2025 އާއި 2026 ވަނަ އަހަރު ވާނީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު އެ އޮތީ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ކަންތައް ކޮށްދެވޭގޮތަށް އަންނަ އަހަރު މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ފާސްކުރި ބަޖެޓު. ދެހާސް ފަންސަވީސް ވާނީ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ރަށްރަށަަށް ގޮސްވީ ވައުދުތައް ފުއްދައިދޭ އަހަރަކަށް. ބަނދަރު، ސްކޫލު، ކުޅިވަރާ ބެހޭ ތަންތަން، މިހެން ގޮސް ވައުދު ވެފައިވާ ހުރިހާ މަސައްކަތެއް، ކުނި މެނޭޖް ކުރުމުގެ މަސައްކަތް، ސްކޫލުތައް މަރާމާތުކުރުން. ތަރައްގީގެ މި ދެންނެވި މަސައްކަތްތައް އަންނަ އަހަރު ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ހިދުމަތް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މިދިޔަ މަހުގެ 27 ގައި ވަނީ ފާސްކޮށްފަ އެވެ. ރަށްރަށުގެ ޕްރޮޖެކްޓްތަކުގެ ތަފްސީލެއް ބަޖެޓަކު ނެތެވެ. އަންނަ އަހަރުގެ ބަޖެޓު މި އަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ބޮޑެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
08 December 2024
މިދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރާކަށް ނުވާނެ ނަހަދާނެ ކަމަކަށް ތެދެއް. 10 ޑިސެމްބަރގައި ރައްޔިތުން ނުކުންނާނެ! އެވާހަކަބުނެލީ!
ފަރަންޖީ
08 December 2024
ބަޖެޓުނެތިގެން ނުވީ. އެކަމަކު 50 ބިލިއަން ރުފިޔާ ބަޖެޓުން ޚަރަދު ކުރި އަދި ނުވިތާކަށް 5 ބިލިއަންގެ ސަޕްލިމެނޓަރީ ބަޖެޓަކާއެކު މިއަހަރު 55 ބިލިއަން ޚަރަދު ކުރިކަން އެހެރީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން. ދެން ތިބުނަނީ މިއަންނައަހަރަށް 56 ބިލިއަންގެ ބަޖެޓެއް ފާސްކޮށްގެން ތިހުރިހާކަމެއް ކުރާނަމޭ! ތިހެން ވީއިރު މިއަހަރުގެ 55 ބިލިއަނަށް ވީ ކިހިނެތްބާ؟؟؟؟
ހަމްދާ
08 December 2024
ދެވަނަ ދައުރަށް ޖަހާކަޑަ.
އޮނަރަބަލް ކުރުސީ ކާފަ
08 December 2024
"ރައީސް ވިދާޅުވި ގޮތުގައި މި އަހަރު އެއްވެސް މަސައްކަތެއް ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫކުރަން، އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުންނެވެ". 49.5 ބިލިއަން ރުފިޔާ ހުސްކޮށްލި ގޮތުގެ ތަފްސީލެއް ވެސްނެތި ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި އިތު ފަސް ހާސް މިލިއަން ރުފިޔާ ނާގި . އަހަރު ނިމުނު އިރު ކުރި ކަމެއް ހަރާން . އަދި ދެ އަހަރު ފަސް ވެސް އަންނާނެ .
އަލިއެގެ ހުސެއިނާ
08 December 2024
ރައްޔިތުންނޭ 2024 ވަނަ އަހަރު ދައުލަތަށް ބޯކޮށް އާމްދަނީ ލިބުނު. ޑޮލަރާއި ރުފިޔާ ބައިވަރު ލިބުނު.. ލިބުނުފައިސާ ގިނަކަމުން ފަހުން ސަޕްލިމެންޓްރީ ބަޖެޓެއްވެސް ފާސް ކުރިން...ތަރައްގީގެ މަޝްރޫއުތައް ނުފެށުނީ އެމްޑީޕީން ހެދި ބަޖެޓްގައި މަޝްރޫއުތަށް ޖަހާފަ ނެތީމަ.. ދެން ރައްޔިތުން ވީ މިވާހަކަވެސް ގަބޫލު ކުރަން... މިއަހަރުގެ ބަޖެޓްގައި ވެސް ގިނައީ ލޯނާއި ހިލޭ އެހީ. މިވަގުތު ދުނިޔޭގެ ހާލަތު އޮތް ގޮތުން އެއަދަދެއް ނުލިބޭނެ...ވަރަށް މާޔޫސީ ސަރުކާރެއް މީ.
އައްސިދަ
08 December 2024
ވެރިކަންހޯދަންވެސްވީ މިގައުމައް ކުޅަދާނަ ނުވާވަރުގެ ވައުދުތައް، ވަެރިކަން ލިބިގެންވެސް ހުސްވައުދުވުމާއި ސުރުޚީ އެޅުމުގައި، ޓެކްސްތައްވީ ބޮޑު، ސަބްސިޓީތަކާ އާސަންދަ ހަނާވެއްޖެ، ދެން ދައުރުނިމެންދާ ވަރަކައްވެސް އިތުރައް ވާނީ ހަމަވައުދު، ޓެކްސްތައްބޮޑުކޮއްގެން އިތުރުވި އާމްދަނީޔައްވުރެން ބޮޑުތަނުން ސިޔާސީ ޚަރަދުތައް ބޮޑުވެއްޖެ. ދޮގުހެދުމާއި އޮޅުވާލުމުގައިވެސް ހައްދެއް އިމެއްނެތް،
ރައިމާގޮއްޔެ
08 December 2024
މަނަދޫގެ ތަރައްޤީއަށް މިސަރުކާރުން އެއްކަމެއްވެސް ނުފަށާ. ކުރީސަރުކާރުން ފަށާފަހުރި ގިނަކަންތައްތައްވެސް ހުރީ ހުއްޓިފައި. މެމްބަރު ހުންނެވީ އެމްޑީޕީން މުޒާހަރާކުރަން އުޅޭތީވެ ސަރުކާރު ވައްޓާލަން އުޅޭކަމަށް ހީކޮށް ބިރުގެންފަ ދާހިއްލާފަ.
ދެރަވޭ.
08 December 2024
ކަމެއް ފެށުމަށްވެސް ތިވިދާޅުވާގޮތުން 3 އަހަރު ބޭނުންވޭ. ދެން ކޮން ތަރައްޤީއެއް ފެންނާނީ. މިހާރު 1 އަހަރު މިދިޔައީ ޗޮކުން. އަދި ކުރިޔަށް މިއޮތް 2 އަހަރުން ކަމެއް ފެށެނީ. މީތޯ ތިވިދާޅުވާ ބާރު ސްޕީޑަކީ. ކުރިން މިކަން އެނގުނުނަމައޭ މިހާރު ހިތަށްއަރާ ދެރަވޭ.
އާދަމް އާޒިމް
08 December 2024
މިގައުމުގަ 5 އަހަރު އެއްމެ ތަރައްގީގެ ޕްރޮޖެކްޓް ހިންގާނެ ވެރިޔަކަށް ވާނީ ރައީސް މުއިއްޒް.
އިބުރާ
08 December 2024
އަމިއްލަފުޅަށް އެވިދާޅުވީ އެއް އަހަރު މިދުއްވާލީއޭ އެއްވެސް ކަމެއް ނުކޮށް. ދެން ކިހިނެއް 5 އަހަރު ކިޔާނީ
ދޮންބެ
08 December 2024
ޕޮރޮޖެކްޓް ވާހަކަ ނުދައްކާ, ފުލެޓް ލިސްޓް ނެރެދީބަލަ, ބަޔަކު އަންތަތީސް ނުވޭތަ, އަހަރަމެން މިއުޅެނީ ކުރިޔަށް އޮތަނަށް ޕްލޭނެ އަހަރަމެންނަށް ހެދޭވަރު ކޮށްލަދީބަށް.