އެންޓި ކޮރަޕްޝަން ކޮމިޝަން. އެ ކޮމިޝަނުން ވަނީ ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި.
08 ޑިސެމްބަރ 2024 - 12:22
އެންޓިކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޮމިޝަންގެ ދެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އޭސީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދެވެ.
ދެ މެންބަރުން އިސްތިއުފާ ދެއްވާފައިވަނީ ނުފޫޒު ފޯރުވުމާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ދެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
މަގާމުން އިސްތިއުފާ ދެއްވަން ފޮނުއްވި ސިޓީގައި ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ގާނޫނުއަސާސީ އަދި ގާނޫނުގައި ބުނާގޮތަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ކުރަމުން ދަނިކޮށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފައިވެ އެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމުން، ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ދެ މެންބަރުން އިސްތިއުފާ ދެއްވުމުން އޭސީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުހައްމަދުގެ އިތުރުން ޝަޒްނާ ހާޝިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނީ ޓާކްސް
08 December 2024
މުސާރަ؟
ޖުތާރީ
08 December 2024
ރަނގަޅުވާނެ ކޮއްކޯ