އޭސީސީން ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެ ކޮމިޝަންގެ މެމްބަރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
25 ނޮވެމްބަރ 2024 - 14:29
އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު އެ ދެ ބޭފުޅުންގެ ނުފޫޒު ބޭނުން ކުރައްވައިގެން އެ ކޮމިޝަންގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކޮށްފި އެވެ.
ސަލާމާއި ތޯހާ އެ ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރަން ނިންމި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ކޮމެޓީން ނިންމުމުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސަލާމް ވަނީ ކުރީގެ ބަންޑާރަ ނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް، އެ ބޭފުޅާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި، އެ މައްސަލަ ފައިލް ކުރުމުގައި އިސްދައުރެއް އަދާކޮށްފަ އެވެ. އެ މައްސަލަ ފައިލް ކުރުމުގައި ތޯހާ ވެސް އިސް ދައުރެއް އަދާކުރި ކަމަށް ކޮމެޓީގެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި ބިންވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގު ހުއްޓުވި ކަމުގެ ތުހުމަތު ވެސް ސަލާމަށް ކުރެ އެވެ. އަދިވެސް އިތުރު ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.
ތޯހާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭސީސީގެ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއްގެ މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އެ ކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އޭނާގެ ނުފޫޒު ބޭނުން ކުރައްވައިގެން އެ އިސްތިއުނާފް އަނބުރާ ގެންގޮސް، އެ މުވައްޒަފަށް ބަދަލު ނަގައިދިނުން ހިމެނެ އެވެ.
އެ މުވައްޒަފަށް ބަދަލު ދިނުމުގައި މީގެ ކުރިން އޭސީސީން އަމަލު ކުރަމުން ދިޔަ ގޮތާ ހިލާފަށް، އެހެން ދެ ތަނެއްގައި އެ މުވައްޒަފު ވަޒީފާ އަދާކުރި މުއްދަތު ހިމަނައިގެން ބަދަލު ނަގައިދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އަދި ބަދަލުގެ ގޮތުގައި އެ މުވައްޒަފަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގައިދިން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ނިންމުން ނިންމާފައިވަނީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ، އޭސީސީގެ ރައީސާއި ނައިބު ރައީސް ބައްދަލުވުމުން ނުކުމެވަޑައިގަތުމުން، އެ ބައްދަލުވުމުގެ ރިޔާސަތުގައި ތޯހާ އިންނަވައިގެން ކޮމިޝަނުގެ ލީގަލް ޓީމްގެ ލަފަޔާ ވެސް ޚިލާފަށް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ އޭސީސީގެ މެންބަރުންނަކީ އެ ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވިޔަސް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގެ ވެބްސައިޓުގައި އެތަނުގެ އެޓާނީންގެ ތެރޭގައި މިހާރު ވެސް ތޯހާ ހިމެނޭ ކަމަށެވެ.
ކޮމިޝަނުގެ ވާޖިބު އަދާކުރުމުގައި އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެނެއް ނުވާނެ ކަމަށާއި ކޮމިޝަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަޝްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާ ގޮތުން ވެސް ނުވަތަ ނުސީދާ ގޮތުން ވެސް މެމްބަރުންގެ އަމިއްލަ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، ކޮމިޓީއަށް ލިޔުމުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ދެ ބޭފުޅުންގެ ވެސް ގާނޫނުތަކާ ހިލާފުވެފައިވާކަން އެނގޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ-1
08 December 2024
މިއައްވުރެ ކޮރަޕްޓް ތަނެއް މި ރާއްޖޭގަވެސް ނޯންނާނެ. އަހަރެން މިތަނުގެ ވަގުތީ ވަޒީފާއަށް ކުރިމަތިލިން. 5 ކުދިން އިންޓަވިޔުއަށް އައީ. ތައުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާއާއި، ތިޔަރީ ޓެސްޓާއި 3 ކެޓަގަރީން އަހަންނަށް ލިބުނީ 1 ވަނަ އެކަމު ބާކީ އޮތް އިންޓަވިޔު ކެޓަގަރީ ނިންމާ ފައިނަލް މާކްސް އިއުލާނު ކުރިއިރު އަޅުގަނޑު އޮތީ 5 ކުދިންގެ ތެރެއިން އެންމެ ފުލުގައި ކުރިން 4 ވަނައިގައި އޮތް ކުއްޖާ އޮތީ 1 ވަނަޔަށް އަރާފައި.
އަޒީޒު
26 November 2024
ތިޔަ ކޮމިޝަން ހިންގަންވެސް ނޭނގެ އެއްނު. އެއްވެސް މައްސަލައް ނުނިންމޭނެ އަމިއްލަ އަމިއްލަ އަށް. ކޮމިޝަންގެ މީޓިންގ އަކަށް ހުށަހަޅާ މެންބަރުންގެ އިއްތިފާޤުން ފާސްވެގެން ނިމޭނީ. ތިޔަ ތަނުން ކުރާ ތަހްޤީޤުތަކުގައި އެބަ ސުވާލު އުފެދެއެއްނު !! ބޮޑެތި މަސައްކަތްތައް ކުރާ ތަނެއް ހިންގަން ނޭގެންޏާ އުވާލަންވީނު.
ވ.ސަލާމް
26 November 2024
ކަމެއް ކުރެވޭ މީހަކު ނުބަހައްޓާތި އެއްތާކުވެސް. ތި ކޮމިޝަންގެ ތެރޭގައި ތިބި ބޮޑެތި ފަސާދަވެރިންނާއި، އިންކޮމްޕީޓެންޓް މީހުން ނިކަން ވަކިކޮށްބަލަ.
ދަތްހުއްޓާ ކާށިކަނީ
25 November 2024
މާބޮޑަށް ނަޒާޙަތްތެރިވީމާ ވާގޮތެއްތީ... މިޤައުމްގަައި ހަމަ އެކަނި ނަންބޯޑުން އެންޓިވާނީ..
ޢޮނަރަބަލް އޮއިވާލި ކުޑޭ
25 November 2024
ޢަޅާކިޔާއިރު އޮއި ހިފޭވަރު ގެ ކަމެއްގެ ތުހުމަތެއް ނެތް ..ސަރުކާރުން ދޫކުރި ގޯތިތައް ހުއްޓުވާ ހުރަސް އެޅުމަކީ ގިނަރައްޔިތުން ތަކަކަށް ލިބޭނެ ގެއްލުމަކަށް ވާތީ ސަލާމު މެން އެކަން ނުހުއްޓުވުމަކީ ރަގަޅަށް ކުރިކަމެއް. ދެން އޮތީ ބޭއިންސާފުން ވަކިކުރި ވަޒީފާގެ ހައްގެ ހޯދާދިނުން... ސަލާމުމެންގެ ކުށެއްނެތް. .
ފޮނިރަބަލް އޮއިވާލި ކޮނޑޭ
26 November 2024
ކަލޯ މާބޮޑަށް އިނގިގެން ތިޔަ އުޅެނީ. ތިޔަތަނުގައި ތިތިބީ ހަމ ރުފިޔާ ދިންވަރަކަށް ކަންކަމުގެ ތެރެއަށް ވަންނާނެ މީހުން. ނަޒާޙާތްތެރި ކަމުގެ ވާހަކަ ތިޔަ މީހުން ހިނގާ މަގެއްގައިި ވެސް ދައްކަން ހެޔޮ ނުވާނެ.
ފަލަކް
25 November 2024
ތިތާންގަ ރައީސަކުވެސް ހުރޭނު؟؟